އެސްއެމްއީ ޑިޖިޓަލްގެ ބްރޭންޑް ކެމްޕެއިން 'އެސްއެމްއީ 360' އިފްތިތާހްކުރަނީ. (ފޮޓޯ/އެސްއެމްއީ ޑިޖިޓަލް)

އެސްއެމްއީ ޑިޖިޓަލްގެ ފައިނޭންސިންއާ ގުޅޭ ހާއްސަ ކެމްޕެއިން ފަށައިފި

މި ކެމްޕެއިންގެ ދަށުން އާއްމުން ޝައުގުވެރިވާ ގޮތަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި
13 މޭ 2026

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ތަރައްގީއަށް ފައިނޭންސިން ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާ ކުރާ އެސްއެމްއީ ޑިޖިޓަލްގެ ބްރޭންޑް ކެމްޕެއިން 'އެސްއެމްއީ 360' މިއަދު އިފްތިތާހްކޮށްފި އެވެ.

ވީ ކިހިނެއް؟ - އައްޑޫގައި ކުރިއަށް ގެންދާ އައްޑޫ ބިޒްނަސް ޑައިލޮގް ފޯރަމްގައި މި ކެމްޕެއިން އިފްތިތާހްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އެސްއެމްއީ 360 ކެމްޕެއިނަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވާ، އިތުރު ހަރުފަތަކަށް ގެންދިޔުމުގެ މަގްސަދުގައި އެސްއެމްއީ ޑިޖިޓަލް އިން ފޯރުކޮށްދޭ މާލީ ހައްލުތަކާއި އެސްއެމްއީ ޑިޖިޓަލްގެ އަދާ ކުރާ ދައުރަށް ހޭލުންތެރިކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ކެމްޕެއިނެކެވެ.

ތަފްސީލް - މި ކެމްޕެއިންގެ ދަށުން އާއްމުން ޝައުގުވެރިވާ ގޮތަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން:

  • ރާއްޖޭގެ އެކި އަތޮޅުތަކުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން، އެ ސަރަހައްދުތަކަށް ދަތުރުކޮށް ހާއްސަ މަސައްކަތު ބައްދަލުވުންތައް ބާއްވާނެ 

  • މި ވޯކްޝޮޕްތަކުގެ ޒަރީއާއިން ވިޔަފާރިވެރިންނަށް މުހިންމު މައުލޫމާތުތައް ފޯރުކޮށްދީ، ވިޔަފާރީގެ ދާއިރާއަށް އަހުލުވެރިކުރުވުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ

  • ކުދި ވިޔަފާރިތަކުގެ ތަޖުރިބާތައް ހިއްސާކުރުމަށް ހާއްސަ ޕޮޑްކާސްޓް ސިލްސިލާއެއް ކުރިއަށް ގެންދާނެ

އެސްއެމްއީ ޑިޖިޓަލްގެ ބްރޭންޑް ކެމްޕެއިން 'އެސްއެމްއީ 360' އިފްތިތާހްކުރަނީ. (ފޮޓޯ/އެސްއެމްއީ ޑިޖިޓަލް)

ބުނީ ކީކޭ؟ - އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ އެސްއެމްއީ 360 އަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެއްތާކުން ހުރިހާ ހިދުމަތެއް ދެވޭނެ ބްރޭންޑެއް ބިނާކުރުމަށް ގެންގުޅޭ ތަސައްވުރުގެ ރަމްޒެއް ކަމަށެވެ.

"މި ކެމްޕެއިން ރާއްޖޭގެ ވިޔަފާރީގެ މައި ހަބެއް ކަމުގައިވާ އައްޑޫގައި ތައާރަފް ކުރެވުން މިއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ފަހުރެއް. މިހާތަނަށް އެސްއެމްއީ ޑިޖިޓަލް އިން އައްޑޫގެ 134 ކުދި ވިޔަފާރިއަކަށް 144 މިލިއަނަށް ވުރެ ގިނަ އަދަދެއްގެ ފައިނޭންސިން ވަނީ ފޯރުކޮށްދީފައި،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ކެމްޕެއިންގެ ޒަރީޔާއިން، ކުދި ވިޔަފާރިތަކާއި އެސްއެމްއީ ޑިޖިޓަލްގެ ގުޅުން ބަދަހިވެ ވިޔަފާރީގެ ހުރިހާ މަރުހަލާއެއްގެ ބައިވެރިއަކަށްވުން."

ގުޅުން ހުރި - އިކޮނޮމިކް މިނިސްޓްރީ އަދި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)ން ގުޅިގެން އައްޑޫގައި މިހާރު ކުރިއަށް ގެންދާ ފޯރަމްގައި އެސްއެމްއީ ޑިޖިޓަލް އިން ވަނީ ބައިވެރިވެ، ކުދި ވިޔަފާރިތަކުގެ ކުރިއެރުމާއި ގުޅުންހުރި މުހިންމު މަޝްވަރާތަކުގައި ބައިވެރިވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް