މީރާގެ ކައުންޓަރަކުން ހިދުމަތް ހޯދާ މީހެއް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
މީރާއަށް ފެބްރުއަރީގައި 2.8 ބިލިއަން ރުފިޔާ ބަލައިގެންފި
ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް މިދިޔަ ފެބްރުއަރީގައި 2.8 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.
ވީ ކިހިނެއް؟ - މިއީ މީރާއިން ފެބްރުއަރީގައި ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށް ވުރެ %11.6 ދަށް އަދަދެކެވެ.
ތަފްސީލު - ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށް ވުރެ ދަށް އާމްދަނީއެއް ލިބުނީ، މީރާއިން ފާހަގަކުރި ގޮތުގައި:
-
ޖީއެސްޓީ، އެއާޕޯޓް ޓެކްސްތަކާއި ފީތައް އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ ދަށްވުން
-
ޓެކްސްގެ ސުންގަޑިތައް ރަސްމީ ބަންދަކާ ދިމާވެ، ސުންގަޑި މި މަހަށް އިތުރުކޮށްދިނުން
މީރާގެ އާމްދަނީ ތަފާސްހިސާބު:
-
ޖީއެސްޓީ - 1.4 ބިލިއަން ރުފިޔާ (%52.3)
-
އިންކަމް ޓެކްސް - 599 މިލިއަން ރުފިޔާ (%21.4)
-
ގްރީން ޓެކްސް - 200 މިލިއަން ރުފިޔާ (%7.2)
-
ޑިޕާޗާ ޓެކްސް - 134 މިލިއަން ރުފިޔާ (%4.8)
-
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ - 113 މިލިއަން ރުފިޔާ (%4)
-
ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ - 91 މިލިއަން ރުފިޔާ (%3.3)
މީރާއަށް ބަލައިގަތް ޖުމްލަ ފައިސާގެ ތެރޭގައި 126.85 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.
އެނގުން މުހިންމު - މިދިޔަ މަހު އެކި ފަރާތްތަކުން މީރާއަށް ދައްކަންޖެހޭ، އެހެން ނަމަވެސް ނުދައްކާ ހުރި ފައިސާގެ ތެރެއިން 666 މިލިއަން ރުފިޔާ ވެސް އެ އިދާރާއިން ވަނީ ހޯދާފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
-
ޑިއުސް ކްލިއަރެންސްގެ ގޮތުގައި 156 މިލިއަން ރުފިޔާ
-
އިންސްޓޯލްމަންޓް ޕްލޭން އޮޕްޝަންގެ ތެރެއިން 61 މިލިއަން ރުފިޔާ
-
ފޯނުން ގުޅައިގެން/އީމެއިލް މެދުވެރިކޮށް ހަނދާންކޮށްދީގެން 34 މިލިއަން ރުފިޔާ
-
އެކްޝަން ޕޮލިސީގެ ދަށުން 11 މިލިއަން ރުފިޔާ
-
އެކައުންޓް ފްރީޒިން ޕޮލިސީގެ ދަށުން 5 މިލިއަން ރުފިޔާ