އާންމުންގެ ތެރޭގައި މަގްބޫލުކަން ހޯދަމުން އަންނަ ރާއްޖޭގެ ފުރަތަމަ ޒިޕްލައިން އެޑްވެންޗާ. (ފޮޓޯ/ދިރާގު)

ދިރާގު

ރާއްޖޭގެ ފުރަތަމަ ޒިޕްލައިން ހިމެނޭ ވަށްމާފުށި ދިރާގު އެލީޓް ކްލަބަށް

ދިރާގުގެ އެލީޓް މެންބަރުންނަށް %5 ޑިސްކައުޓް ލިބޭނެ؛ އެލީޓް ޕްލެޓިނަމް މެންބަރުންނަށް ޒިޕްލައިން އެޑްވެންޗާ އިން %10 ޑިސްކައުންޓް ލިބޭނެ
21 މޭ 2026

ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި، ކ. މާފުށި ފަޅުން ހިއްކާފައިވާ ވަށްމާފުށި ރަސްމީކޮށް ހަމަޖައްސައި އެ ކްލަބުގެ މެންބަރުންނަށް ހިތްގައިމު އާ ތަޖުރިބާތަކާއި ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ މަގު ފަހިކޮށްދީފި އެވެ.

ތަފްސީލް - މި ޕާޓްނަޝިޕްގެ ދަށުން، ވަށްމާފުށީގެ ތަފާތު ހިދުމަތްތަކުން ދިރާގު އެލީޓް ކްލަބުގެ މެންބަރުންނަށް ހާއްސަ ޑިސްކައުންޓްތައް ލިބޭއިރު، އޭގެ ތެރޭގައި ހިމެނެނީ:

  • އާންމުންގެ ތެރޭގައި މަގްބޫލުކަން ހޯދަމުން އަންނަ ރާއްޖޭގެ ފުރަތަމަ ޒިޕްލައިން އެޑްވެންޗާ 

  • ބީޗު ޑިނާ، ބީޗު ޕިކްނިކް، ފުލް މޫން ޑިނާ، ބޮންފަޔާ، ގްރިލް ހަޓްގެ އިތުރުން 'އެކްސްޕްލޯ ވަށްމާފުށި' ހަރަކާތްތައް ވެސް ހިމެނޭ

މި ޕާޓްނަޝިޕްގެ ދަށުން:

  • ދިރާގުގެ އެލީޓް މެންބަރުންނަށް މި ހުރިހާ ހިދުމަތްތަކުން %5 ޑިސްކައުޓް ލިބޭނެ 

  • އެލީޓް ޕްލެޓިނަމް މެންބަރުންނަށް ޒިޕްލައިން އެޑްވެންޗާ އިން %10 ޑިސްކައުންޓް ލިބޭނެ

ކަސްޓަމަރުން ބުކިން ހަދާއިރު މި ޑިސްކައުންޓްތައް ބޭނުންކުރުމަށް ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑު ދައްކާލުމުން މި ޑިސްކައުންޓްތައް ފަސޭހަކަމާ އެކު ބޭނުންކުރެވޭނެ އެވެ.

ފާހަގަކޮށްލެވޭ - ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް، އެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގަ އެވެ.

ދިރާގުން އަންނަނީ ދިރާގުގެ އެލީޓް ޕާޓްނަރުންނާ ގުޅިގެން މި ފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް