ދިރާގުން މިދިޔަ ރޯދަ މަހު އާންމުންނަށް އެހީތެރިވުމަށް ހިންގި ހަރަކާތްތަކުގެ ތެރެއިން. (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގުން މިދިޔަ ރޯދަ މަހު 213،998ރ.ގެ އެހީ ހަދިޔާކޮށްފި

މީގެ ތެރޭގައި ދިރާގުން ހަދިޔާކުރި 180،000ރ.ގެ އިތުރުން ރޯދަ މަހު ދިރާގުޕޭ މެދުވެރިކޮށް އާންމުންގެ ފަރާތްތަކުން ލިބިފައިވާ އެހީ ހިމެނޭ
12 އޭޕްރީލު 2026

ދިރާގުން މިދިޔަ ރޯދަ މަހު ދިރާގުޕޭ މެދުވެރިކޮށް 'ޑޮނޭޓް އަ މީލް' އަދި 'ޑޮނޭޓް ޓު އަ ފެމިލީ' ޕްރޮގްރާމްގެ ދަށުން 213،998ރ.ގެ އެހީ ހަދިޔާކޮށްފި އެވެ.

ވީ ކިހިނެއް؟ - މީގެ ތެރޭގައި ދިރާގުން ހަދިޔާކުރި 180،000ރ.ގެ އިތުރުން ރޯދަ މަހު ދިރާގުޕޭ މެދުވެރިކޮށް އާންމުންގެ ފަރާތްތަކުން ލިބިފައިވާ އެހީ ހިމެނެ އެވެ.

ތަފްސީލް - ދިރާގުން ވަނީ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްއާ ގުޅިގެން 'ޑޮނޭޓް އަ މީލް' ޕްރޮގްރާމް މެދުވެރިކޮށް ބިދޭސީ މަސައްކަތްތެރިންނަށް މީލް ޕެކް ބަހައިފަ އެވެ. އެގޮތުން:

  • މި ހަރަކާތް ފެށުމުގެ ގޮތުން ދިރާގުން ވަނީ 1,000 މީލް ޕެކް ހަދިޔާކޮށްފައި 

  • ކަސްޓަމަރުން ވަނީ ދިރާގުޕޭ މެދުވެރިކޮށް މި ހަރަކާތަށް އިތުރު އެހީތެރިކަން ފޯރުކޮށްދީފައި 

  • މާލެ ސަރަހައްދުގައި ހިމެނޭ މިސްކިތްތައް ކައިރީގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ދިރާގުގެ މުވައްޒަފުން ވެސް ވަނީ އަމަލީ ގޮތުން ބައިވެރިވެ މީލް ޕެކްތައް ބަހާފައި

ދިރާގުން މިދިޔަ ރޯދަ މަހު އާންމުންނަށް އެހީތެރިވުމަށް ހިންގި ހަރަކާތްތަކުގެ ތެރެއިން. (ފޮޓޯ/ދިރާގު)
ދިރާގުން މިދިޔަ ރޯދަ މަހު އާންމުންނަށް އެހީތެރިވުމަށް ހިންގި ހަރަކާތްތަކުގެ ތެރެއިން. (ފޮޓޯ/ދިރާގު)

'މަމްސް އެއިޑް'އާ ގުޅިގެން ދިރާގުން ވަނީ ދިރާގުޕޭ މެދުވެރިކޮށް 'ރަމަލޯން އެއިޑް' ޕްރޮގްރާމްގެ 'ޑޮނޭޓް ޓު އަ ފެމިލީ' ހަރަކާތުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަމަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީވުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދީފަ އެވެ. އެގޮތުން:

  • ދިރާގުގެ ފަރާތުން މި ހަރަކާތަށް އެހީތެރިވުމުގެ ގޮތުން 100 އާއިލާއަކަށް ކާބޯތަކެތީގެ ޒަރޫރީ ސާމާނު ހިމެނޭ 'ކެއަ ބާސްކެޓް' ފޯރުކޮށްދީފައިވޭ 

  • އާންމުންގެ ފަރާތުން ވެސް ދިރާގުޕޭ މެދުވެރިކޮށް އިތުރު އެހީތެރިކަން ވަނީ ލިބިފައި 

  • މި ހަރަކާތް މެދުވެރިކޮށް އެހީތެރިކަން ފޮރުކޮށްދިނުމުގައި އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ އާއިލާތަކަށް އެހީތެރިކަން ފޯރުކޯށްދިނުމަށް ވަނީ ހާއްސަ އިސްކަމެއް ދީފައި

ދިރާގުން މިދިޔަ ރޯދަ މަހު އާންމުންނަށް އެހީތެރިވުމަށް ހިންގި ހަރަކާތްތަކުގެ ތެރެއިން. (ފޮޓޯ/ދިރާގު)

ފާހަަގަކޮށްލެވޭ - ދިރާގުން އަންނަނީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި ހަރަކާތްތަކަށް އެއްބާރުލުންދީ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް