އެންޒީން ހުޅުމާލޭ ފޭސް 2ގައި ހުޅުވި އާ ފިހާރަ. (ފޮޓޯ/އެންސިސް)

އެންޒީ

އެންޒީގެ އާ ފިހާރައެއް ހުޅުމާލެ ފޭސް 2ގައި ހުޅުވައިފި

މި ފިހާރައިން އެންޒީގެ ހުރިހާ އުފެއްދުންތަކެއްގެ އިތުރުން، ތާޒާ މަހާއި ގޭބިސީތަކަށް ބޭނުންވާ އާންމު މުދާ ލިބެން ހުންނާނެ
30 ޖެނުއަރީ 2026

މަޝްހޫރު ކާބޯތަކެތީގެ ބްރޭންޑް 'އެންޒީ'ގެ އާ ފިހާރައެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރޭ ހުޅުވައިފި އެވެ.

ވީ ކިހިނެއް؟ - ވިނަރެސް 5ގެ އެންމެ ތިރީ ބުރީގައި ހުންނަ މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ ކުރީގެ މިނިސްޓަރު އަހްމަދު ޒުހޫރެވެ. މި ރަސްމިއްޔާތުގައި އެންސިސް ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެންޒީން ހުޅުމާލޭ ފޭސް 2ގައި އާ ފިހާރައެއް ހުޅުވަނީ. (ފޮޓޯ/އެންސިސް)
އެންޒީން ހުޅުމާލޭ ފޭސް 2ގައި އާ ފިހާރައެއް ހުޅުވަނީ. (ފޮޓޯ/އެންސިސް)

ތަފްސީލް - މިއީ އެންޒީގެ 13 އަހަރުގެ ތާރީހުގައި އެ ބްރޭންޑުން ހުޅުވި ހަތަރުވަނަ ފިހާރަ އެވެ.

މި ފިހާރައިން އެންޒީގެ ހުރިހާ އުފެއްދުންތަކެއްގެ އިތުރުން، ތާޒާ މަހާއި ގޭބިސީތަކަށް ބޭނުންވާ އާންމު މުދާ ލިބެން ހުންނާނެ އެވެ.

  • އެންޒީން ހުޅުމާލޭ ފޭސް 2ގައި ހުޅުވި އާ ފިހާރަ. (ފޮޓޯ/އެންސިސް)

މި ފިހާރަ ހުޅުވާފައި ހުންނާނީ:

  • ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 6:30 އިން ރޭގަނޑު 10:30އަށް

  • ހުކުރު ދުވަސްދުވަހު ހެނދުނު 6:30 އިން ހަވީރު 5އަށް

ބުނީ ކީކޭ؟ - ރޭގެ ރަސްމިއްޔާތުގައި ޒުހޫރު ވިދާޅުވީ، އެންޒީގެ އުފެއްދުންތަކާއި ހިދުމަތްތައް ރައްޔިތުންނާ ވީހާ ވެސް ގާތުން ފޯރުކޮށްދިނުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި އާ ފިހާރައިގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

އެންޒީން ހުޅުމާލޭ ފޭސް 2ގައި އާ ފިހާރައެއް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ޒުހޫރު ވާހަކަދައްކަވަނީ. (ފޮޓޯ/އެންސިސް)
އެންޒީން ހުޅުމާލޭ ފޭސް 2ގައި އާ ފިހާރައެއް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވަސީމް ވާހަކަދައްކަވަނީ. (ފޮޓޯ/އެންސިސް)

އިތުރު އާޓިކަލް

އިތުރު އާޓިކަލް