އެމްއެމްއޭން 2017ގައި ބޭއްވި ފައިނޭންޝަން އެކްސްޕޯ. (ފައިލް ފޮޓޯ/އެމްއެމްއޭ)

އެމްއެމްއޭ

އެމްއެމްއޭގެ އެކްސްޕޯގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެމްއެމްއޭން ފައިނޭންޝަލް އެކްސްޕޯ ބޭއްވި
55 މިނިޓު ކުރިން

މަރުކަޒީ ބޭންކު، އެމްއެމްއޭން ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026ގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ތަފްސީލް - މި އަހަރުގެ އެކްސްޕޯ އޮންނަނީ އަންނަ މަހުގެ 2 އިން 4އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.

އެމްއެމްއޭގެ ފައިނޭންޝަލް އެކްސްޕޯއަކީ މާލީ ހިދުމަތްދޭ ގިނަ ބަޔަކާ އެއްތަނަކުން ބައްދަލުވެ މައުލޫމާތު ލިބިގަނެވޭނެ މަގުފަހިކުރުމަށާއި މާލީ ކަންކަމަށް އާންމުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި އަހަރުގެ އެކްސްޕޯގައި ވެސް މާލީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އާ ހިދުމަތްތަކާއި ޕްރޮގްރާމްތައް އިފްތިތާހުކުރާނެ އެވެ.

ފާހަގަކޮށްލެވޭ - މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެމްއެމްއޭން ފައިނޭންޝަލް އެކްސްޕޯ ބޭއްވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް