ތިލަފުށީގައި ބެހެއްޓި ބީއެމްއެލްގެ ސެލްފް-ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށަނީ. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ތިލަފުއްޓަށް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކ. ތިލަފުށީގައި ސެލްފް-ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، މުޅި ރާއްޖޭގައި ގާއިމުކޮށްފައިވާ އޭޓީއެމް ވިއުގަ އިތުރަށް ފުޅާކޮށްފި އެވެ.
ވީ ކިހިނެއް؟ - ސިނާއީ މަސައްކަތްތައް ކުރާ ތިލަފުށީގައި ބެހެއްޓި އޭޓީއެމް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިސްބޭފުޅުންގެ ތެރޭގައި:
-
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
-
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް
-
ބޭންކުގެ އިސް އޮފިޝަލުން
ތަފްސީލް - ބީއެމްއެލް އިން ބުނި ގޮތުގައި، މި އަހަރު އިތުރު ސެލްފް-ސާވިސް ބޭންކިން ސެންޓަރުތަކާއި ބްރާންޗުތައް އަދި އޭޓީއެމްތައް ގާއިމުކޮށް، އެ ބޭންކުގެ ހިދުމަތް އިތުރަށް ފުޅާކުރާނެ އެވެ. މީގެ ތެރޭގައި، 70އަށް ވުރެ ގިނަ ޑޮލަރު އޭޓީއެމް ބެހެއްޓުން ހިމެނެ އެވެ.
ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ ޝަރީފު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކުގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރަމުން އަންނައިރު، އޭޓީއެމް ވިއުގަ އިތުރަށް ފުޅާކުރުމަކީ އެ ބޭންކުގެ ވަރަށް ބޮޑު އަމާޒެކެވެ.
"ތިލަފުށީގައި ގާއިމުކުރެވުނު ސެލްފް-ސާވިސް އޭޓީއެމްއިން ދައްކުވައިދެނީ ވިޔަފާރި މުޖުތަމައުތަކަށް ބޭންކިން ހިދުމަތްތައް އިތުރަށް ފަސޭހަކޮށްދިނުމަށް އަޅުގަނޑުމެން ދޭ އަހުމިއްޔަތުކަން،" އޭނާ ވިދާޅުވި އެވެ.
"2026 ވަނަ އަހަރު ހިދުމަތް ފުޅާކުރުމަށް ރާވާފައިވާ ކަންކަމައިގެން އަޅުގަނޑުމެން ކުރިއަށް ދާއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ކަސްޓަމަރުންނަށް ވެސް ފަސޭހަ އަދި އަގުހުރި ހިދުމަތެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން މުހިންމު އިސްކަމެއް ދޭ ކަމެއް."
ބީއެމްއެލްގެ ބޭންކިން ވިއުގަ
-
20 އަތޮޅުގައި 42 ބްރާންޗު
-
267 އޭޓީއެމް
-
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ސެލްފް-ސާވިސް ބޭންކިން ސެންޓަރު
-
އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް