ސީ ގިއާއަކީ މޫދާ ގުޅުން ހުރި ގިނަ ސާމާނު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިއްކާ ކުންފުންޏެއް. (ފޮޓޯ/ސީ ގިއާ)

ސީ ގިއާ

ސީ ގިއާއިން އަގުހުރި އިނާމުތަކާ އެކު ރޯދަ ކުއިޒް ފަށަނީ

ކުއިޒުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ހާއްސަ އަގުހުރި އިނާމެއް ލިބޭނެ
16 ފެބްރުއަރީ 2026

މޫދާ ގުޅުންހުރި އެކި ބާވަތުގެ ސާމާނު ވިއްކުމުގައި ރާއްޖޭގައި މަޝްހޫރު ސީ ގިއާ އިން، މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ރޯދަމަހު ވެސް އަގުހުރި އިނާމުތަކާ އެކު 'ސީ ގިއާ ރޯދަ ކުއިޒް' ކުރިއަށް ގެންދަން ތައްޔާރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއީ ތަފާތު ސުވާލުތަކާއި ގޭމުތަކުގެ އިތުރުން ޝައުގުވެރި ޗެލެންޖުތަކެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ.

ތަފްސީލް - މި ރޯދަ ކުއިޒު ކުރިއަށްގެންދާނީ ސީ ގިއާގެ ރަސްމީ ފޭސްބުކް ޕޭޖުގަ އެވެ.

ކުއިޒުގައި ހިމެނޭ ސުވާލުތައް ބިނާކޮށްފައި ވަނީ އެ ކުންފުނިން ވިއްކާ ތަފާތު އުފެއްދުންތަކުގެ މައްޗަށެވެ. މީގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންނަށް ޝައުގުވެރި މާހައުލެއްގައި އުފެއްދުންތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ކުއިޒުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ގުރުއަތުން ހޮވޭ އެއް ފަރާތަކަށް އިނާމެއް ލިބޭނެ އެވެ.

އެއާ އެކު، މި އަހަރުގެ ކުއިޒްގެ ބޮޑު އިނާމަކީ 'އިންސްޓަ 360 ޕްރޯ ޑައިވް ބަންޑްލް' އެކެވެ. މި ބޮޑު އިނާމުގެ ގުރުއަތުގައި:

  • ބައިވެރިވުމަށް ސުވާލުގެ ޖަވާބު ރަނގަޅުވުން މަޖުބޫރެއް ނޫން 

  • ޖަވާބު ނުބައި ވިޔަސް މި އިނާމުގެ ގުރުއަތުގައި ބައިވެރިވެވޭނެ 

މީގެ އިތުރުން، ބައެއް ދުވަސްދުވަހު ކުއިޒްގެ ބައިވެރިން ނަގާފައިވާ ފޮޓޯ ހިއްސާކޮށްގެން ބައިވެރިވެވޭ ގޮތަށް ވެސް ކުއިޒުގެ ބައިތައް ވަނީ ރާވާފަ އެވެ.

މި ކުއިޒާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ސީ ގިއާގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ލިބެން ހުންނާނެ އެވެ.

ފާހަގަކޮށްލެވޭ - ސީ ގިއާއަކީ މަސްވެރިކަމާއި ޑައިވިން މޫދު ކުޅިވަރު އަދި ކަނޑު އުޅަނދުފަހަރުގެ ރައްކާތެރިކަމާ ގުޅުން ހުރި އެންމެ ފަހުގެ ސާމާނުތައް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިއްކާ ކުންފުންޏެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް