ހިލޭ ލިބޭ މިނެޓް އެކްޓިވޭޓްކުރުމަށް ފަހު 7 ދުވަހަށް ބޭނުންކުރެވޭނެ.

ދިރާގު

ދިރާގުން ޔޫއޭއީ އަދި ސައުދީއަށް ހިލޭ ގުޅޭ ގޮތް ހަދައިފި

މި ހިދުމަތުގެ ދަށުން، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާއަށް ހިލޭ ގުޅުމަށް ޖުމްލަ 30 މިނިޓު ލިބޭނެ
1 މާރިޗު 2026

ދިރާގު ކަސްޓަމަރުންނަށް ޔޫއޭއީ އަދި ސައުދީ އަރަބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަދައިދީފި އެވެ.

ވީ ކިހިނެއް؟ - މިއީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކާއި ލޯބިވާ ފަރާތްތަކުގެ ހާލުބެލުމަށާއި މެދުކެނޑުމެއްނެތި މުއާސަލާތު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދީފައިވާ ހިދުމަތެކެވެ.

ތަފްސީލް - މި ހިދުމަތުގެ ދަށުން، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާއަށް ހިލޭ ގުޅުމަށް ޖުމްލަ 30 މިނިޓު ލިބޭނެ އެވެ. އެގޮތުން:

  • އެހެންކަމުން، #225*އަށް ޑައިލްކޮށްގެން މި ހިލޭ މިނިޓުތައް މާދަމާގެ ނިޔަލަށް އެކްޓިވޭޓްކުރެވޭނެ

  • އެކްޓިވޭޓްކުރުމަށް ފަހު 7 ދުވަހަށް ބޭނުންކުރެވޭނެ

ފާހަގަކޮށްލެވޭ - ދިރާގުން އަންނަނީ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ވެސް ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ނަމަވެސް އާއިލާއާއި ލޯބިވާ ފަރާތްތަކާ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދެމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް