ދިރާގުގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިރާގާއި އެލައިޑުގެ އޮފިޝަލުން. (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގު ފައިބަ ޕްލޭނަކާ އެކު އެލައިޑުން ދޭ ގޭތެރޭގެ ތަކެތީގެ އިންޝުއަރަންސް

ތިން މަހަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އަންނަ 19 އޮގަސްޓުގެ ނިޔަލަށް ބައިވެރިވެރިވެވޭނެ
19 މޭ 2026

ދިރާގާއި އެލައިޑް އިންޝުއަރަންސް ގުޅިގެން، ދިރާގު ލިމިޓެއްނެތް ފައިބަ ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް އެލައިޑްގެ 'ހޯމް ކޮންޓެންޓްސް ތަކަފުލް' އިސްލާމިކް އިންޝުއަރަންސް ޕްލޭން ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - މިކަން ރަސްމީކޮށް އިއުލާނުކޮށްފައިވަނީ ދިރާގުގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި، މި ޕްރޮމޯޝަން އިއުލާނުކުރުމުގެ އިތުރުން ދިރާގުން ވަނީ އެލައިޑްއަށް ދިރާގުގެ 'އެލީޓް ކްލަބް'ގެ ޕާޓްނަރެއްގެ ގޮތުގައި މަރުހަބާ ކިޔާފަ އެވެ.

ތަފްސީލް - ތިން މަހަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އަންނަ 19 އޮގަސްޓުގެ ނިޔަލަށް ބައިވެރިވެރިވެވޭއިރު، މި ޕްރޮމޯޝަނުގެ ދަށުން:

  • ދިރާގު ލިމިޓެއްނެތް ފައިބާގެ ކޮންމެ ޕެކޭޖެއް މިހާރު ވެސް ބޭނުންކުރަމުން އަންނަ ކަސްޓަމަރުންނަށް އަދި މުޅިން އަލަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް، 150،000ރ.އާ ހަމައަށް އެލައިޑްގެ ހޯމް ކޮންޓެންޓްސް ތަކަފުލް ޕްލޭނެއް 1 އަހަރަށް ހިލޭ ލިބޭނެ

  • ދިރާގު ލިމިޓެއްނެތް ފައިބާ 30އެމް އަދި އެއަށް ވުރެ މަތީގެ ޕްލޭންތަކަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ދިރާގުގެ ފަރާތުން ސްމާޓްވިއު އިންޑޯ ކެމެރާއެއް ހިލޭ ދޭނެ

  • ދިރާގު ލިމިޓެއްނެތް ފައިބާ 50އެމް އަދި އެއަށްވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް، މި ކެމެރާގެ އިތުރުން 12 މަސްދުވަހަށް ހިލޭ ކްލައުޑް ސްޓޯރޭޖް ސަބްސްކްރިޕްޝަނެއް ވެސް ދޭނެ

އެލައިޑްގެ ހޯމް ކޮންޓެންޓްސް ތަކަފުލް ޕްލޭންގެ އެހީގައި:

  • ގޭތެރޭގައި ހުންނަ ސާމާނާއި ހަރުކޮށްފައި ހުންނަ ތަކެއްޗާއި ފަރުނީޗަރު ފަދަ ތަކެއްޗަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ލިބޭނެ 

  • އަލިފާނުގެ ހާދިސާތަކާއި ވައްކަމާއި އުދައެރުމާއި ފެންބޮޑުވުން ފަދަ ކަންކަމުން ލިބޭ ގެއްލުންތައް ހިމެނޭ 

  • މި ޕްލޭނަކީ ކުއްލިއަކަށް ދިމާވާ މި ފަދަ ހާދިސާތަކުގެ ސަބަބުން ލިބޭ މާލީ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވެ، އާއިލާތަކަށް ހިތްހަމަޖެހުމާއި ރައްކާތެރިކަން ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕްލޭނެއް

ދިރާގުން ފޯރުކޮށްދޭ ސްމާޓްވިއު އިންޑޯ ކެމެރާއަކީ 1080ޕީ ފުލް އެޗްޑީ ކޮލިޓީގައި، ރޭގަނޑު ވެސް ސާފުކޮށް މަންޒަރު ފެންނަ ގޮތަށް ފަރުމާކޮށްފައިވާ ކެމެރާ އެކެވެ. މި ކެމެރާ 360 ޑިގްރީއަށް އަނބުރާލެވޭއިރު، އޭއައި މެދުވެރިކޮށް ހަރަކާތްތައް ދެނެގަނެ ވަގުތުން އެލާޓް ފޮނުވައިދިނުމުގެ ގާބިލުކަން ލިބިގެންވެ އެވެ.

މީގެ އިތުރުން، ދެކޮޅަށް ވާހަކަދެއްކޭ އޯޑިއޯ ނިޒާމެއް ހިމެނޭތީ، ކޮންމެ ތަނެއްގައި ހުރެގެން ވެސް ގޭގައި ތިބޭ އާއިލާގެ މެންބަރުންނާ ނުވަތަ ޒިޔާރަތްކުރާ މީހުންނާ ވާހަކަދައްކައި ކަންކަން ބަލާލެވޭނެ އެވެ.

މީގެ އިތުރުން:

  • ދިރާގު އެލީޓް ކްލަބްގެ މެންބަރުންނަށް އެލައިޑް ތަކަފުލްގެ ވަކި ހާއްސަ ޕްލޭންތަކަކުން %10އާ ހަމައަށް ޑިސްކައުންޓް ލިބޭނެ 

  • އޭގެ ތެރޭގައި މޯޓަ ކޮމްޕްރިހެންސިވް ޕްލޭން، ހޯމް ކޮންޓެންޓްސް ޕްލޭން، ހިޔާވަހި، އަދި ފެމިލީ ތަކަފުލް ޕްލޭން ހިމެނޭ 

  • އެލައިޑްގެ ކަސްޓަމާ ކެއާ ނުވަތަ ސޭލްސް ޗެނަލްތަކުން ހިދުމަތަށް އެދޭއިރު ދިރާގު އެލީޓް ކްލަބްގެ ޑިޖިޓަލް ކާޑު ދެއްކުމުން މި ޑިސްކައުންޓް ލިބޭނެ

ބުނީ ކީކޭ؟ - މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ އެސިސްޓަންޓް މެނޭޖަރު، ޕީއާރު އެންޑް ސްޕޮންސަޝިޕްސް، ނަޝާޔާ ނައީމް ވިދާޅުވި ގޮތުގައި، ދިރާގުން އަބަދު ވެސް މަސައްކަތް ކުރަމުންގެންދަނީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމުގެ އިތުރުން، މި ފަދަ ޕާޓްނަޝިޕްތައް މެދުވެރިކޮށް ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަން ގެނެސްދިނުމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ މި ޕްރޮމޯޝަންގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް އިތުބާރުހިފޭ ހައި-ސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމުގެ އިތުރުން ގޭތެރޭގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެހީތެރިވެދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދިނުން،" އޭނާ ވިދާޅުވި އެވެ.

އެލައިޑް ތަކަފުލްގެ މެނޭޖަރު ފާތިމަތު ނިޒްމާ ވިދާޅުވި ގޮތުގައި، ދިރާގާއި ގުޅިގެން ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ވެސް ފުރުސަތު ހުޅުވާލައިގެން، ބޭނުންތެރި އަދި ފަސޭހައިން ލިބޭނެ ރައްކާތެރިކަމުގެ ހައްލުތަކެއް ފޯރުކޮށްދިނުމުގެ މަގު ފަހި ކޮށްދިނުމަކީ އެލައިޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

"އިންޝުއަރެންސްގެ ދާއިރާގައި އެލައިޑްގެ ތަޖުރިބާ އަދި ހިދުމަތްތަކާއި ދިރާގުން މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ ފައިބަގެ ނިޒާމުގެ އެހީގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ އިތުރުން، ދިގު މުއްދަތަކަށް އެ ފަރާތްތަކުގެ ދިރިއުޅުން ވެސް އިތުރަށް ފުރިހަމަވެގެންދިއުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް،" އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް %100 ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދިން ފުރަތަމަ އަދި ހަމައެކަނި މުވާސަލާތީ ކުންފުނި ކަމަށްވާ ދިރާގުން އަންނަނީ މުޅި ރާއްޖެ ގުޅާލުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް