މި ޕްރޮމޯޝަނުން ހޮވޭ ކޮންމެ ނަސީބުވެރިއަކަށް 1,000 ޑޮލަރުގެ އަގުހުރި ރިސޯޓު ޗުއްޓީއެއް ލިބޭނެ.

ދިރާގު

ދިރާގު 'ބޮޑު އީދަށް ރިސޯޓަށް' ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި

މި ޕްރޮމޯޝަންގެ ދަށުން ޖުމްލަ 3 ނަސީބުވެރިއަކަށް މި ހާއްސަ އިނާމު ލިބޭނެ
14 މޭ 2026

ދިރާގުން ކުރިއަށްގެންދާ 'ބޮޑު އީދަށް ރިސޯޓަށް' ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ އިއުލާނުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއީ ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް ރިސޯޓު ޗުއްޓީއެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ.

ތަފްސީލް - މި ޕްރޮމޯޝަންގެ ދަށުން ދޭ ފުރަތަމަ 1000 ޑޮލަރުގެ ރިޒޯޓް ޗުއްޓީ ޕެކޭޖް ހާސިލުކޮށްފައިވާ ނަސީބުވެރިއަކީ ޔޭ ލިން ޓުޓް އެވެ.

ތަފްސީލް - މި ޕްރޮމޯޝަންގައި:

  • ބައިވެރިވުމުގެ ފުރުސަތު ދިރާގު ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައި 

  • 100ރ. އިން މަތީގެ އެޑް-އޮން ނުވަތަ ބޫސްޓަރެއް އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް ދިރާގު އެޕްގައިވާ 'ބޮޑު އީދަށް ރިސޯޓަށް'' ބެނާއަށް ފިއްތާލައިގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ

މި ޕްރޮމޯޝަންގެ ދަށުން ޖުމްލަ 3 ނަސީބުވެރިއަކަށް މި ހާއްސަ އިނާމު ލިބިގެންދާއިރު، ކޮންމެ ހަފްތާއަކު އެއް ނަސީބުވެރިއަކު ހޮވާނެ އެވެ. އެގޮތުން، މި މަހުގެ 23ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުން ހޮވޭ ކޮންމެ ނަސީބުވެރިއަކަށް 1,000 ޑޮލަރުގެ އަގުހުރި ރިސޯޓު ޗުއްޓީއެއް ލިބޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް