މުހައްމަދު ޒީހާން އަބްދުﷲއާ އިނާމު ހަވާލުކުރަނީ. (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގުގެ 'ކާށްޓެއް ބިނދެގެން ޗައިނާއަށް' ޕްރޮމޯޝަންގެ އިނާމު ޒީހާންއަށް

ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައި އިއުލާނުކޮށްފައިވަނީ މި މަހުގެ 8ގައި ދިރާގުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ގެނެސްދިން ޕްރޮގްރާމެއްގައި
23 އޭޕްރީލު 2026

ދިރާގުން މިދިޔަ ރޯދަމަހު ކުރިއަށް ގެންދިޔަ 'ކާށްޓެއް ބިނދެގެން ޗައިނާއަށް' ދެވޭ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް އިއުލާންކޮށްފި އެވެ.

ވީ ކިހނެއް؟ - މިއީ ރޯދަމަހު ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާއަކާ އެކު އަގުހުރި އިނާމުތައް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދިޔަ ޑިޖިޓަލް އެންގޭޖްމެންޓް ޕްރޮމޯޝަނެކެވެ.

ތަފްސީލް - ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައި އިއުލާނުކޮށްފައިވަނީ މި މަހުގެ 8ގައި ދިރާގުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ގެނެސްދިން ޕްރޮގްރާމެއްގަ އެވެ. މި ގުރުއަތުން ހޮވުނީ މުހައްމަދު ޒީހާން އަބްދުﷲ އެވެ.

މި ޕްރޮމޯޝަންގައި:

  • ދިރާގު އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ކާށްޓެެއް ބިނދެގެން ކަސްޓަމަރުންނަށް ދުވާލަކު 2 ޖީބީގެ ހިލޭ ޑޭޓާދިން 

  • މީގެ އިތުރުން، މުޅި ރޯދަމަހުގެ ކޮންމެ ދުވަހަކު މި ހަރަކާތުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތުން ހޮވުނު ނަސީބުވެރިޔާއަށް ޗައިނާއަށް ދެ މީހުންގެ ޗުއްޓީ ދަތުރެއް ލިބުނު

  • ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ ބޮޑު އިނާމަށް ޝަރުތު ހަމަވުމަށްޓަކައި، ކޮންމެ ދުވަހަކު ކާށި ފަޅައި ވިދިވިދިގެން 30 ދުވަހު މި ހަރަކާތުގައި ބައިވެރިވާން ޖެހޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް