ދިރާގުގެ ސިއީއޯ އިސްމާއިލް ރަޝީދު އެވޯޑުތަކާ ހަވާލުވެވަޑައިގަންނަވަނީ. (ފޮޓޯ/ދިރާގު)

ދިރާގު

ރާއްޖޭގެ އެންމެ ހަލުވި، ރަނގަޅު 5ޖީ ނެޓްވޯކުގެ ބައިނަލްއަގުވާމީ 3 އެވޯޑެއް ދިރާގަށް

މި އެވޯޑުތައް ދިރާގާ ހަވާލުކޮށްފައިވަނީ ސްޕެއިންގެ ބާސެލޯނާގައި ބޭއްވި، ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާގެެ ދުނިޔޭގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ މޮބައިލް ވޯލްޑް ކޮންގްރެސްގައި
4 މާރިޗު 2026
1

އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ ތިން އެވޯޑެއް މޮބައިލް ވޯލްޑް ކޮންގްރެސްގައި ދިރާގަށް ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރަށް ދިރާގަށް ލިބުނީ:

  • 1-

    ފާސްޓެސްޓް 5ޖީ ނެޓްވޯކް

  • 2-

    ބެސްޓް 5ޖީ ނެޓްވޯކް

  • 3-

    ބެސްޓް 5ޖީ ގޭމިން އެކްސްޕީރިއަންސް

މި އެވޯޑުތައް ދިރާގާ ހަވާލުކޮށްފައިވަނީ ސްޕެއިންގެ ބާސެލޯނާގައި ބޭއްވި، ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާގެެ ދުނިޔޭގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ މޮބައިލް ވޯލްޑް ކޮންގްރެސްގަ އެވެ.

ތަފްސީލް - ދިރާގުން މި ހޯދި ކާމިޔާބީން ދައްކުވައިދެނީ ދިރާގުގެ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދިނުމަށް އަދި ޑިޖިޓަލް ރާއްޖެ ބިނާކުރުމަށް ދިރާގުން ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާ ކަަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން:

  • ދިރާގުން ވަނީ 2019ގައި ދެކުނު އޭޝިއާ އަދި ރާއްޖޭގައި 5ޖީ ހިދުމަތް ތައާރަފްކުރި ފުރަތަމަ އޮޕަރޭޓަރަށް ވެފައި 

  • މިހާރު ދިރާގުން ވަނީ ރާއްޖޭގެ އާބާދީގެ %73އަށް ދިރާގުގެ ހަލުއި 5ޖީ ނެޓްވޯކް ފޯރުކޮށްދީފައި

ގުޅުންހުރި - ދިރާގުން ވަނީ އޫކްލާއިން ދޭ 'މޯލްޑިވްސް ފާސްޓަސްޓް މޯބައިލް ނެޓްވޯކް' ވިދިވިދިގެން ތިން އަހަރު ހޯދާ އަދި 'ފާސްޓަސްޓް 5ޖީ ނެޓްވޯކް' ދެ އަހަރު ހޯދައި ރާއްޖޭގެ އެންމެ ހަލުއި ނެޓްވޯކްގެ ގޮތުގައި ވެގެން ގޮސްފަ އެވެ.

ކޮމެންޓް (1)

ކަލޯ

4 މާރިޗު 2026
ކިހާވަރެއް ހަރަދުކޮށްގެން މި އެވާޑްތަށް ގަތީ؟ އޯކްލާ އައިސެންސްފީ ވަރައް ބޮޑުދޯ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް