ބީއެމްއެލްގެ އެހީގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ހުޅުވި ސްޓޫޑިއޯ. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލްގެ އެހީގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ސްޓޫޑިއޯއެއް ހަދައިފި

މި މަލްޓިމީޑީއާ ސްޓޫޑިއޯ ގާއިމުކޮށްފައި ވަނީ ޕްރޮފެޝަނަލް ކެމެރާ އާއި ލައިޓިން ކިޓް، އޯޑިއޯ ރެކޯޑު ކުރާނެ ވަސީލަތްތަކާއި އެޑިޓިން ކޮމްޕިއުޓަރު އަދި ސްޓްރީމިން ހާޑްވެއާ ވެސް ހިމަނައިގެން
5 މާރިޗު 2026

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އަހަރު ކުރިއަށްގެންދިޔަ ބޭންކު ފަންޑް ކާމިޔާބުކުރި އެއް ފަރާތް ކަމަށްވާ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ (ޔޫއައިއެސް) އިން ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ތައުލީމީ މަރުކަޒުގައި މަލްޓިމީޑިއާ ސްޓޫޑިއޯއެއް ހުޅުވައިފި އެވެ.

ތަފްސީލް - ކުޑަހުވަދޫގެ ޖަމިއްޔާއެއް ކަމަށްވާ ޔޫއައިއެސް އިން ކުރިއަށްގެންދިޔަ މި ޕްރޮޖެކްޓްގެ ދަށުން:

  • 800އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރާ ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ވަނީ މަލްޓިމީޑިއާ ސްޓޫޑިއޯއެއް ގާއިމުކޮށްފައި 

  • މީޑިއާ ކްލަބަށް އެހީތެރިވެދޭނެ 

  • މި މަލްޓިމީޑީއާ ސްޓޫޑިއޯ ގާއިމުކޮށްފައި ވަނީ ޕްރޮފެޝަނަލް ކެމެރާ އާއި ލައިޓިން ކިޓް، އޯޑިއޯ ރެކޯޑު ކުރާނެ ވަސީލަތްތަކާއި އެޑިޓިން ކޮމްޕިއުޓަރު އަދި ސްޓްރީމިން ހާޑްވެއާ ވެސް ހިމަނައިގެން

ބީއެމްއެލްގެ އެހީގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ހުޅުވި ސްޓޫޑިއޯ. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްގެ އެހީގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ހުޅުވި ސްޓޫޑިއޯ. (ފޮޓޯ/ބީއެމްއެލް)

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން މިހާރު ވެސް މީޑިއާ ކްލަބެއް ހިންގަ އެވެ. ނަމަވެސް މި ކްލަބްގައި އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ދަތިކަން ފާހަގަކުރެ އެވެ.

މި ޕްރޮޖެކްޓުގެ ދަށުން ޔޫއައިއެސްގެ އަމާޒަކީ، މި ސެންޓަރު މެދުވެރިކޮށް މީޑީއާ ދާއިރާގައި ދަރިވަރުންގެ ހުނަރާއި ތަޖުރިބާ އިތުރުކުރުމެވެ. އެގޮތުން:

  • ވީޑިއޯ އުފެއްދުމަށް 

  • އިވެންޓް ބްރޯޑްކާސްޓްކުރުމަށް 

  • ވީޑިއޯ ރިޕޯޓް ހެދުމަށް

  • އެ މަރުކަޒުގެ ރަސްމީ ޔޫޓިއުބް ޗެނަލަށް ތައުލީމީ ކޮންޓެންޓް އުފެއްދޭނެ ތަމްރީނުދޭ އަދި އުފެއްދުންތެރި މަރުކަޒެއްގެ ގޮތުގައި މި ތަން ބޭނުންކުރެވޭނެ 

  • މި މަރުކަޒުގެ ހިދުމަތް ރަށުގެ އެހެން އޮފީސްތަކަށާއި ކައިރި ރަށްރަށަށް ވެސް ފޯރުކޮށްދީ ގުޅިގެން މަސައްކަތްކުރުމުގެ މަގު ތަނަވަސްވެގެންދާނެ

ބީއެމްއެލްގެ އެހީގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ހުޅުވި ސްޓޫޑިއޯ. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްގެ އެހީގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ހުޅުވި ސްޓޫޑިއޯ. (ފޮޓޯ/ބީއެމްއެލް)

މި ސްޓޫޑިއޯ ބަލަހައްޓާނީ ސްކޫލާއި ޔޫއައިއެސް ޖަމިއްޔާގެ ހާއްސަ ޓީމަކުންނެވެ.

މި ތަނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި އާމްދަނީ ލިބޭނެ އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި ގަވާއިދުން ތަމްރީނު ދިނުމާ އެކު އެކަށީގެންވާ ގޮތެއްގައި ތަން ބެލެހެއްޓޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

ބީއެމްއެލްގެ އެހީގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ހުޅުވި ސްޓޫޑިއޯ. (ފޮޓޯ/ބީއެމްއެލް)

ފާހަގަކޮށްލެވޭ - ބޭންކު ފަންޑަކީ ތައުލީމު، ތިމާވެށި، ކުޅިވަރު އަދި މުޖުތަމައު ކުރިއެވުމަށް މަޝްރޫއުތައް ހިންގުމަށް ބޭންކު ފަންޑަށް އެދި ހުށަހަޅާ ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން ހޮވާލާ ކޮންމެ ޖަމިއްޔާއަކަށް 200،000ރ.ގެ ހިލޭ އެހީ ލިބޭ ފަންޑެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް