އެމްއެމްއޭން މީގެ ކުރިން ބޭއްވި ފޯރަމެއްގެ ތެރެއިން. (ފޮޓޯ/އުރީދޫ)

އެމްއެމްއޭ

އެމްއެމްއޭގެ މާލީ އެކްސްޕޯ ޖުލައިގައި ބާއްވަނީ

މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެމްއެމްއޭން ފައިނޭންޝަލް އެކްސްޕޯ ކުރިއަށް ގެންދިޔަ އެވެ. އެގޮތުން، 2015 އަދި 2017ގެ މި އެކްސްޕޯތަކަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވޭ
5 މޭ 2026

ރާއްޖޭގެ މާލީ ދާއިރާއަށް ހާއްސަކޮށްގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަންނަ ޖުލައިގައި ބޭއްވުމަށް ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެމްއެމްއޭން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި އެކްސްޕޯ ކުރިއަށް ދާނީ 2-4 ޖުލައިއަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

ތަފްސީލް - މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަކީ މާލީ ކަންކަމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުމަށާއި މާލީ ހިދުމަތްދޭ ފަރާތްތަކާ އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ މައުލޫމާތު ލިބިގަތުމަށް މަގުފަހިކުރުމުގެ ގޮތުން އެމްއެމްއޭން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެމްއެމްއޭން ފައިނޭންޝަލް އެކްސްޕޯ ކުރިއަށް ގެންދިޔަ އެވެ. އެގޮތުން، 2015 އަދި 2017ގެ މި އެކްސްޕޯތަކަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.

މި އަހަރުގެ އެކްސްޕޯގައި މާލީ އިދާރާތަކުން އާ ހިދުމަތްތަކާއި ޕްރޮގްރާމުތައް ތައާރަފްކުރުމަށް ރާވާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް