ގަވިން

ގަވިން

ގަވިންގެ ރޯދަ ޕްރޮމޯޝަން: 5 މީހަކަށް ހިލޭ ޗުއްޓީ ދަތުރެއް

މި ޕްރޮމޯޝަން ކުރިއަށްދާނީ ކުރިއަށް އޮތް ކުޑަ އީދާ ހަމައަށް
1 ފެބްރުއަރީ 2026

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް އިންޓީރިއާ ޑިޒައިން ސޮލިއުޝަންތަކާއި އުފެއްދުންތަކަށް މަޝްހޫރު 'ގަވިން' އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ތަފްސީލް - މި ޕްރޮމޯޝަނުގެ ދަށުން ނަސީބުވެރި 5 މީހަކަށް ހިލޭ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ގަވިން އިން ވިޔަފާރިކުރާ ހުރިހާ އެންމެންނަށް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން، 1,000ރ. އިން މަތިން ވިޔަފާރިކުރާ ކޮންމެ މީހަކަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

ޕްރޮމޯޝަނުން ހޮވޭ 5 ނަސީބުވެރިންނަށް ލިބޭ އިނާމަކީ ހއ. ހޯރަފުށީގައި ހުންނަ އަރާއިިން ބީޗު ވިލެޖުގައި 5 ރޭ ހުރުމެވެ. މީގެ އިތުރުން، ނަސީބުވެރިންނަށް ހޯރަފުއްޓަށް ދިއުމަށް ބޭނުންވާ ދެކޮޅު ޓިކެޓު ވެސް ގަވިން އިން ދޭނެ އެވެ.

ގަވިން އިން ބުނި ގޮތުގައި، މި ޕްރޮމޯޝަން ކުރިއަށްދާނީ ކުރިއަށް އޮތް ކުޑަ އީދާ ހަމައަށެވެ.

ގަވިންގެ ރޯދަ ޕްރޮމޯޝަން.

އެނގުން މުހިންމު - ގަވިން އަކީ ފެންވަރު ރަނގަޅު އިންޓީރިއާ އުފެއްދުންތަކާއި ވަޑާންކުރަން ބޭނުންވާ ސާމާނާއި އެކި ކަހަލަ އެޕްލަޔަންސަސް ފޯރުކޮށްދޭ ކުންފުންޏެކެވެ. އެ ކުންފުނިން އަންނަނީ އިންޓީރިއާ ޑިޒައިންގެ ހިދުމަތްތަކުގެ އިތުރުން ވަޑިންނަށް ބޭނުންވާ އެކި ބާވަތުގެ އާލާތްތައް ވެސް ފޯރުކޮށްދެމުންނެވެ.

ގަވިންގެ ފިހާރަތައް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ރޭގަނޑު 10އަށް ހުޅުވާފައި ހުންނާނެ އެވެ. އެގޮތުން:

  • ގަވިން ބާޒާރު، މާލޭ ބޮޑުތަކުރުފާނު މަގު - 9428899

  • ގަވިން ހުޅުމާލެ، ހުޅުމާލޭ ފޭސް 1، ރީތިގަސް މަގު - 9558899

  • ގަވިން ޑެކޯ، މާލޭ މަޖީދީ މަގު - 9588833

  • ގަވިން ޕްރޮޖެކްޓްސް - 9348899

އިތުރު އާޓިކަލް

އިތުރު އާޓިކަލް