ބީއެމްއެލް އާއި މާސްޓަކާޑްއާ ދެމެދު ވަނީ ވިޔަފާރީގެ ބޮޑު ގުޅުމެއް

ބީއެމްއެލް

ބީއެމްއެލް-އިމިގްރޭޝަންގެ އިންޓަގްރޭޝަނުން ޒާތީ މައުލޫމާތު ހިއްސާއެއް ނުކުރޭ، ބަލަނީ މުއާމަލާތް ސައްހަތޯ: ބީއެމްއެލް

ބީއެމްއެލްއިން ބުނީ އިމިގްރޭޝަނާ އެކު ގާއިމްކުރި ނިޒާމުން ބޭރަށް މީހަކު ދާއިރާއަށް އިމިގްރޭޝަނުން ބޭންކަށް އަންގަނީއެއް ނޫން ކަމަށާއި ކާޑުން ބޭރުގައި ޓްރާންސެކްޝަނެއް ހެދުމުން އޮޓަމެޓިކް ވެރިފިކޭޝަން ނިޒާމަކުން އެކަން ކަށަވަރުކުރަނީކަމަށް
4 މޭ 2026
4

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް އިމިގްރޭޝަނާއެކު އަލަށް ގާއިމުކުރި ޑިޖިޓަލް އިންޓަގްރޭޝަންގެ ތެރެއިން ކަސްޓަމަރުންގެ ޒާތީ މައުލޫމާތެއް ހިއްސާނުކޮށް، ހިނގަނީ ކާޑުންކުރާ މުއާމަލާތް ސައްހަތޯކަން ކަށަވަރުކުރުންކަމަށް ބީއެމްއެލްއިންނާއި މާލީ ދާއިރާގެ ބައެއް ފަރާތްތަކުން ބުނެފި އެވެ.

މިއީ ކިހިނެއް ހިނގާކަމެއް؟

އަލަށް ގާއިމްކުރި މި ނިޒާމާ ގުޅިގެން ކަންބޮޑުވުން އުފެދިފައިވާތީ ބީއެމްއެލްއާ މިއަދު ސުވާލުކުރުމުން އެ ބޭންކުން ބުނީ މި ނިޒާމަކީ އޮޓޮމޭޓް ކުރެވިފައިވާ، ކަސްޓަމަރުންގެ ސިއްރުތައް ހިމާޔަތްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ "އޮތޮރައިޒޭޝަން" މަރުހަލާއެއް ހިމެނޭ ނިޒާމެއް ކަމަށެވެ. އެހެންކަމުން މިއީ މުއާމަލާތެއް ކުރާއިރު ކާޑުގެ ސައްހަކަން ބަލައިލުމާ އެއްފަދަ ކަމެއް ކަމަށެވެ. 

މިކަމާ ގުޅޭ ގޮތުން ބޭންކުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، އެހެން އިދާރަތަކާ ހިލާފަށް ބޭންކް އޮފް މޯލްޑިވްސްއަށް ކަސްޓަމަރުންގެ ކާޑު ބޭނުންކުރުމުން ކަސްޓަމަރާ ގުޅޭ އެކިއެކި ޒާތީ މައުލޫމާތުތައް އަބަދުވެސް ލިބޭ ކަމަށެވެ. މިގޮތުން:

  • މުއާމަލާތެއް ހިނގާ ވަގުތި 

  • އެ މުއާމަލާތެއް ހިނގި ތަން 

  • ކަސްޓަމަރަކު ފައިސާ ހަރަދުކުރާ ގޮތް 

  • އާންމުކޮށް ވިޔަފާރިކުރާ ތަންތަނާއި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކާޑުތައް ބޭނުންކުރާ ގޮތް 

"އެހެން ނަމަވެސް ޒިންމާދާރު ބޭންކެއްގެ ހައިސިއްޔަތުން އެ މައުލޫމާތުތައް ރައްކާތެރިކުރުމަށް އަޅުގަނޑުމެން އެންމެ މަތީ ދަރަޖައިގެ ސަމާލުކަންދެން. ކަސްޓަމަރުންގެ ސިއްރުތައް ހިފެހެއްޓުމަކީ ބީއެމްއެލްގައި ހަމައެކަނި ކަނޑައެޅިފައިވާ އުސޫލެއްގެ އިތުރުން އެއީ އަޅުގަނޑުމެން އަދާކުރާ އެންމެ މުހިންމު ޒިންމާވެސްމެ." އޮފިޝަލް ވިދާޅުވި އެވެ.

ބޭންކިން އަދި ކާޑުގެ ހިދުމަތުގެ ތަޖުރިބާހުރި ފަންނީ ބޭފުޅަކު ވިދާޅުވީ، މިއީ އާންމު އުސޫލަކުން ބަލާއިރު ހުއްދަ ދިނުމުގެ ފަށަލައެއް ކަމަށެވެ. ނުވަތަ އިތުރު ސްޓެޕެކެވެ.

"މައުލޫމާތު ހިއްސާކުރުމުގެ އިންތިޒާމެއް ނޫން. ކާޑު މެޝިނެއްގައި ޕިން ޖެހުމުން، ސިސްޓަމުން ޕިން ހިއްސާއެއް ނުކުރޭ. އެ ސިސްޓަމުން ހަމައެކަނި ކަށަވަރުކޮށްދެނީ ޖެހި ޕިންއަކީ ސައްހަ ކޯޑެއްތޯ ނުވަތަ ނޫންތޯ،" އޭނާ ވިދާޅުވި އެވެ.

"ބޭންކުން އެ ގެނައި ބަދަލުގައި ވެސް ކުރާ ސުވާލަކީ އެ މީހާ ހުރީ ރާއްޖޭން ބޭރުގައިތޯ؟ ބޭރުގައި ނަމަ އެ މުއާމަލާތް ފުރިހަމަވާނެ. ހަމަ ރަނގަޅު ޕިން ޖަހައިގެން މުއާމަލާތް ފުރިހަމަވާ ގޮތަށް. ބޭރަށް މީހަކު ދާއިރާއަށް އިމިގްރޭޝަނުން ބޭންކަށް އަންގަނީއެއް ނޫން."

ބޭންކުގެ އިސް އޮފިޝަލު އިތުރަށް ވިދާޅުވީ، "މި އިންޓަގްރޭޝަންއިން ޒާތީ އެއްވެސް މައުލޫމާތެއް ބަދަލެއް ނުކުރެވޭ، ރައްކާކުރެވިފައެއް ނުވޭ، އަދި ހާމައެއްވެސް ނުކުރެވޭ. މިއީ ފަރުމާކުރުމުގައި ވެސް ސިއްރުތައް ހިފެހެއްޓުމަށް އިސްކަންދީފައިވާ ނިޒާމެއް." ކަމަށެވެ.

މި ފިޔަވަޅަކީ ކާޑު ވަގަށް ނެގުމަށްފަހު ނުވަތަ ކްލޯން ކުރުމަށް ފަހު، އަސްލު ކާޑުގެ ވެރިފަރާތް ރާއްޖޭގައި ހުއްޓައި ރާއްޖޭން ބޭރުގައި ކާޑު ބޭނުންކޮށްގެން ހިންގާ އޮޅުވާލުމުގެ މުއާމަލާތްތައް ހުއްޓުވުމަށް ބޭންކުން އެޅި ހަރުދަނާ ފިޔަވަޅެއް ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ. އަދި ބުނީ އީ-ކޮމާސް މުއާމަލާތްތަކަކީ ކާޑުގެ ވެރިފަރާތް ހާޒިރުވެ ހުރުމުގެ ބަދަލުގައި ކާޑުގެ މައުލޫމާތަށް ބިނާވާ ކަމަކަށްވާތީ، އެފަދަ މުއާމަލާތްތައް މިކަމުން ވަނީ އިސްތިސްނާކޮށްފައި ކަމަށެވެ.

މުއާމަލާތަކަށް ހުއްދަ ދިނުމުގެ މަރުހަލާގައި، ބީއެމްއެލްގެ ސިސްޓަމްތަކުން މިހާރުވެސް:

• ކާޑުގެ ސައްހަކަމާއި، މުއްދަތު ހަމަވާ ތާރީހާއި، އެކައުންޓުގައި ފައިސާ ހުރިތޯ ބަލާ

• ބީއެމްއެލްއިން ބުނީ އިމިގްރޭޝަންގެ ސްޓޭޓަސް ޗެކް މިހާރު ކުރިއަށްދާނީ ބެކްގްރައުންޑްގައި އޮޓޮމެޓިކުން، ވަގުތުން

• މިއީ ހަމައެކަނި ރާއްޖޭން ބޭރުގައި ކުރާ ކާޑް ޕްރެޒެންޓް ނުވަތަ ސީދާ ކާޑުގެ ވެރިފަރާތް ހާޒިރުވެ ހުރެ ކުރާ މުއާމަލާތްތަކަށް އެކަނި

ބީއެމްއެލްގެ ކާޑުގެ އާންމު އުސޫލުތަކާއި ޝަރުތުތަކުގައިވާ ގޮތުން، ކޮންމެހެން ކަށަވަރުކުރަންޖެހޭ މައުލޫމާތު އެކި މަސްދަރުތަކުން ހޯދުމުގެ އިހުތިޔާރު ބޭންކަށް އަބަދުވެސް އޮވެ އެވެ. އަދި އަލަށް ގާއިމްކުރި އިންތިޒާމަކީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ، އެންކްރިޕްޓް ކުރެވިފައިވާ އޮނިގަނޑެއްގެ ތެރެއިން އެ ހުއްދައިގެ ބޭނުން ހިފުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.

"މި ގުޅުމަކީ ބައިނަލްއަގުވާމީ ޕޭމަންޓް ސިސްޓަމްތަކުގެ އިތުބާރު ދެމެހެއްޓުމަށް ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ކާޑު ނެޓްވޯކް މިންގަނޑުތަކަށް ފެތޭ، އަދި އާންމު ބޭންކިން އޮނިގަނޑަކުން އެކަނި ފޯރުކޮށްނުދެވޭނެ ފަދަ ހާއްސަ ރައްކާތެރިކަމެއް އިތުރުކޮށްދޭ ކަމެކެވެ،" ބީއެމްއެލްގެ އޮފިޝަލް ވިދާޅުވި އެވެ.

މާލީ ކުށްތަކާ ބެހޭ މާހިރުން ފާހަގަކުރެއްވި ގޮތުގައި މި ނިޒާމުގެ ސަބަބުން މަކަރާއި ހީލަތް ހުއްޓުވުމާއި ކަސްޓަމަރުންގެ ސިއްރުތައް ހިފެހެއްޓުމަށް އޮތް ކަންބޮޑުވުންތަކަށް ވެސް ހައްލު ލިބިދާނެ ކަމަށް ބުނެވިދާނެ އެވެ.

ކޮމެންޓް (4)

އަކުރަމް

5 މޭ 2026
މަ މިހާރު ކާޑުން ކުރާ ހުރިހާ ކަމެއް ބޭންކަށް އެނގޭ. ދެން އިތުރަށް އެނގޭނެ ކަމެއް ނެތް
0 0

މަރީ

5 މޭ 2026
އޯކޭ. ގެޓްވެއްޖެ. މަ ކާޑު ބޭނުންކުރާއިރު ދޯ އެކަން ކުރާނީ. ކާޑު ބޭނުން ނުކުރަންޏާ ނޭގެނެއެއްނުން.
0 0

ޯރޯނުއެދުރު

5 މޭ 2026
މަށަކަށް ނުފެނޭ މީގަ ގޯހެއް ޑޮލަރުގެ އަގު މައްޗެއް އަގު ބޮޑޭ ކިޔާ މީހުންނޭ ހަމަ އަގު ބޮޑުކޮށް ޑޮލަރު ވިއްކަނީވެސް. ކަންކަންން ވަކި ވަރަޖަށްވުރެ މައްޗަށް ދިޔާމަ މަތަވެސް ކުރާނެ
1 0

އާންމު މީހާ

5 މޭ 2026
އެހެންވީމަ ބެންކަށް އާންމު މީހެއްގެ އެއްވެސް މައުލޫމާތެއް ނުލިބެއެއްނުން. ދެން މީހުންތައް ކީކޭ މިކިޔަނީ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް