މިދިޔަ އަހަރުގެ ބިލްޑް އެކްސްޕޯގައި ހުރި އެލިއާގެ ސްޓޯލް. (ފޮޓޯ/އެލިއާ)

އެލިއާ

ބިލްޑް އެކްސްޕޯގައި އެލިއާއިން އިތުބާރުހުރި އުފެއްދުންތައް ދައްކާލަނީ

ބިލްޑް އެކްސްޕޯ 2026 ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ރޭގަނޑު 10އަށް
16 އޭޕްރީލު 2026

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ފެށި ބިލްޑް އެކްސްޕޯ 2026ގައި، ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި އިތުބާރު ހޯދާފައިވާ އެލިއާ ސްޓޯރާއި އެލިއާ ސޯމިލްގެ އުފެއްދުންތައް ދައްކާލަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި އެކްސްޕޯއަކީ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެ ދާއިރާއަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭ ފަރާތްތައް އެއްފުރާޅެއްގެ ދަށުން ބައްދަލުވާ މުހިންމު ޕްލެޓްފޯމެކެވެ.

ބިލްޑް އެކްސްޕޯ 2026 ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ރޭގަނޑު 10 އަށެވެ.

ތަފްސީލް - މި އެކްސްޕޯގައި އެލިއާގެ ފަރާތުން އެންމެ ހާއްސަ ސަމާލުކަމެއް ދީފައިވަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ 'ޓޯޓަލް ޓޫލްސް' އަށެވެ. ރާއްޖޭގައި ޓޯޓަލް ޓޫލްސްގެ އޮތޮރައިޒްޑް ޑީލަރުގެ ގޮތުގައި އެލިއާ ހަރަކާތްތެރިވާން ފެށި ފަހުން، އެ ބްރޭންޑުގެ އުފެއްދުންތަކަކީ އަގުހެޔޮ، އިތުބާރުހުރި އަދި ދިގު މުއްދަތަކަށް ބޭނުންކުރެވޭ ފެންވަރު ރަނގަޅު ސާމާނުތަކެއްގެ ގޮތުގައި އާންމުންގެ ބޮޑު މަގުބޫލުކަމެއް ވަނީ ހޯދާފަ އެވެ.

މީގެ އިތުރުން، އެލިއާ ސޯމިލްގެ ފަރާތުން މަތީ ފެންވަރުގެ ލަކުޑީގެ ބާވަތްތައް ވެސް މި އެކްސްޕޯގައި ދައްކާލަ އެވެ. މިއީ ބޮޑެތި މަޝްރޫއުތަކަށާއި އިމާރާތްކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ، ދިގު މުއްދަތަކަށް ބޭނުންކުރެވޭ، ފެންވަރު ރަނގަޅު ލަކުޑި އެއްތަނަކުން ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

ފާހަގަކޮށްލެވޭ - ލަކުޑި އާއި ހާޑްވެއާގެ ވިޔަފާރިން މަސައްކަތް ފެށި އެލިއާއަކީ ވޭތުވެދިޔަ 60 އަހަރަށް ވުރެ ގިނަ ދުވަހު ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ސާމާނާއި ޕަވަ ޓޫލްސް އަދި ލަކުޑީގެ ބާވަތްތައް ފޯރުކޮށްދިނުމުގައި ނަމޫނާ ދައްކަމުން އަންނަ ކުންފުންޏެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް