ބީއެމްއެލްގެ ސީއީއޯ ޝަރީފް އެވޯޑާ ހަވާލުވެވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ބީއެމްއެލް

ކުޅިވަރުގެ ތަރައްގީއަށް ބީއެމްއެލްއިން ކުރާ މަސައްކަތަށް ހާއްސަ އެވޯޑެއް

ބީއެމްއެލް އިން ކޮންމެ އަހަރަކު ވެސް އެކި ގައުމީ ކުޅިވަރު ޖަމިއްޔާތަކާ ގުޅިގެން ކުޅިވަރު ތަރައްގީ ކުރުމާއި ގައުމީ ފެންވަރުގެ މުބާރާތް ބޭއްވުމަށް އެހީތެރިވުމާއި ކުޅުންތެރިންގެ ހުނަރު ތަރައްގީ ކުރުމަށް މަސައްކަތް ކުރޭ
16 ފެބްރުއަރީ 2026

ރާއްޖޭގައި ކުޅިވަރުގެ ހުނަރު ކުރިއަރުވައި ކުޅިވަރު ތަރައްގީ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަންކޮށް އެ ބޭންކަށް ރޭ ހާއްސަ އެވޯޑެއް ދީފި އެވެ.

ވީ ކިހިނެއް؟ - ބީއެމްއެލްއަށް މި އެވޯޑު ދިނީ ސްޕޯޓްސް މިނިސްޓްރީން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގަ އެވެ.

ބީއެމްއެލްގެ ފަރާތުން އެ އެވޯޑާ ހަވާލުވެވަޑައިގަތީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.

ތަފްސީލް - ބީއެމްއެލް އިން ކޮންމެ އަހަރަކު ވެސް އެކި ގައުމީ ކުޅިވަރު ޖަމިއްޔާތަކާ ގުޅިގެން ކުޅިވަރު ތަރައްގީ ކުރުމާއި ގައުމީ ފެންވަރުގެ މުބާރާތް ބޭއްވުމަށް އެހީތެރިވުމާއި ކުޅުންތެރިންގެ ހުނަރު ތަރައްގީ ކުރުމަށް މަސައްކަތް ކުރެ އެވެ. އެގޮތުން:

  • ފުޓްބޯޅަ، ސްވިމިން، ޓެނިސް، ބާސްކެޓް އަދި ސާފިން އެސޯސިއޭސިއޭޝަންތަކާ އެކު ގާއިމްކޮށްފައިވާ ދިގު މުއްދަތުގެ ޕާޓްނަޝިޕްތަކުގެ ދަށުން އެ އެސޯސިއޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދޭ

  • 2023 އިން ފެށިގެން ކޮންމެ އަހަރަކު ވެސް ބީއެމްއެލް ސްޕޯޓްސް ސްކޮލަޝިޕްގެ ދަށުން ތަމްރީނު ހާސިލުކުރުމުގެ ފުރުސަތު ދޭ؛ މި ސްކޮލާޝިޕްގެ ދަށުން މިހާތަނަށް 8 އެތުލީޓުންނަށް ތަމްރީނު ހޯދުމުގެ ފުރުސަތު ދީފައިވޭ

  • ބާސްކެޓް ބޯޅަ އެރީނާއެއް ގާއިމްކުރުމަށް އެމްބީއޭއާ އެކު ވަނީ އެއްބަސްވެފައި

  • ގައުމީ ފުޓްބޯޅަ ޓީމުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި 2017 އިން ފެށިގެން ބީއެމްއެލް އިން އަންނަނީ ފުުޓްބޯޅަ އެސޯސިއޭޝަނަށް ވެސް އެހީތެރިވަމުން


އިތުރު އާޓިކަލް

އިތުރު އާޓިކަލް