މާދަމާގެ ނިޔަލަށް ދިރާގުއެޕް މެދުވެރިކޮށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ.
ދިރާގު ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ފޮނުވައިގެން އަދިވެސް އިނާމު ހޯދޭނެ
ދިރާގުން ފިތުރު އީދަށް ހާއްސަކޮށްގެން ތައާރަފްކުރި ޕްރޮމޯޝަން މެދުވެރިކޮށް ކަސްޓަމަރުންގެ ހާއްސަ ފަރާތްތަކަށް އީދު ހަދިޔާގެ ގޮތުގައި ހިލޭ ޑޭޓާ ފޮނުވައިގެން އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް ދިރާގުން ބުނެފި އެވެ.
ވީ ކިހިނެއް؟ - މި ޕްރޮމޯޝަނަކީ ދިރާގުގެ ކަސްޓަމަރުންނަށް މިދިޔަ ރޯދަ މަހު ކުރިއަށް ގެންދިޔަ މަގުބޫލު 'ކާށި ބިނުން' ޕްރޮމޯޝަނަށް ލިބުނު ތަރުހީބަށް ފަހު، އެ ޕްރޮމޯޝަންގެ އިތުރު ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ. އެގޮތުން:
-
ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ އާއިލާ ނުވަތަ ރައްޓެހިންގެ ތެރެއިން 5 މީހަކަށް ހިލޭ ޑޭޓާ ހަދިޔާކުރުމަށް ފަހު ކާށި ބިނދެގެން އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ލިބޭނެ
-
މާދަމާގެ ނިޔަލަށް ދިރާގުއެޕް މެދުވެރިކޮށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ
ތަފްސީލް - ހަދިޔާ ފޮނުވައިގެން ބިންނަ ކޮންމެ ކާށްޓަކަށް، ހަދިޔާ ފޮނުވާ ކަސްޓަމަރަށާއި ހަދިޔާ ލިބޭ ކަސްޓަމަރަށް ވެސް 5 ރަން ޓިކެޓު ލިބޭނެ އެވެ.
މި ރަން ޓިކެޓުތަކުގެ އެހީގައި އަގުހުރި އިނާމުތައް ހޯދުމުގެ ގުރުއަތުގައި ބައިވެރިވެ، އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު އިތުރުކުރެވޭނެ އެވެ. އަދި 5 ކާށި ބިނދެގެން ރަން ކާށްޓެއް ބިނދެ، 50 ޓިކެޓް ހާސިލުކުރެވޭނެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން ކަނޑައަޅައިފައިވާ ހާއްސަ އިނާމުތަކަކީ:
-
އެޕަލް މެކްބުކް ނިއޯ
-
ނެސްޕްރެސޯ ސިޓިޒް ކޮފީ މެޝިނެއް، ކޮފީ ޕޮޑްސްއާ އެކު
-
ސޮނީ ޒީވީ-އީ10 ޑީއެސްއެލްއާރް ކެމެރާ
-
އެމެޒޯން އެލެކްސާ އެކޯ ޑޮޓް (ފިފްތު ޖެން)
-
އެޕަލް އެއަރޕޮޑް މެކްސް
-
ޓީޓީ ރޭސިން އެއާ ފްލެކްސް ގޮނޑި
-
ޓީޓީ ރޭސިން ސްމާޓް ޑެސްކް
މި ޕްރޮމޯޝަންގެ ދަށުން ހަދިޔާއެއްގެ ގޮތުގައި ހިލޭ ޑޭޓާ ލިބޭ ޕްރިޕެއިޑް ކަސްޓަމަރުންނަށް އެއް އަހަރުދުވަހުގެ މުއްދަތަށް، ކޮންމެ މަހަކަށް 1ޖީބީ ޑޭޓާ މުޅިން ހިލޭ ލިބި، ކޮންމެ މަހަކު ލިބޭ ޑޭޓާ 5 ދުވަހުގެ މުއްދަތައް ބޭނުންކުރެވޭނެ އެވެ.
މީގެ އިތުރުން، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހަދިޔާއެއްގެ ގޮތުގައި ބޯނަސް ޑޭޓާ ލިބޭނެ އެވެ. މި ޑޭޓާ 24 ގަޑިއިރަށް ބޭނުންކުރެވޭނެ އެވެ.