ބީއެމްއެލް އިން ދ. ކުޑަހުވަދޫގައި އާ ބްރާންޗެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލްއިން ކުޑަހުވަދޫގައި އާ ބްރާންޗެއް ހުޅުވައިފި

މި އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 12 ބްރާންޗެއް ހުޅުވުމަށް ބީއެމްއެލް އިން ވަނީ ނިންމާފައި
31 ޖެނުއަރީ 2026

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދ. ކުޑަހުވަދޫގައި އާ ބްރާންޗެއް މިއަދު ހުޅުވައިފި އެވެ.

ވީ ކިހިނެއް؟ - މި ބްރާންޗު ހުޅުވީ މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިސްބޭފުޅުންގެ ތެރޭގައި:

  • ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

  • ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް 

  • ބޭންކުގެ އިސް އޮފިޝަލުން

ބީއެމްއެލް އިން ދ. ކުޑަހުވަދޫގައި އާ ބްރާންޗެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު ޒަމީރު ވާހަކަދައްކަވަނީ. (ފޮޓޯ/ބީއެމްއެލް)

ތަފްސީލް - އަލަށް ބިނާކުރި މި ބްރާންޗު ހުޅުވުމާ އެކު ކުޑަހުވަދޫގައި މިހާރު ހުރި ބްރާންޗުގެ މަސައްކަތްތައް އާ ބްރާންޗަށް ބަދަލުކުރާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އޭގެ ސަބަބުން ކުޑަހުވަދު އާއި ކައިރި ރަށްތަކުގެ އިތުރުވަމުން އަންނަ ބޭންކިން ބޭނުންތަކަށް އެހީތެރިވެދީ، ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެކަން ބީއެމްއެލް އިން ފާހަގަކުރި އެވެ.

ބީއެމްއެލް އިން ދ. ކުޑަހުވަދޫގައި ހުޅުވި އާ ބްރާންޗު. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލް އިން ދ. ކުޑަހުވަދޫގައި ހުޅުވި އާ ބްރާންޗު. (ފޮޓޯ/ބީއެމްއެލް)

ބުނީ ކީކޭ؟ - ބޭންކުގެ ސީއީއޯ ޝަރީފް ވިދާޅުވި ގޮތުގައި، ކުޑަހުވަދޫގައި ހުޅުވި އާ ބްރާންޗަކީ ރަށްރަށުގެ އިންފްރާސްޓްރަކްޗާއަށް ކުރާ އިންވެސްޓްމަންޓާއި ޒަމާނީ ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތައް ދައްކުވައިދޭ ކަމެކެވެ.

"މި ޕޭޕަލެސް ބްރާންޗުން ހިދުމަތްތައް ދޭނީ ޑިޖިޓަލްކޮށް. މީގެ ސަބަބުން ކަސްޓަމަރުންނަށް ބޭންކިން ހިދުމަތްތައް ހޯދުމުގައި އިތުރު ފަސޭހަކަމާއި ހަލުވިކަން ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

"މި ބްރާންޗުގެ ސަބަބުން މި ސަރަހައްދުގެ އާންމު ފަރުދުންނާއި އާއިލާތަކާއި ވިޔަފާރިތަކަށް ހިދުމަތް ދިނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެ."

ބީއެމްއެލް އިން ދ. ކުޑަހުވަދޫގައި އާ ބްރާންޗެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވާހަކަދައްކަވަނީ. (ފޮޓޯ/ބީއެމްއެލް)

އެނގުން މުހިންމު - މުޅި ރާއްޖެއަށް ބޭންކިން ހިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މި އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 12 ބްރާންޗެއް ހުޅުވުމަށް ބީއެމްއެލް އިން ވަނީ ނިންމާފަ އެވެ.

‎ބީއެމްއެލްގެ ބޭންކިން ވިއުގަ

  • 20 އަތޮޅުގައި 42 ބްރާންޗު

  • 267 އޭޓީއެމް

  • އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް

އިތުރު އާޓިކަލް

އިތުރު އާޓިކަލް