ޗައިނާގެ ކުންފުންޏާ އެކު ބަނދަރު ހެދުމުގެ މަޝްރޫއުގައި ސޮއިކުރަނީ (ފޮޓޯ/އެމްޕީއެލް)

އެމްޕީއެލް

ތިލަފުށީގައި ވިޔަފާރި ބަނދަރު ހަދަން ޗައިނާ ކުންފުންޏަކަށް ދީފި

ޗައިނާގެ ސީއެޗްއީސީއާ ހަވާލުކުރި އެ މަޝްރޫއުގެ ދަށުން ފަސް މަސް ތެރޭ ޑިޒައިނިންގެ މަސައްކަތް ނިންމަން ޖެހޭ
5 ފެބްރުއަރީ 2026

މާލޭ ވިޔަފާރި ބަނދަރު ތިލަފުށީގައި ތަރައްގީ ކުރުމަށް ރާވާފައިވާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - އަންނަ އަހަރުގެ 11 ނޮވެމްބަރުން ފެށިގެން މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރައްވާނެކަން ރައީސް މުހައްމަދު މުއިއްޒު މި ވަނީ ރިޔާސީ ބަޔާނުގައި ވިދާޅުވެފަ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނީ ރައީސްގެ އެ ވިސްނެވުމާ އެގޮތަށް އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް މިއަދު ޗައިނާގެ ސީއެޗްއީސީއާ އެކު ސޮއިކޮށްފައިވާ ކަމަށެވެ.

ތަފްސީލް - އެ އެއްބަސްވުމުގެ ދަށުން ތިލަފުށީގައި ތަރައްގީ ކުރާ ވިޔަފާރި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ ޑިޒައިނިން އާއި ސާވޭގެ މަސައްކަތްތައް އެ ކުންފުނިން ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން: 

  • އެ މަސައްކަތްތައް ފުރިހަމަކުރުމަށްފަސް މަސް ތެރޭ އެ ކުންފުނިން ނިންމަން ޖެހޭ

  • ޑިޒައިނިން އާއި ސާވޭގެ މަސައްކަތް ނިމުމުން ދެ ފަރާތުން އެއްބަސްވާ އަގެއްގެ އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ސީއެޗްއީސީން ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނި 

އެނގުން މުހިންމު - ރައީސް މިއަދު ވިދާޅުވި ގޮތުގައި ތިލަފުށީގައި ތަރައްގީކުރާ ބައިނަލްއަގުވާމީ ބަނދަރާ އެކު މިހާރު 7 ދުވަހުން ހުސްކުރެވޭ ބޯޓު 48 ގަޑިއިރުން ހުސްކުރެވޭނެ އެވެ. އަދި އެކަމުގެ ސަބަބުން މުދަލުގެ އަގު ހެޔޮ ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް