ގެދޮރު ގަންނަ ފަރާތްތަކަށް ބޭނުންވާ އިކުއިޓީ ވެސް ބީއެމްއެލް އިން މިދިޔަ އަހަރު ވަނީ %5އަށް ކުޑަކޮށްފައި. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ގެ ހަދަން ދޫކުރާ ބީއެމްއެލްގެ ލޯނަށް އަތުން ދައްކަންޖެހޭ ވަރު %5އަށް ކުޑަކޮށްފި

މިއީ ކުރިން އަމިއްލައަށް ހަރަދުކުރަންޖެހޭ ގޮތަށް އޮތް %20އާ އަޅާބަލާއިރު ގެދޮރު އިމާރާތް ކުރަން ބޭނުންވާ މީހުންނަށް ލިބޭ ވަރަށް ބޮޑު ލުޔެއް
8 އޭޕްރީލު 2026
1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ ދަށުން، 3 މިލިއަން ރުފިޔާއާ ހަމައަށް ހިންގާ މަޝްރޫއުތަކަށް ބޭނުންވާ އިކުއިޓީ ނުވަތަ އަމިއްލައަށް ކުރަންޖެހޭ ހަރަދުގެ ނިސްބަތް %5އަށް ކުޑަކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއީ ކުރިން އަމިއްލައަށް ހަރަދުކުރަންޖެހޭ ގޮތަށް އޮތް %20އާ އަޅާބަލާއިރު ގެދޮރު އިމާރާތް ކުރަން ބޭނުންވާ މީހުންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ.

ތަފްސީލް - މި ބަދަލުގެ ގެނައުމުގެ މައިގަނޑު މަގުސަދަކީ، ބީއެމްއެލް އިން ބުނި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފައިނޭންސިން ފަސޭހަކަމާ އެކު ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި:

  • 3 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ހައުސިން މަޝްރޫއުތަކަށް ލޯނު ނުވަތަ ފައިނޭންސިން ދޫކުރާނީ ކުރިއެކޭ އެއްގޮތަށް މަދުވެގެން %20 އިކުއިޓީއާ އެކު 

  • ބީއެމްއެލް އިން %9ގެ ރޭޓާ އެކު ދޫކުރާ ފައިނޭންސިންއާ އެކު އެ ބޭންކަކީ މިހާރު ވެސް ގެދޮރުު އިމާރާތް ކުރުމަށް ރާއްޖޭގައި އެންމެ ކުޑަ ރޭޓެއްގައި ފައިނޭންސިން ފޯރުކޮށްދޭ ބޭންކު

  • ގެދޮރު ގަންނަ ފަރާތްތަކަށް ބޭނުންވާ އިކުއިޓީ ވެސް އެ ބޭންކުން މިދިޔަ އަހަރު ވަނީ %5އަށް ކުޑަކޮށްފައި

ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ގައުމީ ބޭންކުގެ ހައިސިއްޔަތުން، ދިވެހި އާއިލާތަކަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމުގައި އިސްދައުރެއް އަދާކުރުމަކީ އެ ބޭންކުން އިސްކަންދޭ ކަމެއް ކަމަށެވެ."އިކުއިޓީ %5އަށް ކުޑަކުރުމާ އެކު، ގެދޮރު އިމާރާތްކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ހުރަސް ނައްތާލެވި، ގިނަ ދިވެހިންނަށް އަމިއްލަ ގެދޮރު އިމާރަތްކުރުމަށް ފުރުސަތު ފަހިވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް 2 މިލިއަން ރުފިޔާގެ މަޝްރޫއަކަށް ކުރިން އިކުއިޓީގެ ގޮތުގައި 400,000ރ. ބޭނުންވީ ނަމަވެސް، މިހާރު އެންމެ 100,000ރ.އާ އެކު ފައިނޭންސް ލިބޭނެ. މިއީ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް."

ކޮމެންޓް (1)

ސިކުނޑި

9 އޭޕްރީލު 2026
މިއީ ބޮޑު ސްކޭމެއް! އިކުއިޓީ ކުޑަކޮށްފައި އިންޓެރެސްޓެއް ނުބުނާތީ މިހެން މިބުނީ! އާޚިރުގައި ނިމޭއިރު 2 މިލިއަން ރުފިޔާގެ ލޯނަކަށް ދަންޖޭ 3 މިލިއަން ރުފިޔާ! ކުރީގެ ހައުސިން މިނިސްޓަރުވަނީ ވެށިފަހި ބީ ކެޓެގަރީގެ ފްލެޓްތަކުގެ ވެރިންނަށް އެ ލަގާ ދީފައި!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް