އުރީދޫން އީދު ސައި ބަހަނީ. (ފޮޓޯ/އުރީދޫ)

އުރީދޫ

އީދު އުފާ ފާޅުކުރުމަށް މުޅި ރާއްޖޭގައި އުރީދޫ ބައިވެރިވާ ހަރަކާތްތަކެއް

ރާއްޖޭގެ އެކި ސަަރަހައްދުތަކުގައި ކައުންސިލްތަކާއި ޖަމިއްޔާތަކުން އިސްނަގައިގެން ކުރިއަށްގެންދާ އީދު އުފާ ފާޅުކުރުމުގެ އެކި ހަރަކާތްތަކުގައި، އޫރީދޫން ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ވަނީ ބައިވެރިވެފައި
27 މޭ 2026

މިއަދު ފާހަގަކުރަމުން އަންނަ މި އަހަރުގެ ބޮޑު އީދާ ދިމާކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި އުރީދޫއާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް އެބަގެންދެ އެވެ.

ވީ ކިހިނެއް؟ - މިއީ، އުރީދޫން ބުނި ގޮތުގައި، މުޖުތަމައުގައި އީދުގެ އުފާ ފާޅުކުރުމާއި އެއްބައިވަންތަކަން އިތުރު ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.

މާލެ އަދި ހުޅުމާލޭގައި އީދު ބޯކިބާ ބެހުން

އުރީދޫން ކޮންމެ އީދަކާ ގުޅުވައިގެން ކުރިއަށްގެންދާ އީދު ބޯކިބާ ބެހުން، މި އީދުގައި ވެސް އުރީދޫގެ ޓީމުން ވަނީ މާލެ އާއި ހުޅުމާލޭގައި ކުރިއަށް ގެންގޮސްފަ އެވެ.

މިއީ ޒަމާނުއްސުރެ އީދު ނަމާދަށް ފަހު ހެނދުނުގެ ސަޔާ އެކު ބޯކިބާ ކެއުމުގެ ސަގާފީ އާދަކާދައާ ގުޅުވައިގެން އުރީދޫން ކުރިއަށްގެންދާ ހަރަކާތެކެވެ.

  • އުރީދޫން އީދު ސައި ބަހަނީ. (ފޮޓޯ/އުރީދޫ)
  • އުރީދޫން އީދު ސައި ބަހަނީ. (ފޮޓޯ/އުރީދޫ)
  • އުރީދޫން އީދު ސައި ބަހަނީ. (ފޮޓޯ/އުރީދޫ)

އީދު ހަދިޔާ ބެހުން

އީދުގެ އުފާ ފާހަގަކޮށް، އާއިލާތަކަށް ހިނިތުންވުމާއި އެކުވެރިކަމުގެ ވަގުތުތަކެއް ފަހިކޮށްދިނުމަށް، އުރީދޫގެ ފަރާތުން ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ތިބި ކުޑަކުދިންނަށް ހާއްސަކޮށް އީދު ހަދިޔާ ބަހާފައެވެ.

މާލެ ސަރަހައްދުގެ 'އީދު އުފާ' ކުޑަކުދިންގެ ހަވީރު

މާލެ ސަރަހައްދުގައި އެމްއެންޑީއެފުން އިންތިޒާމުކުރާ 'އީދު އުފާ' ކުޑަކުދިންގެ ހަވީރުގެ ހަރަކާތްތައް އިތުރަށް ފޯރިގަދަކޮށް، އުފާވެރި މާހައުލެއް ބިނާކުރުމަށްޓަކައި އުރީދޫން ވަނީ މި ހަވީރުގައި ފޯމް ޕާޓީ ބޭއްވުމަށް އެހީތެރިވެފަ އެވެ.

އުރީދޫން އީދު ސައި ބަހަނީ. (ފޮޓޯ/އުރީދޫ)
އުރީދޫން އީދު ސައި ބަހަނީ. (ފޮޓޯ/އުރީދޫ)

ކިނބިދޫގެ 'ބޮޑު ކުންބުސް' ސަަގާފީ ހަރަކާތް

ތ. ކިނބިދޫގައި ކުރިއަށްދިޔަ 'ބޮޑު ކުންބުސް' ތައްޔާރުކުރުމުގެ ހަރަކާތުގައި އުރީދޫން ވަނީ ބައިވެރިވެފަ އެވެ. މިއީ އެ ރަށުގެ ރައްޔިތުން އެކުވެގެން ސަގާފީ ބޮޑު ކުންބުސް ފިހެ، ރަށުގެ ކޮންމެ ގެއަކަށް އީދު ހަދިޔާއެއްގެ ގޮތުގައި ބަހާ ވަރަށް ފާހަގަކޮށްލެވޭ ތާރީހީ އަދި ސަގާފީ ހަރަކާތެކެވެ.

  • އުރީދޫން އީދު ސައި ބަހަނީ. (ފޮޓޯ/އުރީދޫ)
  • އުރީދޫން އީދު ސައި ބަހަނީ. (ފޮޓޯ/އުރީދޫ)
  • އުރީދޫން އީދު ސައި ބަހަނީ. (ފޮޓޯ/އުރީދޫ)

މީގެ އިތުރުން، ރާއްޖޭގެ އެކި ސަަރަހައްދުތަކުގައި ކައުންސިލްތަކާއި ޖަމިއްޔާތަކުން އިސްނަގައިގެން ކުރިއަށްގެންދާ އީދު އުފާ ފާޅުކުރުމުގެ އެކި ހަރަކާތްތަކުގައި، އޫރީދޫން ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކުރާ 'އައްޑޫ ސިޓީ އީދު ސަމާ 1447'

  • މިޝްކާތު ފައުންޑޭޝަނުން މަރަދޫފޭދޫގައި ބާއްވާ 'މަރަދޫފޭދޫ އީދު ފޯރި 1446'

  • ބ. ކަމަދޫ ކައުންސިލުން ބާއްވާ 'ކަމަދޫ އީދު އުފާ 1447'

  • ރ. ރަސްމާދޫ ކައުންސިލުން ބާއްވާ 'ރަސްމާދޫ އީދުލްއަޟްޙާ 1447'

  • ރ. ދުވާފަރު ކައުންސިލުން ބާއްވާ 'ދުވާފަރު އަލްހާ އީދު ފޯރި 1447'

  • ކ. ތުލުސްދޫ ކައުންސިލުން ބާއްވާ 'ތުލުސްދޫ އަލްހާ އީދު 1447'

  • ގދ. މަޑަވެލި ކައުންސިލުން ބާއްވާ 'މަޑަވެލި ބޮޑު އީދު 1447'

  • ވައިޑީ ސްޕޯޓްސް ކްލަބުން ވިލިމާލޭގައި ބާއްވާ 'ވައިޑީ ވިލި އީދު ފޯރި'

އިތުރު އާޓިކަލް

އިތުރު އާޓިކަލް