އަލީ ރިޒާގެ ބަދަލުގައި ރައީން އިނާމާާ ހަވާލުވަނީ. (ފޮޓޯ/އުރީދޫ)

އުރީދޫ

އުރީދޫން ދޭ 15 ވަނަ އުމްރާ ދަތުރު އަލީ ރިޒާއަށް

މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒްއަކީ 2 މީހަކަށް ހައްޖު ދަތުރެއް
12 ފެބްރުއަރީ 2026

އުރީދޫން މިހާރު ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ 15 ވަނަ ނަސީބުވެރި ފަރާތް ހޮވައިފި އެވެ.

ވީ ކިހިނެއް؟ - ބ. ކެންދުއަށް އުފަން އަލީ ރިޒާއަށް ލިބުނީ އުމްރާ ދަތުރެކެވެ. އޭނާގެ ބަދަލުގައި މި އިނާމާ ހަވާލުވީ ރައީން އެވެ.

ތަފްސީލް - އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދޭ ކެމްޕެއިނެކެވެ.

މި ހާއްސަ ކެމްޕެއިންގެ ދަށުން:

  • ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް

  • ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރު ދޭނެ

  • މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒްއަކީ 2 މީހަކަށް ހައްޖު ދަތުރެއް

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް:

  • އުރީދޫ ކަސްޓަމަރެއް ނަމަ، 30 ދުވަހުގެ ތެރޭގައި 250ރ.އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑްއޮންއެއް ބޭނުންކުރުން

  • އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400ރ. އިން މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑްއޮންއެއް ބޭނުންކުރުން

  • ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުން މި ލަކީޑްރޯއަށް ޝަރުތު ހަމަވާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް