'ޕިޗު ފޯ ޕާޕަސް' ޕްލެޓްފޯމް ތައާރަފްކުރުމަށް ބޭއްވި ހަފްލާ. (ފޮޓޯ/ދިރާގު)

ދިރާގު

ސީއެސްއާރުގައި މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރަން ދިރާގުން ޕްލެޓްފޯމެއް ތައާރަފްކޮށްފި

'ޕިޗު ފޯ ޕާޕަސް'އަކީ އިޖުތިމާއީ ޒިންމާ އަދާކުރުމުގައި މުވައްޒަފުންގެ ބައިވެރިވުން އިސްކޮށް، އެ މުވައްޒަފުންގެ ހިތްތަކާ އެންމެ ބޮޑަށް ގުޅިފައިވާ އިޖުތިމާއީ ކަންކަން ދެނެގަނެ، އެ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ދިރާގުގައި ފަރުމާކޮށްފައިވާ މިފަދަ ފުރަތަމަ ޕްރޮގްރާމް
1 ގަޑިއިރު ކުރިން

ދިރާގުން އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން، މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުވައްޒަފުންގެ ފުރިހަމަ ބައިވެރިވުމާއި އިސްނެގުން އިތުރުކުރުމުގެ މަގުސަދުގައި، 'ޕިޗު ފޯ ޕާޕަސް' ޕްލެޓްފޯމް މިއަދު ތައާރަފުކޮށްފި އެވެ.

ވީ ކިހިނެއް؟ - 'ޕިޗު ފޯ ޕާޕަސް'އަކީ އިޖުތިމާއީ ޒިންމާ އަދާކުރުމުގައި މުވައްޒަފުންގެ ބައިވެރިވުން އިސްކޮށް، އެ މުވައްޒަފުންގެ ހިތްތަކާ އެންމެ ބޮޑަށް ގުޅިފައިވާ އިޖުތިމާއީ ކަންކަން ދެނެގަނެ، އެ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ދިރާގުގައި ފަރުމާކޮށްފައިވާ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.

'ޕިޗު ފޯ ޕާޕަސް' ޕްލެޓްފޯމް ތައާރަފްކުރުމަށް ބޭއްވި ހަފްލާ. (ފޮޓޯ/ދިރާގު)

ތަފްސީލް - 'ޕިޗު ފޯ ޕާޕަސް' މެދުވެރިކޮށް:

  • މުވައްޒަފުންނަށް ޓީމުތަކެއްގެ ގޮތުގައި ހަރަކާތްތެރިވެ، މުޖުތަމައުގެ ލާބައަށްޓަކައި އެ މުވައްޒަފުންގެ ހިޔާލުތަކާއި އެންމެ ބޭނުންވާ ކަންކަން ހުށަހަޅައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ

  • ހުށަހަޅާ ކަންކަމުގެ ތެރެއިން ހޮވޭ ކަންކަން ތަންފީޒުކުރުމަށް ދިރާގުގެ އިޖުތިމާއީ ޒިންމާ ޕްރޮގްރާމްގެ ތެރެއިން އެހީތެރިކަން ލިބޭނެ

  • 'ޕިޗު ފޯ ޕާޕަސް' ޕްރޮގްރާމްގެ ތެރެއިން ހުށަހަޅާ ޕްރޮގްރާމްތަކުން ހޮވޭ އެންމެ ފާހަގަކޮށްލެވޭ ތިން ޕްރޮގްރާމެއް ދިރާގުން ކުރިއަށް ގެންގޮސްދޭނެ

'ޕިޗު ފޯ ޕާޕަސް' ޕްލެޓްފޯމް ތައާރަފްކުރުމަށް ބޭއްވި ހަފްލާ. (ފޮޓޯ/ދިރާގު)

ފާހަގަކޮށްލެވޭ - ތިމާވެށި ރައްކާތެރިކުރުމާއި މެންޓަރިން ޕްރޮގްރާމާއި ހުނަރު ތަރައްގީކުރުމުގެ ވޯކްޝޮޕްތަކުގެ އިރުތުން މުޖުތަމައުގެ ކުރިއެރުމަށް ހިންގާ އެކި ހަރަކާތްތަކުގައި ވޮލަންޓިއަރުން ގޮތުގައި ދިރާގުގެ މުވައްޒަފުން ދަނީ އަބަދު ވެސް ހީވާގިކަމާ އެކު ބައިވެރިވެ ނަމޫނާ ދައްކަމުންނެވެ.

'ޕިޗު ފޯ ޕާޕަސް' ޕްލެޓްފޯމް ތައާރަފްކުރުމާ އެކު ދިރާގުގެ މުވައްޒަފުންނަށް މުޖުތަމައަށް ބޭނުންވެފައިވާ ކަންކަން ދެނެގަތުމުން ފެށިގެން، އެކަންކަމަށް ހައްލު ހޯދައިދިނުމަށް ހިޔާލު ހުށަހަޅައި، ޕްރޮގްރާމް ރާވައި އަމަލީ ގޮތުން އިޖުތިމާއީ ކަންކަމުގައި އެންމެ ފުރިހަމައަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.

'ޕިޗު ފޯ ޕާޕަސް' ޕްލެޓްފޯމް ތައާރަފްކުރުމަށް ބޭއްވި ހަފްލާ. (ފޮޓޯ/ދިރާގު)

'ގްރޭޓް ޕްލޭސް ޓު ވޯކް' ސެޓްފިކެޓް ހާސިލުކޮށްފައިވާ ކުންފުންޏެއްގެ ހައިސިއްޔަތުން، ދިރާގުން އަބަދު ވެސް މަސައްކަތްކުރަނީ މުވައްޒަފުންގެ ކުރިއެރުމަށާއި މުވައްޒަފުންގެ ހިޔާލާއި ބައިވެރިވުން އިތުރުކުރުމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް