އުރީދޫން ބޭއްވި ގޭމިން ފެސްޓިވަލްގެ މުބާރާތްތަކުން ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް އިނާމު ހަވާލުކުރަނީ. (ފޮޓޯ/އުރީދޫ)

އުރީދޫ

ރޯދައަށް ބޭއްވި ފޯރިގަދަ އުރީދޫ ގޭމިން މުބާރާތް ނިންމާލައިފި

މި ފެސްޓިވަލް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށް އަދި ލޭން ފޯމެޓަށް
2 މާރިޗު 2026

ޔޫތު މިނިސްޓްރީއާ ގުޅިގެން އުރީދޫ ނޭޝަނުން ކުރިއަށް ގެންދިޔަ 'ރަމަލޯން އީ-ސްޕޯޓްސް ފެސްޓިވަލް 2K26' ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ވީ ކިހިނެއް؟ - މި މުބާރާތް ނިންމުމުގެ ގޮތުން ކުލަގަދަ ރަސްމިއްޔާތެއް ޔޫތު ހަބްގައި މިދިޔަ ހޮނިހިރު ދުވަހު ވަނީ ބާއްވާފަ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ:

  • ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު 

  • އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝާދީ ގަވާސްމީ އާއި ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވި

ތަފްސީލް - މި ފެސްޓިވަލް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށް އަދި ލޭން ފޯމެޓަށެވެ. ޓެކެން އަދި އީއޭއެފްސީ މުބާރާތްތައް ޔޫތު ހަބްގައި ލޭން އިވެންޓްތަކެއްގެ ގޮތުގައި ކުރިއަށް ދިޔައިރު، ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ.

މީގެ ސަބަބުން މުޅި ރާއްޖެއިން ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ލިބުނެވެ. އެގޮތުން:

  • އީއޭއެފްސީ: 20 ބައިވެރިން

  • ޓެކެން: 16 ބައިވެރިން

  • ޕަބްޖީ މޮބައިލް: 38 ޓީމު

  • އެމްއެލްބީބީ: 38 ޓީމު

  • އުރީދޫން ބޭއްވި ގޭމިން ފެސްޓިވަލްގެ މުބާރާތްތަކުން ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް އިނާމު ހަވާލުކުރަނީ. (ފޮޓޯ/އުރީދޫ)

މި މުބާރާތުގެ ހުރިހާ ކެޓަގަރީއެއްގައި ވެސް ފެނިގެންދިޔައީ ފޯރިގަދަ ކުޅުމަކާއި ވަރުގަދަ ޓީމުވޯކެއްގެ އިތުރުން އާދަޔާ ހިލާފު ހުނަރުވެރި ކުޅުންތެރިންނެވެ.

  • އުރީދޫން ބޭއްވި ގޭމިން ފެސްޓިވަލްގެ މުބާރާތްތަކުން ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް އިނާމު ހަވާލުކުރަނީ. (ފޮޓޯ/އުރީދޫ)
  • އުރީދޫން ބޭއްވި ގޭމިން ފެސްޓިވަލްގެ މުބާރާތްތަކުން ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް އިނާމު ހަވާލުކުރަނީ. (ފޮޓޯ/އުރީދޫ)
  • އުރީދޫން ބޭއްވި ގޭމިން ފެސްޓިވަލްގެ މުބާރާތްތަކުން ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް އިނާމު ހަވާލުކުރަނީ. (ފޮޓޯ/އުރީދޫ)

ޕަބްޖީ މޮބައިލް:

  • އެއް ވަނަ - ޑީޖީއެން ސިންޑިކޭޓް

  • ދެ ވަނަ - ގޭމްއޯވާ ރިޖެކްޓް

  • ތިން ވަނަ - އެލްއެފް އަކަޒާޔާ

މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް:

  • އެއް ވަނަ - އެލްއެންއެން ސްލީޕިން ފޮރެސްޓް

  • ދެ ވަނަ - ކަޅުއޮށްފުމި

  • ތިން ވަނަ - ކުއިސް ވެންގާޑްސް

އީއޭއެފްސީ:

  • އެއް ވަނަ - އެމްޔޫޖީ ޔާއިޝް

  • ދެ ވަނަ - އެމްޔޫޖީ ރާއިދު

  • ތިން ވަނަ - ޒަމީލް

ޓެކެން:

  • އެއް ވަނަ - އެމްޔޫޖީ އަބާން

  • ދެ ވަނަ - ކުއިސް އީ-ސްޕޯޓްސް ތާބިޝް

  • ތިން ވަނަ - އެމްޔޫޖީ އަޝްވާން

  • އުރީދޫން ބޭއްވި ގޭމިން ފެސްޓިވަލްގެ މުބާރާތްތަކުން ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް އިނާމު ހަވާލުކުރަނީ. (ފޮޓޯ/އުރީދޫ)
  • އުރީދޫން ބޭއްވި ގޭމިން ފެސްޓިވަލްގެ މުބާރާތްތަކުން ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް އިނާމު ހަވާލުކުރަނީ. (ފޮޓޯ/އުރީދޫ)
  • އުރީދޫން ބޭއްވި ގޭމިން ފެސްޓިވަލްގެ މުބާރާތްތަކުން ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް އިނާމު ހަވާލުކުރަނީ. (ފޮޓޯ/އުރީދޫ)
  • އުރީދޫން ބޭއްވި ގޭމިން ފެސްޓިވަލްގެ މުބާރާތްތަކުން ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް އިނާމު ހަވާލުކުރަނީ. (ފޮޓޯ/އުރީދޫ)

ފާހަގަކޮށްލެވޭ - ރަމަލޯން އީ-ސްޕޯޓްސް ފެސްޓިވަލް 2K26 އިން އަނެއްކާވެސް ހާމަވެގެންދިޔައީ ރާއްޖޭގައި ވާދަވެރި ގޭމިން ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ މިންވަރެވެ. މިއީ ޒުވާނުންނަށް އެ މީހުންގެ ހުނަރު ދައްކާލުމަށާއި ޑިޖިޓަލް ހުނަރުތައް ތަރައްގީކުރުމުގެ އިތުރުން މުޖުތަމައުގެ ބައިވެރިވުން އޮތް ފޯރިގަދަ މާހައުލެއްގައި ވާދަކުރުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.

ޖެހިޖެހިގެން ދެވަނަ އަހަރު މި ފެސްޓިވަލް ކާމިޔާބުކަމާ އެކު ނިންމާލުމުން ދޭހަވަނީ ރާއްޖޭގައި އީ-ސްޕޯޓްސްއަށް އޮތް ޝައުގުވެރިކަން އިތުރުވަމުންދާ މިންވަރެވެ. އަދި މިއީ ކުރިމަގުގައި މިއަށް ވުރެ ބޮޑެތި މުބާރާތްތަކަކަށް މަގުފަހިވެގެންދާނެ ކަމެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް