އެމްޔޫ ސްޓޯަރުން ރާއްޖޭގެ ބާޒާރަށް ތައާރަފްކުރި އޮލިޓާލިއާގެ އުފެއްދުންތައް.

އެމްޔޫ ސްޓޯރު

އޮލިޓާލިއާގެ އާ އުފެއްދުންތަކެއް އެމްޔޫ ސްޓޯރުން ތައާރަފްކޮށްފި

މިއީ މެރިނޭޓް ކުރުމަށާއި ކައްކައި ނިންމާލުމަށް ފަހު ރަހަ މީރުކޮށްލުމަށް ބޭނުންކުރެވިދާނެ އުފެއްދުންތަކެއް
2 މާރިޗު 2026

ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ އޮލިޓާލިއާގެ އެންމެ ފަހުގެ އުފެއްދުންތައް ކަމަށްވާ 'ޝެފް މެނިއާ' އެކްސްޓްރާ ވާޖިން އޮލިވް އޮއިލް އާއި ތަފާތު ރަހަތައް ހިމެނޭ 'ކޮންޑިމެންޓް އޮއިލް' ރޭންޖް އެމްޔޫ ސްޓޯރުން ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ތަފްސީލް - އިޓަލީގެ އަސްލު ރަހަ އާއި ފެންވަރު ހިފެހެއްޓިފައިވާ މި އާ އުފެއްދުންތަކުގެ ތެރެއިން 'ޝެފް މެނިއާ' އެކްސްޓްރާ ވާޖިން އޮލިވް އޮއިލް ފާހަގަކޮށްލެވެނީ އޭގެ ފުޅި ފަރުމާކޮށްފައިވާ ގޮތުންނެވެ. މި އުފެއްދުން ތައާރަފްކޮށްފައިވަނީ ފަސޭހަކަމާ އެކު ބޭނުންކުރެވޭ ސްކުއީޒް ބޮޓްލްއެެއްގަ އެވެ. މިއީ ކެއްކުމުގައި ފަރުވާތެރިކަމާ އެކު ތެޔޮ ބޭނުންކުރުމަށާއި ކާއެއްޗެހި ގާނިޝް ކުރުމަށް ވަރަށް ބޭނުންތެރި ގޮތެކެވެ.

މީގެ އިތުރުން، އޮލިޓާލިއާގެ އާ ކޮންޑިމެންޓް އޮއިލް ރޭންޖުގައި ތަފާތު ހަތަރު ރަހައެއް ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ރޯޒްމޭރީ: ފިހެފައިވާ ތަރުކާރީ އާއި މަހުގެ ބާވަތްތަކަށް ހާއްސަ

  • ބެސިލް: ޕާސްތާ، ސެލަޑް އަދި މެޑިޓަރޭނިއަން ކާއެއްޗެއްސަށް މީރު ރަހައެއް ގެނެސްދޭ

  • ލެމަން: ސީފުޑް އަދި ޑްރެސިންތަކަށް ބޭނުންކުރަން އެންމެ އެކަށޭނަ

  • ގާލިކް އެންޑް ޕެޕާ: ސްޓޭކް ފަދަ ތަފާތު ރަހަގަދަ ކާއެއްޗެހީގެ ރަހަ މީރުކޮށްދޭ

އެމްޔޫ ސްޓޯަރުން ރާއްޖޭގެ ބާޒާރަށް ތައާރަފްކުރި އޮލިޓާލިއާގެ އުފެއްދުންތައް.
އެމްޔޫ ސްޓޯަރުން ރާއްޖޭގެ ބާޒާރަށް ތައާރަފްކުރި އޮލިޓާލިއާގެ އުފެއްދުންތައް.

މި ހުރިހާ ތެލަކީ ވެސް އެންމެ މަތީ ފެންވަރުގެ އޮލިވް އޮއިލްގައި ގުދުރަތީ ރަހަތައް އެއްކޮށްގެން ތައްޔާރުކޮށްފައިވާ އުފެއްދުންތަކެކެވެ. މިއީ މެރިނޭޓް ކުރުމަށާއި ކައްކައި ނިންމާލުމަށް ފަހު ރަހަ މީރުކޮށްލުމަށް ބޭނުންކުރެވިދާނެ އުފެއްދުންތަކެކެވެ.

ރާއްޖޭގެ ގިނަ ގޭބިސީތަކެއްގެ އިތުބާރު ހޯދާފައިވާ އެމްޔޫ ސްޓޯރުން ބުނި ގޮތުގައި، މި އާ އުފެއްދުންތަކާ އެކު ދިވެހި ކެއްކުންތެރިންނަށް ބައިނަލްއަގުވާމީ ފެންވަރުގެ އުފެއްދުންތައް ބޭނުންކުރުމުގެ ފުރުސަތު އިތުރަށް ފުޅާވެގެންދާނެ އެވެ.

އޮލިޓާލިއާގެ މި އާ އުފެއްދުންތައް މިހާރު އެމްޔޫ ސްޓޯރުގެ ފިހާރަތަކުން ލިބެން ހުންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް