ރެނާޓަސް އިރުމަތީގެ މޮޑެލްއަކާ އެކު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަނޯޖު ޕޫސައްޕަން. (ދައުރު ފޮޓޯ)

އެޑްވަޓޯރިއަލް

ރެނާޓަސް އިރުމަތި: ހަޔާތުގެ ބިޒީކަމުން އަރާމު ދިރިއުޅުމަކަށް

ހުޅުމާލޭގައި ހިންގާ ރެސިޑެންޝަލް މަޝްރޫއުތަކަށް މިވީ 10 އަހަރުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ. ކުރިން އެއީ ހަމައެކަނި ބޯހިޔާވަހިކަމެކެވެ. މިހާރު އެއީ ލައިފްސްޓައިލެކެވެ. ރެނާޓަސް އިރުމަތިން ފެންނާނީ އެ ބަދަލެވެ.
1 ގަޑިއިރު ކުރިން

"ރެނާޓަސް އިރުމަތިން އަޅުގަނޑުމެން މި ދެނީ ބިޒީ ދިރިއުޅުމަކުން ސަލާމަތްވާނެ ގޮތެއް،" ހުޅުމާލެ ފޭސް އެކެއްގައި، ދެ ފޭސް ވަކިކޮށްދޭ ޗެނަލްގެ ކުރިމައްޗަށް ވާ ގޮތަށް ރެނާޓަސްއިން މިހާރު ތަރައްގީ ކުރަމުން އަންނަ އިމާރާތުގެ އެންމެ މަތީގައި ހުންނަވައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަނޯޖު ޕޫސައްޕަން ވިދާޅުވި އެވެ.

އޭނާގެ ފަހަތުން ފެންނަނީ ހުޅުމާލޭގެ އިމާރާތަކުން މިހާތަނަށް ފެންނާނެ އެންމެ ބޮޑު އިންފިނިޓީ ސުވިމިން ޕޫލް އެވެ. އޭގެ ފަހަތަށް ނަޒަރު ހިންގާލާއިރު، ލޮލުގެ ކޮޅަށް ފެންނަން އޮތީ ހުޅުމާލޭގެ އިރުމަތީ ފަރާތު އަތިރިމައްޗާއި މޫދެވެ. ގުދުރަތުގެ ފުރިހަމަކަމެވެ.

ރެނާޓަސް އިރުމަތީގެ އިންފިނިޓީ ސުވިމިން ޕޫލް ނިިމުމުން ހުންނާނެ ގޮތް. ފަހަތުން ފެންނަނީ ހުޅުމާލޭގެ އިރުމަތީ ފަރާތު ކަނޑު.

މިތަނުގައި ދިރިއުޅެން ގަސްތުކުރާ މީހުންނަށް ކުރެވޭނީ، ރެސިޑެންޝަލް އިމާރާތަކަށް ވުރެ ބޮޑަށް ރިސޯޓެއްގައި އުޅެވޭ ފަދަ އިހުސާސެވެ. މަނޯޖު ވިދާޅުވާ ގޮތުގައި ރެނާޓަސް އިރުމަތީގެ މަގްސަދަކީ ވެސް އެއީ އެވެ.

ހުޅުމާލޭގެ ޅަފަތުގައި ހައުސިން މަޝްރޫއުތަކުގެ ފަހަތުގައި އޮތީ މައިގަނޑު އެންމެ މަގްސަދެކެވެ. އެއީ އަސާސީ ބޯހިޔާވަހިކަން ޔަގީންކޮށްދިނުމެވެ. ދިރިއުޅޭނެ ތަނެއް، ބޯމައްޗަށް ފުރާޅެއް ލައިދިނުމެވެ. އެ ބޭނުމުގައި މާލޭގެ ތޮއްޖެހުމުން ނުކުމެ، ހުޅުމާލެއަށް މީހުން ހިޖުރަކުރަން ފެށި އެވެ.

އެކަމަކު އޭގެ ފަހުން އެތައް އަހަރެއް ފާއިތުވެގެން ހިނގައްޖެ އެވެ. މިވީ މުއްދަތުގެ ތެރޭގައި އާންމުންގެ ޑިމާންޑާއި ބޭނުންތައް ބަދަލުވެއްޖެ އެވެ. ބޭނުންވަނީ ޖާގައިގެ ތަނަވަސްކަމާއި ފަސޭހަކަމެވެ. އެއާ އެކު ހުޅުމާލޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ.

"މީގެ 10 ވަރަކަށް އަހަރު ކުރިން، ބޯހިޔާވަހިކަމަކީ ޒަރޫރީ ބޭނުމެއް. ވަކިން ހާއްސަކޮށް ހުޅުމާލޭގައި. އެކަމަކު މިހާރު އެކަން [ބޯހިޔާވަހިކަން] ވަނީ ލައިފްސްޓައިލަކަށް ބަދަލުވެފައި،" މަނޯޖު ވިދާޅުވި އެވެ.

ރެނާޓަސްގެ މެނޭޖިން ޑިރެކްޓަރު މަނޯޖު ޕޫސައްޕަން. (ދައުރު ފޮޓޯ)

ރެނާޓަސް އިރުމަތީގެ ބިންގަލަކީ މަނޯޖު އެ ވިދާޅުވާ ހަގީގަތެވެ. ރެނާޓަސްއަކީ އެ ބަދަލު އައި ގޮތް ދެކެފައިވާ ކުންފުންޏެކެވެ. ރާއްޖޭގައި 2011އިން ފެށިގެން އެކި މަޝްރޫއުތައް ހިންގަމުން އައި ރެނާޓަސްއިން ހުޅުމާލޭގައި ރެސިޑެންޝަލް އިމާރާތެއް ފުރަތަމަ އަޅަން ފެށީ 2016ގަ އެވެ. އެއީ 'ރެނާޓަސް އިތާމުތް' އެވެ. ހުޅުމާލޭގައި ބޭރު ކުންފުންޏަކުން ހިންގި އެފަދަ އެންމެ ފުރަތަމަ މަޝްރޫއުތަކުގެ ތެރޭގައި އެތަން ހިމެނޭނެ އެވެ.

އެކަމަކު އޭގެ ފަހުން މިވީ 10 އަހަރުގެ ތެރޭގައި މާކެޓަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ. ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. ކޮންމެ ކުންފުންޏަކުން ވެސް މަސައްކަތް ކުރަނީ ހަމައެކަނި ބޯހިޔާވަހިކަމެއްގެ ބަދަލުގައި، މަނޯޖު ފާހަގަކުރެއްވި ގޮތަށް، އެ އިމާރާތަކުން ލައިފްސްޓައިލެއް ހޯދައިދެވޭތޯ އެވެ. ރެނާޓަސް އިރުމަތީގެ ކޮންމެ ދިމާލަކުން ވެސް ފެންނަނީ އެކަމެވެ.

ރެނާޓަސް އިރުމަތި ނިިމުމުން ހުންނާނެ ގޮތް ދައްކައިދޭ ރެންޑާއެއް.

ރެނާޓަސް އިރުމަތި

  • 24 ސިންގަލް ލެވެލް އެޕާޓްމަންޓު (2+1 އަދި 3+1 ކޮޓަރި)

  • 41 ޑުޕްލެކްސް އެޕާޓްމަންޓު (2+1 އަދި 3+1 ކޮޓަރި)

  • 4 ޕެންޓްހައުސް (4+1 ކޮޓަރި)

ރެނާޓަސް އިރުމަތި ނިިމުމުން ހުންނާނެ ގޮތް ދައްކައިދޭ ރެންޑާއެއް.

ރެނާޓަސް އިރުމަތީގައި އެޕާޓްމަންޓު ގިނަ ކުރުމުގެ ބަދަލުގައި އެ ކުންފުނިން ބެލީ މިތަނުގައި ދިރިއުޅޭނެ މީހުންނަށް ތަނަވަސް ޖާގައެއް ހޯދައިދެވޭތޯ އެވެ. އަދި އެ ޖާގަ އެންމެ ފުރިހަމައަށް ބޭނުންކުރެވޭނެކަން ޔަގީންކޮށްދިނުމަށެވެ.

އޭގެ ނަތީޖާއަކަށްވީ ބޮޑެތި އެޕާޓްމަންޓުތަކެވެ. ޖާގަ ތަނަވަސް ކޮޓަރިތަކެވެ. ސާފު ވައި ދައުރުވާނެ ފަދަ ލޭއައުޓެކެވެ.

  • ރެނާޓަސް އިރުމަތީގެ އެޕާޓްމަންޓެއްގެ ކޮޓަރި ނިިމުމުން ހުންނާނެ ގޮތް.
  • ރެނާޓަސް އިރުމަތީގެ ޕެންޓްހައުސްއެއްގެ ކޮޓަރި ހުންނާނެ ގޮތް.
  • ރެނާޓަސް އިރުމަތީގެ އެޕާޓްމަންޓެއްގެ ކޮޓަރި ނިިމުމުން ހުންނާނެ ގޮތް.

އެޕާޓްމަންޓުތަކުގެ ކޮންމެ ދިމާލެއް ވެސް ފަރުމާކޮށްފައިވަނީ ފަރުވާތެރިކަމާ އެކު، މީހުންގެ ބޭނުންތަކަށް ބަލައިގެންނެވެ. މިސާލަކަށް، އާންމުކޮށް ހުންނަ މިފަދަ އެހެން އިމާރާތްތަކަށް ވުރެ މެއިޑް ރޫމުގެ ޖާގަ ބޮޑެވެ. އެޕާޓްމަންޓުތަކުގައި، ވަކިން ހާއްސަކޮށް ޑުޕްލެކްސް އެޕާޓްމަންޓުތަކުގައި ސްޓަޑީ އޭރިއާއަކާއި ހޯމް އޮފީސް ޖާގަ ވެސް ހިމެނޭނެ އެވެ. މިއީ ވެސް ދިވެހިންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާއި އެކަންކަމަށް އޮތް ޑިމާންޑަށް ބަލައިގެން ރެނާޓަސްއިން ކުރި ކަމެކެވެ.

  • ރެނާޓަސް އިރުމަތީގެ ޑުޕްލެކްސް އެޕާޓްމަންޓެއް ނިިމުމުން ހުންނާނެ ގޮތުގެ ރެންޑާއެއް.
  • ރެނާޓަސް އިރުމަތީގެ ޑުޕްލެކްސް އެޕާޓްމަންޓެއް ނިިމުމުން ހުންނާނެ ގޮތުގެ ރެންޑާއެއް.
  • ރެނާޓަސް އިރުމަތީގެ ޕެންޓްހައުސްގެ ލިވިން ރޫމު ހުންނާނެ ގޮތުގެ ރެންޑާއެއް.

"އިމާރާތުގެ ކޮންމެ އަކަފޫޓެއް ވެސް ފަރުމާކޮށްފައިވާނީ މިތަނުގައި ދިރިއުޅޭ މީހުންނަށް 'ހޯމް ފީލް' ވާނެ ގޮތަށް،" މަނޯޖު ވިދާޅުވި އެވެ.

ރެނާޓަސް އިރުމަތި ޑިޒައިން ކުރުމުގައި ރާއްޖޭގެ އިތުރުން ސިންގަޕޫރާއި އިންޑިއާގެ ކޮންސެޕްޓުތަކެއް ލިބުނެވެ. އޭގެ ތެރެއިން ރެނާޓަސްއަށް އެންމެ ކަމުދިޔައީ ދިވެހި އާކިޓެކްޗާ ކުންފުންޏެއް ކަމަށްވާ ސްޕޭސަސްއިން ފަރުމާކުރި ގޮތެވެ. އިމާރާތް ނިމުމުން ފެންނަން ހުންނާނީ ވެސް އެ ގޮތަށެވެ. ސަބަބަކީ، މަނޯޖު ވިދާޅުވި ގޮތުގައި، ދިވެހިން އެދޭ ކަންކަމާއި ދިވެހިންގެ ބޭނުންތަކަށް އެންމެ ފުރިހަމަވީ ދިވެހި އާކިޓެކްޓުގެ ކޮންސެޕްޓަށް ވުމެވެ.

ފެސިލިޓީތައް

  • ކޮންމެ އެޕާޓްމަންޓަކަށް ވެސް ޕާކިން ޖާގަ ލިބޭނެ (އެއް ކާރު އަދި ދެ ސައިކަލުގެ ޖާގަ)

  • ޑޭކެއާ

  • ކޮމާޝަލް ޖާގަ އާއި ކެފޭ

  • 28 މީޓަރުގެ ފުޅާ، އިންފިނިޓީ ސުވިމިން ޕޫލެއް

  • ވާޓިކަލް ކޮމިއުނިޓީ ގާޑަން އަދި އިވެންޓް ސްޕޭސް

  • ޖިމް

  • ކޯ-ވޯކިން ސްޕޭސް

  • މޫވީ ތިއޭޓަރު

  • ރެނާޓަސް އިރުމަތީގެ އިންފިނިޓީ ޕޫލް އާއި ޕޫލް ޑެކް ހުންނާނެ ގޮތް.
  • ރެނާޓަސް އިރުމަތީގެ ޖިމް ހުންނާނެ ގޮތް.
  • ރެނާޓަސް އިރުމަތި: އިމާރާތުގެ މެދަށްވާ ގޮތަށް ހުންނާނީ ވާޓިކަލް ގާޑެންއެއް.
  • ރެނާޓަސް އިރުމަތީގެ ލޮބީ އޭރިއާ ހުންނާނެ ގޮތް.

"އަޅުގަނޑުމެން މި ބަލަނީ މި ޕްރޮޖެކްޓުން ރިސޯޓެއްގެ ފީލް ގެނެސްދެވޭތޯ،" ރެނާޓަސް އިރުމަތިން ލިބޭނެ ހިދުމަތްތަކާއި އެތަނުގެ ހާއްސަ ސިފަތަކަށް އިޝާރާތް ކުރައްވަމުން މަނޯޖު ވިދާޅުވި އެވެ.

ބޯހިޔާވަހިކަމަކީ ހަމައެކަނި އުޅޭނެ ތަނެއްގެ ބަދަލުގައި ލައިފްސްޓައިލްއެއް ކަމަށް މަނޯޖު ވިދާޅުވާ ސަބަބުތައް ރެނާޓަސް އިރުމަތިން އެ ހުރީ ފެންނާށެވެ. އެޕާޓްމަންޓެއް ގަންނައިރު ހަމައެކަނި ލޮކޭޝަނާއި ފްލޯއަށް ބެލި ޒަމާން މާޒީވެއްޖެ އެވެ. މިހާރު ގިނަ މީހުން ބަލަނީ އެތަނަކުން ދިރިއުޅުމުގެ ފެންވަރު މަތިވާނެ މިންވަރެވެ. ލިބޭނެ ހިދުމަތްތަކާއި ތަޖުރިބާތަކަށެވެ.

އެ ހުރިހާ ކަމަކަށް ރެނާޓަސްއިން ޖަވާބެއްގެ ގޮތުގައި ދައްކާ ތަނަކީ މިއީ އެވެ. އެންމެ ކުރުކޮށް އެ ޖަވާބު ލިބޭނީ ރެނާޓަސް އިރުމަތީގެ ޓެރަސް މަތިންނެވެ. އިންފިނިޓީ ޕޫލާއި އޭގެ ފަހަތުން ފެންނަން އޮތް ގުދުރަތީ ރީތި މަންޒަރެވެ. އަދި ބިޒީ ދުވަހަކަށް ފަހު ހަމަހިމޭން، ހިތްގައިމު މާހައުލެއްގައި އެކަން އިހުސާސް ކުރަން ލިބޭ ލިބުމެވެ. ދިރިއުޅުމުގެ އަރާމާއި ހިތްހަމަޖެހުމަކީ މިއީ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް