ސެމްސަންގް ގެލެކްސީ ވޮޗު އަލްޓްރާ.

ދިރާގު

ދިރާގުން ސެމްސަންގް ގެލެކްސީ ވޮޗު އަލްޓްރާ ވިއްކަން ފަށައިފި

މި ސްމާޓް ވޮޗުގައި ދިރާގުގެ ސެލިއުލާ ވެއަރަބަލް ހިދުމަތް ކަމަށްވާ 'ވަން ނަންބަރު' މެދުވެރިކޮށް، ސެލިއުލާ އީ-ސީމް އެކްޓިވޭޓްކުރެވޭނެ
10 ފެބްރުއަރީ 2026

ދިރާގުން ސެމްސަންގް ގެލެކްސީ ވޮޗު އަލްޓްރާ ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.

ތަފްސީލް - މިއީ ސެމްސަންގުގެ ސްމާޓް ވޮޗުތަކުގެ ތެރެއިން އެންމެ ފަހުގެ ސްޕޯޓްސް ފީޗާތައް ހިމަނާފައިވާ، ސެލިއުލާ ހިދުމަތް ލިބޭ ސްމާޓް ވޮޗެކެވެ.

މި ސްމާޓް ވޮޗުގައި ދިރާގުގެ ސެލިއުލާ ވެއަރަބަލް ހިދުމަތް ކަމަށްވާ 'ވަން ނަންބަރު' މެދުވެރިކޮށް، ސެލިއުލާ އީ-ސީމް އެކްޓިވޭޓްކުރެވޭނެ އެވެ. މި ހިދުމަތުގެ އެހީގައި ފޯނު ކައިރީގައި ނެތް ނަމަވެސް ނުވަތަ ނިއްވާލާފައި އޮތަސް ސްމާޓް ވޮޗުން ކޯލްތަކަށް ޖަވާބުދީ، މެސެޖު ފޮނުވުމުގެ އިތުރުން މޯބައިލް ޑޭޓާ ބޭނުންކުރެވޭނެ އެވެ.

ދިރާގު ވަން ނަމްބަރު ހިދުމަތް:

  • ސެމްސަންގް ގެލެކްސީ ވޮޗު އަލްޓްރާ 2 އަދި ގެލެކްސީ ވޮޗު އަލްޓްރާ 3ގައި ބޭނުންކުރެވޭނެ 

  • ގެލެކްސީ ވޮޗު އަލްޓްރާ 3 މިހާރު ދިރާގު ވެބްސައިޓް މެދުވެރިކޮށް ގަނެވޭނެ

  •  އިންސްޓޯލްމަންޓް ޕްލޭންއަށް ޝަރުތު ހަމަވާ ކަސްޓަމަރުންނަށް، މަހަކު 759ރ. ދައްކާ ގޮތަށް ވެސް ގަޑި ގަނެވޭނެ

  • ދިރާގުގެ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑްގެ ވޮއިސް، އެސްއެމްއެސް އަދި ޑޭޓާ ޕްލޭންތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ބޭނުންކުރެވޭނެ

  • ޓްރެވަލާ ޕްލޭންތައް ބޭނުންކުރާ ފަރާތްތަކަށް، ސެމްސަންގް ގެލެކްސީ ވޮޗު އަލަޓްރާ މެދުވެރިކޮށް، މިހާރު ބޭނުންކުރެވޭނެ

މި ހިދުމަތް އެކްޓިވޭޓް ކުރުމަށް 'ގެލެކްސީ ވެއަރަބަލް' އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާ އެކު އެކްޓިވޭޓް ކުރެވޭނެ އެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ގަޑި ފޯނާ ގުޅުވައި އައިޑެންޓިޓީ ވެރިފައިކުރުމަށްފަހު އީ-ސިމް ޕްރޮފައިލް ގަޑިއަށް ޑައުންލޯޑް ކުރެވޭނެ އެވެ. މި މަރުހަލާ ފުރިހަމަވުމުން، ހިދުމަތް ކާމިޔާބުކަމާ އެކު އެކްޓިވޭޓްވިކަން އެސްއެމްއެސްއެއް މެދުވެރިކޮށް އަންގައިދޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް