މިދިޔަ އަހަރުގެ މުބާރާތުގެ ތެރެއިން. (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގު ބާސްކެޓް މުބާރާތަށް ރަޖިސްޓްރީކުރުން މާދަމާ ހަމަވާނެ

ރަޖިސްޓަރީކުރުމުގެ ފުރުސަތު މާދަމާ މެންދުރުފަހު 2އަށް ހަމަވާ މި ފޯރިގަދަ މުބާރާތް އޮންނާނީ އަންނަ މަހު 1 އިން 7އަށް ސޯޝަލް ސެންޓަރު އައުޓްޑޯ ކޯޓުގައި
23 ފެބްރުއަރީ 2026

މި އަހަރުގެ ދިރާގު 3X3 ޗެލެންޖު ބާސްކެޓް މުބާރާތަށް ރަޖިސްޓަރީކުރުމުގެ ފުރުސަތު މާދަމާ ހަމަވާނެ އެވެ.

ވީ ކިހިނެއް؟ - ރަޖިސްޓަރީކުރުމުގެ ފުރުސަތު މާދަމާ މެންދުރުފަހު 2އަށް ހަމަވާ މި ފޯރިގަދަ މުބާރާތް އޮންނާނީ އަންނަ މަހު 1 އިން 7އަށް ސޯޝަލް ސެންޓަރު އައުޓްޑޯ ކޯޓުގަ އެވެ.

ޓައިޓަންސް ބާސްކެޓް އެކެޑެމީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ މަގުސަދަކީ، ބާސްކެޓްބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް، އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި ހުނަރުތައް ތަރައްގީކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުމެވެ.

ތަފްސީލް - މިދިޔަ އަހަރު މި މަގުބޫލު މުބާރާތުގައި 103 ޓީމަކުން ޖުމްލަ 408 ކުޅުންތެރިން ބައިވެރިވި އެވެ.

މި އަހަރު މި މުބާރާތް ކުރިއަށް ގެންދާނީ 2 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ:

އެކެޑެމީ ކެޓެގަރީ:

  • 8 އަހަރުން ދަށް؛ އަންހެން އަދި ފިރިހެން ޑިވިޝަން

  • 10 އަހަރުން ދަށް؛ އަންހެން އަދި ފިރިހެން ޑިވިޝަން

  • 12 އަހަރުން ދަށް؛ އަންހެން އަދި ފިރިހެން ޑިވިޝަން

އޯޕެން ކެޓެގަރީ:

  • 14 އަހަރުން ދަށް؛ އަންހެން އަދި ފިރިހެން ޑިވިޝަން

  • 16 އަހަރުން ދަށް؛ އަންހެން އަދި ފިރިހެން ޑިވިޝަން

  • 18 އަހަރުން ދަށް؛ އަންހެން އަދި ފިރިހެން ޑިވިޝަން

  • ފިރިހެން ޑިވިޝަން 1

  • ފިރިހެން ޑިވިޝަން 2

  • އަންހެން ޑިވިޝަން

  • ބެލެނިވެރިން – ފިރިހެން

  • ބެލެނިވެރިން – އަންހެން

މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޓީމުތަކަށް އޮންލައިންކޮށް ރަޖިސްޓްރީކުރެވޭނެ އެވެ.

ފާހަގަކޮށްލެވޭ - ދިރާގަކީ ރާއްޖޭގައި ބާސްކެޓްބޯލް ފަދަ މަގްބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް