ސޮނީ ހާޑްވެއާއިން އަލަށް ބާޒާރަށް ނެރުނު ސޮނީ ސިމެންތި.

ސޮނީ ހާޑްވެއާ

ސޮނީ ސިމެންތި ބާޒާރަށް ނެރެފި؛ ސިމެންތީގެ ދަތިކަމަށް ނިމުމެއް

ބާޒާރުގައިި ސިމެންތި ލިބުން ދަތިވެ، ސިމެންތީގެ އަގު އިންތިހާއަށް ވަނީ އުފުލިފައި. ސޮނީ ހާޑްވެއާއިން ބާޒާރަށް ތައާރަފްކުރި ސޮނީ ސިމެންތިއަކީ އެ މައްސަލައަށް އޮތް ޖުމްލަ ހައްލެއް
1 ގަޑިއިރު ކުރިން

ރާއްޖޭގެ ބާޒާރުން ސިމެންތި ލިބުން ދަތިވެފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. މީގެ ފަހަތުގައި އޮތް މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކާއި ބައިނަލްއަގްވާމީ ސަޕްލައި ޗެއިންއަށް ދިމާވެފައިވާ ގޮންޖެހުންތަކެވެ.

އެއާ އެކު އިމާރާތްކުރުމުގެ ސިނާއަތް މަޑުޖެހި، ގިނަ މަޝްރޫއުތަކަށް ވަނީ ބުރޫއަރާފަ އެވެ. ސިމެންތި ލިބުން ދަތިވުމުގެ އިތުރަށް މިހާރު ލިބެން ހުރި ސިމެންތީގެ ކޮލެޓީއާ މެދު ކޮންޓްރެކްޓަރުންނާއި އާންމުން ވެސް ތިބީ ކަންބޮޑުވުމެއްގެ ތެރޭގަ އެވެ.

މި ދަތިކަމުން ސަލާމަތްކޮށްދިނުމަށްޓަކައި ސޮނީ ހާޑްވެއާއިން ވަނީ އެ ކުންފުނީގެ މުޅިން އާ އުފެއްދުމެއް ބާޒާރަށް ތައާރަފްކޮށްފަ އެވެ.

އެގޮތުން އަލަށް ތައާރަފްކުރި 'ސޮނީ ސިމެންތި'އަކީ، އެ ކުންފުނިން ބުނާ ގޮތުގައި އިމާރާތްކުރުމުގެ ސިނާއަތަށް ހުރި ދަތިތައް ފިލުވައިދޭނެ، އިތުބާރު ހިފޭ އަދި އެންމެ މަތީ ފެންވަރުގެ ސިމެންތިއަށް ވާނެ އެވެ.

ސޮނީ ހާޑްވެއާއިން އަލަށް ބާޒާރަށް ނެރުނު ސޮނީ ސިމެންތި: މި ސިމެންތި ބާޒާރުން ހުސްވުމާ މެދު ކަސްޓަމަރުން ކަންބޮޑުވާން ނުޖެހޭނެ ކަމަށް ސޮނީ ހާޑްވެއާއިން ބުނޭ.

ސިމެންތި ލިބުން ދަތިވުމާ އެކު ބާޒާރުގައި ސިމެންތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާ މިފަދަ ދަނޑިވަޅެއްގައި ސޮނީ ސިމެންތި ބާޒާރަށް ނުކުތުމަކީ ސިމެންތީގެ އަގު ހިފަހައްޓަން ބާރު އަޅާނެ ކަމެކެވެ.

މިއީ ކަސްޓަމަރުންގެ ޖީބަށް ލުޔެއް ލިބި، ބަޖެޓުން ބޭރުނުވެ، މަޝްރޫއުތައް ނިންމަން މަގުފަހިކޮށްދޭނެ ކަމެކެވެ.

ސޮނީ ހާޑްވެއާއިން ސޮނީ ސިމެންތި ބާޒާރަށް ތައާރަފްކުރީ ވެސް ބޮޑު ސްޓޮކަކާ އެކީގަ އެވެ. އެހެންކަމުން މި ސިމެންތި ހުސްވެދާނެ ކަމާ މެދު ކަސްޓަމަރުން ހާސްވާން ނުޖެހޭނެކަން ފާހަގަކޮށް، އަބަދުވެސް ސޮނީ ސިމެންތި ލިބެން ހުންނާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފަ އެވެ.

ސޮނީ ސިމެންތި

ކޮލިޓީ:

  • މިއީ ކޮލެޓީ ރަނގަޅު، 'އިކޮނޮމިކް ސޮލިއުޝަން'އެއް

  • ސޮނީ ސިމެންތީގެ ސްޓްރެންގްތު ކްލާސްއަކީ 42.5 ނިއުޓަން

  • އެހެންކަމުން ވަރުގަދަ އަދި ދިގު މުއްދަތަކަށް ހަދާ ތަންތަނާއި ބޮޑެތި އިމާރާތްކުރުމުގެ މަޝްރޫއުތަކަށް ވެސް މި ސިމެންތި އެކަށީގެންވޭ

ތިމާވެއްޓާ ރައްޓެހި:

  • މިއީ ލޯ ކާބަން ސިމެންތި

  • ސޮނީއިން ބުނާ ގޮތުގައި މިއީ ރާއްޖެއަށް މިފަދަ ސިމެންތި ތައާރަފްކުރި ފުރަތަމަ ފަހަރު

ބޮޑު ސްޓޮކެއް:

  • ސޮނީ ސިމެންތި ބާޒާރަށް ތައާރަފްކުރީ ބޮޑު ސްޓޮކްއަކާ އެކު

  • އެހެންކަމުން ހާސްކަމެއް ނެތި، ސޮނީ ސިމެންތި އަބަދު ވެސް ލިބެން ހުންނާނެ ކަމުގެ ޔަގީންކަން ސޮޮނީ ހާޑްވެއާއިން ވަނީ ދީފައި

ޕެކިން ވެސް ވަރުގަދަ:

  • ސޮނީ ސިމެންތި ޕެކް ކުރަނީ 50 ކިލޯގެ ބަސްތާއިން، ޑަބަލް ލެޔާޑް ބޭގުގައި

  • އޭގެ ނަތީޖާއަކީ ދިގު ދަތުރުތަކަށްފަހު ރަށްރަށަށް ގެންދާ ގެންދިއުމުގައި ސިމެންތި ގަނޑުވުން ފަދަ މައްސަލަތަކުން ދުރުކޮށްދީ، ކޮލެޓީ ދަމަހައްޓައިދިނުން

  • ބަލްކު އޯޑަރުތަކަށް ޖަމްބޯ ބޭގުގައި ޕެކްކޮށް، ޑެލިވާ ކޮށްދޭނެ؛ މީގެ ސަބަބުން ތަންތަނަށް ގެންދިއުމުގައި އިތުރު ލުޔެއް ލިބޭނެ

ސޮނީ ހާޑްވެއާއިން އަލަށް ބާޒާރަށް ނެރުނު ސޮނީ ސިމެންތި. މި ސިމެންތި ޕެކްކޮށްފައި ހުންނަނީ 50 ކިލޯގެ ބަސްތާގައި.


ސޮނީ ސިމެންތި 50 ކިލޯގެ ބަސްތާއެއް ރީޓެއިލްކޮށް ވިއްކަނީ 160ރ. އަށެވެ. ނަމަވެސް މަޝްރޫއުތަކުގެ ސްކޯޕާއި ގަންނަ އަދަދަށް ބަލައިި، ސޮނީ ހާޑްވެއާއިން ޑިސްކައުންޓު ރޭޓުތަކެއް ވެސް ލިބިދާނެ އެވެ.

ސޮނީ ސިމެންތި ގަތުމާއި ލޮޖިސްޓިކްސްގެ ކަންކަން، ސޮނީ ހޮޓްލައިން ނަންބަރު 3336699އަށް ގުޅައިގެން ނުވަތަ ސޮނީގެ ކޮންމެ އޮންލައިން ޗެނަލްއަކަށް މެސެޖުކޮށްލައިގެން ފަސޭހަކަމާ އެކު ކުރިއަށްގެންދެވޭނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް