އަލް-ޝާލީ މެރިން މޯލްޑިވްސްއިން ބަންނަ އެކްސްކާޝަން ދޯނި.

އަލް-ޝާލީ މެރިން

އަލް ޝާލީން ތިމާވެއްޓާ ގުޅޭ އިލެކްޓްރިކް އެކްސްކާޝަން ދޯނި ބަންނަން ތައްޔާރު

މިއީ އަލް-ޝާލީ މެރިން މޯލްޑިވްސްއިން މިހާރު ވެސް ބަންނަ އެކްސްކާޝަން ދޯނީގެ ޑިޒައިނާއި ސްޕީޑަށް ބަދަލު ނުގެނެސް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް މިފަދަ ދޯނި ބަނދެވޭނެ ގޮތެއް
56 މިނިޓު ކުރިން

ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް އަމާޒުކޮށް، ތިމާވެއްޓާ ރައްޓެހި، ފުލް އިލެކްޓްރިކް އެކްސްކާޝަން ދޯނި ބަންނަން އަލް-ޝާލީ މެރިން މޯލްޑިވްސްއިން ތައްޔާރުވެއްޖެ އެވެ.

ތަފްސީލު - އަލް-ޝާލީ މެރިންގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ޝަރީފް 'ދައުރު'އަށް ވިދާޅުވީ އީ ޕްރޮޕަލްޝަން އިލެކްޓްރިކް ދޯނިފަހަރު ފޯރުކޮށްދޭން އެ ކުންފުނިން އޮތީ ތައްޔާރަށް ކަމަށާއި މިހާރު ވެސް އެކަން ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު އިންބޯޑު އިންޖީނުގެ ބަދަލުގައި އިލެކްޓްރިކް ޕްރޮޕަލްޝަން ބޭނުންކުރާ ގޮތަށް ދޯނި ބަނދެވޭނެ. [އިންޖީނުލީ ދޯންޏާ އަޅާބަލައިރު] ސްޕީޑަކަށް އެއްވެސް ތަފާތެއް ނާންނާނެ،" އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި:

  • 6-8 ގަޑިއިރަށް ބޭނުންކުރެވޭ ކެޕޭސިޓީގެ ބެޓަރި އެބަހުރި

  • ބެޓަރީގެ ރޭންޖު ނުވަތަ ބޭނުންކުރެވޭ ވަގުތު ބިނާވެގެންވަނީ ދުއްވާ ސްޕީޑަށް (މާ ބާރަށް ދުއްވާ ނަމަ އަވަހަށް ބެޓަރި ހުސްވާނެ)

  • އެކްސްކާޝަންތަކަށް ހާއްސަކޮށް އަލް-ޝާލީއިން މިހާރު ބަންނަ ދޯނިފަހަރާއި ފުލީ އިލެކްޓްރިކް ދޯނިފަހަރާ ޑިޒައިންގެ ގޮތުން އެއްގޮތްވާނެ

އަލް-ޝާލީ މެރިން މޯލްޑިވްސްއިން ބަންނަ އެކްސްކާޝަން ދޯނި.

ތަފްސީލު - ޝަރީފް ގަބޫލުކުރައްވާ ގޮތުގައި، ދިވެހި ފަތުރުވެރިކަން ވަރަށް ބޮޑަށް ތިމާވެއްޓަށް ބަރޯސާވެފައި އޮންނައިރު، އެ ސިނާއަތުގެ ހިދުމަތްތައް ބައްޓަން ކުރަން ވާނީ ވީހާ ވެސް ތިމާވެއްޓާ ރައްޓެހި ގޮތަކަށެވެ.

އެކްސްކާޝަން ހިދުމަތުގައި އިންޖީނު އެޅި ދޯނި ބޭނުންކުރުމަކީ އެއާ މުޅިން އިދިކީލަ ގޮތެކެވެ.

"އިންޖީނު އެޅި ދޯނިތަކުން ތެޔޮ އަޅާނީ ކަނޑަށް. އޭގެ ސަބަބުން ކަނޑުތައް ތަގައްޔަރުވޭ އެބަ. ފަތުރުވެރިކަމުގައި ވަރަށް ބޮޑަށް ބަލާ ކަމެއް ތިމާވެއްޓަކީ،" އޭނާ ވިދާޅުވި އެވެ.

"މި އިލެކްޓްރިކް ދޯނިފަހަރަކީ 'ޒީރޯ އެމިޝަން' (ވައިގެ ތެރެއަށް ވިހަ ގޭހުގެ އެއްވެސް މިންވަރެއް، އެއްގޮތަކަށް ވެސް ބޭރުނުކުރާ) އުޅަނދުތަކެއް. މިއީ ރިސޯޓުތަކުން ފަތުރުވެރިންނަށް މާކެޓު ވެސް ކުރެވޭނެ ކަމެއް."

އަނެއް ކަމަކީ އިންޖީނުލީ ދޯންޏަކަށް ވުރެ އިލެްކްޓްރިކް ދޯނިތަކުގެ ހަރަދު ކުޑަވުމެވެ. އެގޮތުން ތެލަށް (ޑީސަލަށް) ކުރާ ހަރަދާއި ހަކަތައަށް ކުރާ ހަރަދު އަޅާކިޔާއިރު، %50 އަށްވުރެ ބޮޑު އަދަދެއް ސަލާމަތް ކުރެވެ އެވެ. އަދި އިލެކްޓްރިކްގައި ފިލްޓަރު ގަނެ، ބަދަލުކުރުމާއި ތެޔޮ ބަދަލުކުރުން ފަދަ، ޑީސަލް އިންޖީނުގައި ގަވާއިދުން ކުރަންޖެހޭ ކަންކަން އެއްގޮތަކަށް ވެސް ކުރަން ނުޖެހޭނެ އެވެ.

އޭގެ އިތުރުން ޝަރީފް ވިދާޅުވީ އިންޖީނުލީ ދޯނިފަހަރާ ހިލާފަށް އިލެކްޓްރިކް ދޯނިފަހަރުން ތެޔޮ ވަސް ނުދުވާނެ ކަމަށާއި އެއްވެސް މިންވަރަކަށް ވައިބްރޭޝަން ވެސް ނުހުންނާނެ ކަމަށެވެ. މާނައަކީ މިފަދަ ދޯންޏެއްގައި އެކްސްކާޝަނަށް ދެވުމަކީ ފަތުރުވެރިންގެ ތަޖުރިބާ ވެސް އިތުރަށް ފުރިހަމަކޮށްދީ، ހިތްގައިމު ކޮށްދޭނެ ކަމެކެވެ.

އަލް-ޝާލީ މެރިން މޯލްޑިވްސް

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކަނޑު އުޅަނދުފަހަރު ބަނުމުގެ ހިދުމަތް ދޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އަލް-ޝާލީ މެރިން މޯލްޑިވްސްއަކީ ޔޫއޭއީގެ އަލް-ޝާލީ މެރިން އާއި ރާއްޖޭގެ ކޯސްޓްލައިން އިންވެސްޓްމަންޓްސް ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ.

އަލް-ޝާލީގެ ހިދުމަތްތައް ހޯދުމަށް:

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް