ފުވައްމުލަކު އެއާޕޯޓްގައި ބީއެމްއެލްއިން ހުޅުވި އޭޓީއެމް
ފުވައްމުލަކު އެއާޕޯޓުގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓައިފި
ގައުމީ ބޭންކް، ބީއެމްއެލް އިން ފުވައްމުލަކު އެއާޕޯޓުގައި ބީއެމްއެލްގެ އޭޓީއެމްއެއް ބަހައްޓައި ބޭނުންކުރަން ފަށައިފި އެވެ.
ތަފްސީލް - ފުވައްމުލަކު އެއާޕޯޓުގައި އިއްޔެ ހުޅުވި އޭޓީއެމްއާ އެކު، އެ ރަށުގައި ގާއިމުކޮށްފައިވާ ބީއެމްއެލްގެ އޭޓީއެމްތަކުގެ އަދަދު ވަނީ ހަތަރަކަށް އަރާފަ އެވެ. އެގޮތުން:
-
ރުފިޔާގެ މުއާމަލާތްތަކަށް ހާއްސަ 3 އޭޓީއެމް
-
ޑޮލަރު އެއް އޭޓީއެމް
ބުނީ ކީކޭ؟ - ބީއެމްއެލްއިން ބުނި ގޮތުގައި ފުވައްމުލަކު އެއާޕޯޓުގައި އޭޓީއެމް ބެހެއްޓުމުގެ މައިގަނޑު ބޭނުމަކީ މުޖުތަމައަށް ބޭނުންވާ އަސާސީ ބޭންކިން ހިދުމަތްތައް އިތުރަށް ފަސޭހަކޮށް، ރައްޔިތުންނާ ގާތުން އެ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. އެގޮތުން:
-
އެއާޕޯޓު ބޭނުންކުރާ ފަރާތްތަކަށާއި އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް ފައިސާ ނެގުމާއި، ޖަމާކުރުމުގެ އިތުރުން ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް ހޯދުމަށް ފަސޭހަވާނެ
ބީއެމްއެލް އިން އަންނަނީ މުޅި ރާއްޖެއަށް ބޭންކިން ނިޒާމު ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޭޓީއެމްގެ ނެޓްވޯކް ފުޅާކޮށް، އާންމުންނަށް ލުއިފަސޭހަވާނެ ގޮތަށް ހިދުމަތްތައް ތަރައްގީކުރަމުންނެވެ.
ކޮމެންޓް