ބޯޓިން އެސޯސިއޭޝަނުން އެމްއައިޑީއީ އެކްސްޕޯގައި.

އެންބީއޭއެމްއިން ދިވެހި ސަފާރީތަކާއި ޑައިވިން ތަޖުރިބާތައް މެލޭޝިއާގައި ދައްކާލައިފި

އެންބީއޭއެމްގެ އަމާޒަކީ އެމްއައިޑީއީ ފަދަ އެކްސްޕޯތަކުގައި ބައިވެރިވެ، ރާއްޖޭގެ މެރިން ސިނާއަތް ކުރިއަރުވައި، ބީ2ބީ ގުޅުން ބަދަހިކޮށް، އަދި ރާއްޖެއަކީ ފީނުމުގައި ވެސް ދުނިޔޭގެ އެއް ވަނަ މަންޒިލްކަން ކަށަވަރު ކުރުން
1 ގަޑިއިރު ކުރިން

ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)އިން 20 ވަަނަ މެލޭޝިއާ އިންޓަނޭޝަނަލް ޑައިވް އެކްސްޕޯ (އެމްއައިޑީއީ)ގައި ބައިވެރިވެ، ރާއްޖޭގެ ބޯޓިން އަދި ޑައިވް ތަޖުރިބާތައް ހިއްސާކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ ޑައިވް އެކްސްޕޯ ކުރިއަށްދަނީ 5 ޖޫންއިން ފެށިގެން މިއަދުގެ ނިޔަލަށް، ކުއާލަ ލަމްޕޫރުގައި ހުންނަ މެލޭޝިއާ އިންޓަނޭޝަނަލް ޓްރޭޑް އެންޑް އެގްޒިބިޝަން ސެންޓަރުގަ އެވެ.

ބުނީ ކީކޭ؟ - އެ އެކްސްޕޯއަކީ ރާއްޖޭގެ މެރިން ޓޫރިޒަމް އާއި ލިވަބޯޑުތަކާއި ޑައިވިން ތަޖުރިބާތައް، ފުޅާވަމުން އަންނަ އޭޝިއާ މާކެޓުގައި އިޝްތިހާރު ކުރަން އެންބީއޭއެމްއިން ލިބުނު ފުރުސަތެކެވެ.

"އެމްއައިޑީއީގައި ބައިވެރިވުމުން ޑައިވަރުންނާއި ފަތުރުވެރިންނާ ސީދާކޮށް ބައްދަލުކޮށްލަން ފުރުސަތު ލިބުނު،" އެންބީއޭއެމްގެ އޮފިޝަލަކު ވިދާޅުވި އެވެ.

"ރާއްޖެއާ މެލޭޝިއާއާ ދެމެދު ހުރި ކައިރިކަމާއި ޑައިރެކްޓް އެއާ ކަނެކްޓިވިޓީއަކީ، އަޅުގަނޑުމެންގެ ބޯޓިން އަދި ޑައިވިން ސެކްޓާ އޭޝިއަން މާކެޓަށް ފުޅާކުރަން ލިބުނު ރަނުގެ ފުރުސަތެއް."

ބޯޓިން އެސޯސިއޭޝަނުން އެމްއައިޑީއީ އެކްސްޕޯގައި.

ތަފްސީލު - އެންބީއޭއެމްގެ ޕެވީލިއަންގައި ރާއްޖޭގެ ސަފާރީތަކާއި ޑައިވް ދޯނިފަހަރުގެ ހާއްސަ ސިފަތަކާ ބެހޭ މައުލޫމާތު ދެމުން އަންނައިރު، އެ ޖަމިއްޔާއިން ބުނާ ގޮތުގައި ރާއްޖޭގެ ޕްރިމިއަމް ސަފާރީތަކުން ލިބޭ ތަޖުރިބާތަކާ ގާތް ވެސް ކުރެވޭނީ ދުނިޔޭގެ މަދު ތަނަކަށެވެ.

މެލޭޝިއާ މާކެޓަށް ޑައިވިން އަދި މެރިން ޓޫރިޒަމް ފުޅާކުރަން ލިބޭ އެންމެ ބޮޑު ބާރަކީ، އެންބީއޭއެމްއިން ފާހަގަކުރާ ގޮތުގައި އެ ގައުމާ ދެމެދު އޮތް ފަސޭހަ ޑައިރެކްޓް ފްލައިޓް ކަނެކްޝަން އެވެ.

އެ ރޫޓުގެ ބޭނުން ހިފައި، އެންބީއޭއެމްއިން މަސައްކަތް ކުރަމުން އަންނަނީ ރާއްޖެއަކީ ހަމައެކަނި މަތީ ފަންތީގެ ޓޫރިޒަމަށް ހާއްސަ މަންޒިލެއްގެ ބަދަލުގައި އަތްފޯރާފަށުގައި ފީނުމުގެ ތަޖުރިބާ ވެސް ކުރެވޭނެ، ދުނިޔޭގެ ފެންވަރުގެ ޑައިވް މަންޒިލެއްކަން ދައްކައިދިނުމަށެވެ.

ބޯޓިން އެސޯސިއޭޝަނުން އެމްއައިޑީއީ އެކްސްޕޯގައި.

އެންބީއޭއެމްގެ އަމާޒަކީ އެމްއައިޑީއީ ފަދަ އެކްސްޕޯތަކުގައި ބައިވެރިވެ، ރާއްޖޭގެ މެރިން ސިނާއަތް ކުރިއަރުވައި، ބީ2ބީ ގުޅުން ބަދަހިކޮށް، އަދި ރާއްޖެއަކީ ފީނުމުގައި ވެސް ދުނިޔޭގެ އެއް ވަނަ މަންޒިލްކަން ކަށަވަރު ކުރުމެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް