އެމްއެމްއޭ ބިލްޑިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެމްއެމްއޭ

އެމްއެމްއޭގެ ވެބްސައިޓަށް ދިމާވި މައްސަލަ ހައްލުކޮށްފި

މި ވެބްސައިޓަކީ އެއްވެސް ފަރާތެއްގެ އަމިއްލަ ނުވަތަ ރައްކާތެރިކުރަންޖެހޭ ސިއްރު މައުލޫމާތުތައް ބަލަހައްޓާ ސައިޓަކަށް ނުވާތީ، އެފަދަ އެއްވެސް މައުލޫމާތަކަށް ގެއްލުމެއް ލިބިފައި ނުވާކަމުގެ ޔަގީންކަން އެމްއެމްއޭން ދިން
9 މޭ 2026

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ރަސްމީ ވެބްސައިޓަށް ދިމާވި ވަގުތީ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށް އެ ތަނުން މިއަދު ބުނެފި އެވެ.

ތަފްސީލް - ބަދަލުތަކެއް ގެނެސްފައިވަނީ، އެމްއެމްއޭން ބުނި ގޮތުގައި، ހަމައެކަނި ވެބްސައިޓްގެ މައި ސަފުހާ އަށެވެ.

މި ވެބްސައިޓަކީ އެއްވެސް ފަރާތެއްގެ އަމިއްލަ ނުވަތަ ރައްކާތެރިކުރަންޖެހޭ ސިއްރު މައުލޫމާތުތައް ބަލަހައްޓާ ސައިޓަކަށް ނުވާތީ، އެފަދަ އެއްވެސް މައުލޫމާތަކަށް ގެއްލުމެއް ލިބިފައި ނުވާކަމުގެ ޔަގީންކަން އެމްއެމްއޭން ދިނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް އިތުރަށް ދެނެގަތުމަށާއި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް، ހޯސްޓިން ހިދުމަތްދޭ ފަރާތާ ގުޅިގެން އެމްއެމްއޭން ކުރަމުން އަންނަ ކަމަށް ވެސް އެ ތަނުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް