މި ހިދުމަތް މިހާރު ވަނީ ބ. ޔުނެސްކޯ ބަޔޮސްފިއާ ރިޒާވްގައި ހިމެނޭ ކަމަދޫގައި ހުންނަ ހޯކްސްގެ ހޮޓާތަކުގައި ތައާރަފުކޮށްފައި.

ދަ ހޯކްސް

ހޯކްސްގެ ހޮޓާތަކުގައި ރަޝިއާގެ ފައިސާ ބޭނުންކުރެވޭ ގޮތް ހަދައިފި

މި ޕްލެޓްފޯމުން ފައިސާ ދެއްކުމުގެ ކުރިން ޖުމްލަ އަދަދާއި އެކްސްޗޭންޖް ރޭޓް އަދި ރޫބަލް އިން ދައްކަންޖެހޭ އަދަދު ސާފުކޮށް ފެންނަން ހުންނާނެ
16 މާރިޗު 2026

ހޯކްސް ހޮޓެލްސް އިން ކްލިކް ޕޭއާ އެކު އާ ޕާޓްނާޝިޕެއް ގާއިމުކޮށް، ރަޝިއާގެ ބޭންކް ކާޑުތައް ބޭނުންކޮށްގެން ރަޝިއަން ރޫބަލް އިން ހޮޓަލުގެ ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ފަސޭހަ އިންތިޒާމެއް ތައާރަފުކޮށްފި އެވެ.

ވީ ކިހިނެއް؟ - މި އެއްބަސްވުމުގެ ދަށުން، ހޯކްސްގެ ހޮޓަލެއްގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނަށް ހޮޓަލުގެ ހިދުމަތްތަކާއި އެކްސްކާޝަންތަކާއި ސްޕާ އަދި ކެއިންބުއިމުގެ ހިދުމަތްތަކުގެ އިތުރުން އެހެނިހެން ހަރަކާތްތަކަށް ސީދާ ރޫބަލް އިން ފައިސާ ދެއްކޭނެ އެވެ.

ތަފްސީލް - މި ހިދުމަތް މިހާރު ވަނީ ބ. ޔުނެސްކޯ ބަޔޮސްފިއާ ރިޒާވްގައި ހިމެނޭ ކަމަދޫގައި ހުންނަ ހޯކްސްގެ ހޮޓާތަކުގައި ތައާރަފުކޮށްފަ އެވެ.

މި ހިދުމަތުގެ ދަށުން:

  • ފަތުރުވެރިންނަށް ހޮޓަލުގެ ރިސެޕްޝަނުން ކްލިކް ޕޭ ޕޭމަންޓް ލިންކަކަށް އެދުމުން، ދޫކުރާ ކިއުއާރު ކޯޑު ސްކޭންކޮށްލުމަށް ފަހު ރަޝިއާ ބޭންކް ކާޑުން ފައިސާ ދެއްކޭނެ

  • މި ޕްލެޓްފޯމުން ފައިސާ ދެއްކުމުގެ ކުރިން ޖުމްލަ އަދަދާއި އެކްސްޗޭންޖް ރޭޓް އަދި ރޫބަލް އިން ދައްކަންޖެހޭ އަދަދު ސާފުކޮށް ފެންނަން ހުންނާނެ

ބުނީ ކީކޭ؟ - "ހޯކްސް ހޮޓެލްސްގައި އަޅުގަނޑުމެން އަބަދު ވެސް މަސައްކަތް ކުރަނީ ފަތުރުވެރިންނަށް ދަތުރުފަތުރުގެ ކަންކަން ވީހާ ވެސް ލުއިފަސޭހަ ކޮށްދިނުމަށް. ކްލިކް ޕޭއާ އެކު މި ފެށި މަސައްކަތުގެ ސަބަބުން ރަޝިއާގެ ބޭންކް ކާޑު ބޭނުންކުރާ ފަރާތްތަކަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ. މިއީ ހިދުމަތްތައް ހޯދުމުގައި ހުރި ހުރަސްތައް ނައްތާލައި ފަތުރުވެރިންގެ ތަޖުރިބާ މުއްސަނދިކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ބައެއް،" ހޯކްސް ހޮޓެލްސްގެ ހެޑް އޮފް ކޮމާޝަލް ޑިވެލޮޕްމަންޓް ފަތުހުﷲ ނަސީރު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް