ބީއެމްއެލް އަދި ނެޓްބޯޅަ އެސޯސިއޭޝަންގެ އިސް އޮފިޝަލުން. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްއިން ނެޓްބޯޅަ އެސޯސިއޭޝަނަށް އެހީތެރިވަނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ އެކު އެއްބަސްވުމެއް ގާއިމުކޮށްފި އެވެ.
ތަފްސީލް - ތިން އަހަރުގެ މި އެއްބަސްވުމުގެ ދަށުން:
-
ނެޓްބޯޅަ އެސޯސިއޭޝަނުން ކޮންމެ އަހަރަކު ބާއްވާ އިންޓަސްކޫލް ނެޓްބޯޅަ ޓޯނަމެންޓް (ބީއެމްއެލް ރާއްޖެ ޖޫނިއަ ނެޓްބޯޅަ ޗެމްޕިއަންޝިޕް) އަދި ޖޫނިއާ ޗެމްޕިއަންޝިޕް ޓޯނަމެންޓްއަށް ބޭންކުގެ އެހީތެރިކަން ފޯރުކޮށްދޭނެ
ރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި ތަރައްގީކޮށް، ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް އަމާޒުކޮށްގެން ނެޓްބޯލް އެސޯސިއޭޝަނުން މިފަދަ މުބާރާތްތައް ގަވާއިދުން ބާއްވަ އެވެ.
ފާހަގަކޮށްލެވޭ - ބީއެމްއެލް އިން އަންނަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކުޅިވަރު ހަރަކާތްތަކާއި ގައުމީ އެސޯސިއޭޝަންތަކާ އެކު ގާއިމުކުރާ ސްޓްރެޓީޖިކް ޕާޓްނަޝިޕްތަކުގެ ޒަރިއްޔާއިން، މުޅި ރާއްޖޭގައި ކުޅިވަރުގެ ހުނަރުތައް ތަރައްގީކުރުމަށް މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި ހިމެނެނީ:
-
ފުޓްބޯލް އެސޯސިއޭޝަން
-
ބާސްކެޓްބޯޅަ އެސޯސިއޭޝަން
-
މޯލްޑިވްސް އެކުއަޓިކްސް އެސޯސިއޭޝަން
-
ސާފިން އެސޯސިއޭޝަން
-
ޓެނިސް އެސޯސިއޭޝިއަން
-
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ކޮމެންޓް