ރައީސް މުހައްމަދު މުއިއްޒު ސޮއިކުރައްވާފައިވާ ފީފާ ވޯލްޑް ކަޕްގެ ބޯޅަތައް ދިވެހި ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނާ ހަވާލުކުރަނީ. (ފޮޓޯ/ކޮކާ-ކޯލާ)

ކޮކާ-ކޯލާ

ރައީސް ސޮއިކުރައްވާފައިވާ މެޗު ބޯޅަތައް ދިވެހި ފުޓްބޯޅަ ލެޖެންޑުންނާ ހަވާލުކޮށްފި

މި ބޯޅަތައް ހަދިޔާކުރީ ރާއްޖޭގައި ކޮކާ-ކޯލާ ކުންފުނީގެ ރަސްމީ ބޮޓްލަރު ކަމަށްވާ މާލޭ އެރޭޓަޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިޔުސީ)ން ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި
1 ގަޑިއިރު ކުރިން

ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިން ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރައީސް މުހައްމަދު މުއިއްޒު ސޮއިކުރައްވާފައިވާ ފީފާ ވޯލްޑް ކަޕްގެ ބޯޅަތައް އެ ކުޅުންތެރިންނަށް އިއްޔެ ހަދިޔާކޮށްފި އެވެ.

ވީ ކިހިނެއް؟ - މި ބޯޅަތައް ހަދިޔާކުރީ ރާއްޖޭގައި ކޮކާ-ކޯލާ ކުންފުނީގެ ރަސްމީ ބޮޓްލަރު ކަމަށްވާ މާލޭ އެރޭޓަޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިޔުސީ)ން ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ރައީސް މުހައްމަދު މުއިއްޒު ސޮއިކުރައްވާފައިވާ ފީފާ ވޯލްޑް ކަޕްގެ ބޯޅަތައް ދިވެހި ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނާ ހަވާލުކުރަނީ. (ފޮޓޯ/ކޮކާ-ކޯލާ)

ތަފްސީލް - ކޮކާ-ކޯލާ ކުންފުންޏަކީ 1974 އިން ފެށިގެން ފީފާގެ ރަސްމީ ބައިވެރިއެކެވެ. މިއީ ދުނިޔޭގެ ކުޅިވަރުގެ ތާރީހުގައި ވެސް އެންމެ ދިގު މުއްދަތަކަށް ދެމިއޮތް އެއް ޕާޓްނަޝިޕެވެ.

ބޯޅަ ހަވާލުކުރުމަކީ އެމްއޭޑަބްލިޔުސީއަށް ފީފާ ވޯލްޑް ކަޕާއި ދިވެހި ފުޓްބޯޅައިގެ ތާރީހަށް ހިދުމަތް ކުރި ބޭފުޅުންނާ ގުޅުވައިދީ، އެ ބައިނަލްއަގުވާމީ ޕާޓްނަޝިޕް ރާއްޖޭގެ ފެންވަރުގައި ދައްކުވައިދިން ކަމެކެވެ.

ރައީސް މުހައްމަދު މުއިއްޒު ސޮއިކުރައްވާފައިވާ ފީފާ ވޯލްޑް ކަޕްގެ ބޯޅަތައް ދިވެހި ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނާ ހަވާލުކުރަނީ. (ފޮޓޯ/ކޮކާ-ކޯލާ)

ވޭތުވެދިޔަ 35އަށް ވުރެ ގިނަ އަހަރު ރާއްޖޭގައި ކޮކާ-ކޯލާގެ ހަމައެކަނި ހުއްދަދެވިފައިވާ ބޮޓްލަރުގެ ގޮތުގައި، އެމްއޭޑަބްލިޔުސީން އަންނަނީ އެކި ޕާޓްނަޝިޕްތަކާއި ކެމްޕޭންތަކާ އަދި އިޖުތިމާއީ ހަރަކާތްތަކުގެ ޒަރީއާއިން ކުޅިވަރުތަކަށް އެއްބާރުލުން ދެމުންނެވެ.

ރައީސް މުހައްމަދު މުއިއްޒު ސޮއިކުރައްވާފައިވާ ފީފާ ވޯލްޑް ކަޕްގެ ބޯޅަތައް ދިވެހި ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނާ ހަވާލުކުރަނީ. (ފޮޓޯ/ކޮކާ-ކޯލާ)

ބުނީ ކީކޭ؟ - އެމްއޭޑަބްލިޔުސީގެ ޗީފް އޮޕަރޭޓިން އޮފިސަރު މިލިންދު ދޭރަސާރީ ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑުން ވަނީ އެތައް ޖީލެއްގެ ސަޕޯޓަރުންނަށް ފަހުރުވެރި ހަނދާންތަކެއް ހަދިޔާކޮށް، ކުޅިވަރުގެ ތާރީހު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައި ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ، އާ ޖީލަށް އެއްބާރުލުން ދިނުން ފަދައިން، މި ބޭފުޅުންގެ ހިދުމަތްތަކުގެ އަގުވަޒަންކުރުމަކީ ވެސް ހަމަ އެހާމެ މުހިންމު ކަމެއް ކަމަށް. ކޮކާ-ކޯލާ އާއި ފީފާއާ އެކު އޮތް ޕާޓްނަޝިޕްގެ ދަށުން އަދި މިނިސްޓްރީއާ ގުޅިގެން، އެ ބޭފުޅުންގެ ތާރީހީ ހިދުމަތްތައް ފާހަގަކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް،" އޭނާ ވިދާޅުވި އެވެ.

"މި މެޗު ބޯޅަތަކަކީ ދިވެހި ފުޓްބޯޅައަށް އެ ބޭފުޅުން ކޮށްދެއްވި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އަޅުގަނޑުމެން އަރުވާ ހަދިޔާއެއް." 

ރައީސް މުހައްމަދު މުއިއްޒު ސޮއިކުރައްވާފައިވާ ފީފާ ވޯލްޑް ކަޕްގެ ބޯޅަތައް ދިވެހި ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނާ ހަވާލުކުރަނީ. (ފޮޓޯ/ކޮކާ-ކޯލާ)

ގުޅުންހުރި - ފުޓްބޯޅަ ސީޒަނުގެ ފޯރި އިތުރުކުރުމުގެ ގޮތުން، އެމްއޭޑަބްލިޔުސީން ވަނީ 21 މާޗުން 24 މޭގެ ނިޔަލަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ފީފާ ވޯލްޑް ކަޕް 2026 ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. މީގެ ތެރެއިން:

  • އަށް ނަސީބުވެރިއަކަށް، ދެ މީހަކަށް ފީފާ ވޯލްޑް ކަޕް 2026ގެ މެޗެއް ބަލާލުމަށް ހުރިހާ ހަރަދެއް ލިބޭ ދަތުރެއް ލިބުނު 

  • އެތައް ސަތޭކަ ބަޔަކަށް ކޮކާ-ކޯލާ ބްރޭންޑްގެ މާޗަންޑައިޒްތަކާއި އިނާމުތައް ލިބިފައިވޭ

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް