ބީއެމްއެލްގެ ސީއީއޯ ޝަރީފާއި ވިޒިޓް މޯލްޑިވްސްގެ ސީއީއޯ ޝިއުރީ އެެއްބަސްވުން ބަދަލުކުރައްވަނީ. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓަކަށް ބީއެމްއެލްގެ ސްވައިޕް

މިދިޔަ ޖެނުއަރީ މަހު ލިމިޓެޑް ރިލީޒަށް ހުޅުވާލުމަށް ފަހު ސްވައިޕް ބޭނުންކުރާ ފަރާތްތަކަށް މި ވޮލެޓުގެ މައިގަނޑު ފީޗާތައް ތަޖުރިބާކުރުމުގެ ފުރުސަތު ވަނީ ދީފައި
3 މާރިޗު 2026

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިޖިޓަލް ވޮލެޓް، ސްވައިޕްއަކީ ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓުގެ ގޮތުގައި ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - ބީއެމްއެލްގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްވައިޕް އަދި ވިޒިޓް މޯލްޑިވްސްއާ ދެމެދުގައި މިކަމާ ގުޅޭ ސްޓްރެޓިޖިކް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. އެގޮތުން:

  • ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް

  • ވިޒިޓް މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ

ތަފްސީލް - މިއީ، ބީއެމްއެލް އިން ބުނި ގޮތުގައި، މިދިޔަ އަހަރު އެ ބޭންކާއި ވިޒިޓް މޯލްޑިވްސްއާ ދެމެދު ގާއިމުކުރެވުނު ސްޓްރެޓިޖިކް ޕާޓްނަޝިޕްގެ ދަށުން ހެދި އެއްބަސްވުމެކެވެ.

މި ޕާޓްނަޝިޕްގެ މަގްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ޑިޖިޓަލް ކުރިއެރުންތައް އަވަހަށް ފޯރުކޮށްދިނުމާއި މަސައްކަތުގެ ހިންގުން ހަރުދަނާކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މަގުބޫލުކަން އިތުރުކުރުމެވެ.

އެނގުން މުހިންމު - ސްވައިޕްއަކީ ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ %100 ދިވެހި އުފެއްދުމެކެވެ.

މި ޑިޖިޓަލް ވޮލެޓް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިތުރުން ފައިސާގެ މުއާމާލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ޝަރުތުތަކާއި މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ.

ސްވައިޕް ވޮލެޓް މެދުވެރިކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ އެވެ. އަދި ބީއެމްއެލް އެކައުންޓްތަކުގެ އިތުރުން ކޮންމެ ކްރެޑިޓް، ޑެބިޓް އަދި ޕްރިޕެއިޑް ކާޑަކުންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އެވެ.

މިދިޔަ ޖެނުއަރީ މަހު ލިމިޓެޑް ރިލީޒަށް ހުޅުވާލުމަށް ފަހު ސްވައިޕް ބޭނުންކުރާ ފަރާތްތަކަށް މި ވޮލެޓުގެ މައިގަނޑު ފީޗާތައް ތަޖުރިބާކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އެކަކު އަނެކަކަށް ފައިސާ ޓްރާންސްފާކުރުން 

  • ކިއުއާރު މެދުވެރިކޮށް ފައިސާ ދެއްކުން 

  • އެކައުންޓުން ކުރާ ހަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށް ބަލާލެވުން 

  • ޕޭމަންޓް ލިންކް ޝެއާކޮށް، ފަސޭހައިން ޓޮޕްއަޕްކޮށް ފައިސާ ނެގުން ފަދަ ހިދުމަތްތައް

އިތުރު އާޓިކަލް

އިތުރު އާޓިކަލް