ދިރާގު 3X3 ޗެލެންޖުގައި ބައިވެރިވި ކުޅުންތެރިން. (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގު ޗެލެންޖު: ރާއްޖޭގައި ބޭއްވި އެންމެ ބޮޑު 3X3 ބާސްކެޓް މުބާރާތް ނިންމާލައިފި

މި މުބާރާތުގައި ޖުމްލަ 448 ކުޅުންތެރިން ވަނީ 112 ޓީމަކުން ބައިވެރިވި
10 މާރިޗު 2026

ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު 3X3 ބާސްކެޓް މުބާރާތް ކަމަށްވާ ދިރާގު 3X3 ޗެލެންޖް ފޯރިއާ އެކު ނިންމާލައިފި އެވެ.

ވީ ކިހިނެއް؟ - މި މުބާރާތް އޮތީ މި މަހުގެ 1 އިން 7އަށް ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯ ކޯޓުގަ އެވެ.

ޓައިޓަންސް ބާސްކެޓްބޯލް އެކެޑެމީ އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ މަގުސަދަކީ، ބާސްކެޓްބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް، އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި ހުނަރުތައް ތަރައްގީކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުމެވެ.

ތަފްސީލް - މި މުބާރާތަށް މި އަހަރު ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ. މި ގޮތުން، މި މުބާރާތުގައި ޖުމްލަ 448 ކުޅުންތެރިން ވަނީ 112 ޓީމަކުން ބައިވެރިވެފަ އެވެ.

މި މުބާރާތުގައި އެކި އުމުރުފުރާތަކުން ޗެމްޕިއަންކަން ހޯދައިފައިވާ ޓީމުތަކަކީ:

އަންހެން ކުދިންގެ ޑިވިޝަން

  • 8 އަހަރުން ދަށް: ސްވިޝް

  • 10 އަހަރުން ދަށް: ބްލޫ ޕެންތާސް

  • 12 އަހަރުން ދަށް: ވޮރިއާސް

  • 14 އަހަރުން ދަށް: ދި ލޭކާސް

  • 16 އަހަރުން ދަށް: ބީބީ އެންޑް ފްރެންޑްސް

  • 18 އަހަރުން ދަށް: ބީބީ އެންޑް ފްރެންޑްސް

ފިރިހެން ކުދިންގެ ޑިވިޝަން

  • 8 އަހަރުން ދަށް: ސުޕަ ސްޓްރައިކާސް

  • 10 އަހަރުން ދަށް: ހޮޓްވީލާސް

  • 12 އަހަރުން ދަށް: ސިލްވާ ބްލޭޒާ

  • 14 އަހަރުން ދަށް: އާޗާސް ބީސީ

  • 16 އަހަރުން ދަށް: މަލްބެރީ ސްޓްރީޓް

  • 18 އަހަރުން ދަށް: ލޭޒާ

އަންހެން ޑިވިޝަން

  • އަންހެން އޯޕަން: ސެސަމޭ

  • ޕޭރަންޓްސް: އަންރޭންކްޑް

ފިރިހެން ޑިވިޝަން

  • ފިރިހެން ޑިވިޝަން 1: ކްލަބް ވަލްޗާސް

  • ފިރިހެން ޑިވިޝަން 2: ލައްޓި

  • ޕޭރަންޓްސް: ބޯލް ބަޑީސް

ފާހަގަކޮށްލެވޭ - ދިރާގަކީ ރާއްޖޭގައި ބާސްކެޓްބޯޅަ ފަދަ މަގްބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް