ފ. ނިލަންދޫގެ އެއާޕޯޓަށް ބިންހިއްކަން ފެށުމުގެ ކުރިން އެ ރަށުގެ ރީތި ގޮނޑުދޮށާއި މޫދު

ފ. ނިލަންދޫ

ފ. ނިލަންދޫގައި 50 އެނދުގެ ހޮޓަލެއް އަޅާނެ ބަޔަކު ހޯދަނީ

ނިލަންދޫގައި ޓޫރިސްޓު ހޮޓަލެއް އަޅަން ނިންމާފައިވަނީ 13،300 އަކަފޫޓުގެ ބިމެއްގައި. ބީލަން ކާމިޔާބުކުރާ ބަޔަކަށް ހޮޓެލް ހިންގަން އެ ބިން 50 އަހަރުގެ މުއްދަތަކަށް ކުއްޔަށް ދޭނެ
29 ޖެނުއަރީ 2026

ފ. ނިލަންދޫގައި 50 އެނދުގެ ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ލައިފި އެވެ.

ވީ ކިހިނެއް؟ - ނިލަންދޫގައި ޓޫރިސްޓު ހޮޓަލެއް އަޅަން ނިންމާފައިވަނީ 13،300 އަކަފޫޓުގެ ބިމެއްގަ އެވެ.

ތަފްސީލު - މިނިސްޓްރީ ހުޅުވާލީ އެ ބިމުގައި މަދުވެގެން 50 އެނދުގެ (25 ކޮޓަރީގެ) ޖާގަ ހުންނަ ހޮޓަލެއް އެޅުމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި:

  • އެ ބިން ކުއްޔަށް ދޭނީ 50 އަހަރުގެ މުއްދަތަކަށް

  • އިމާރާތްކުރަން ލިބޭނީ ސޮއިކުރާ ތާރީހުން ފެށިގެން ދެ އަހަރު

  • ލީސް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި މަދުވެގެން 50،000 ޑޮލަރު (773،000ރ.) ދޭން ޖެހޭނެ

  • ބިޑު ސެކިއުރިޓީއަށް 5،000 ޑޮލަރު (77،300ރ.)ގެ ބޭންކު ގެރެންޓީއެއް

  • ބިމު ކުލި ފަށާނީ، ފުރަތަމަ 10 އަހަރަށް އަކަމީޓަރަކަށް، ދަށްވެގެން 4 ޑޮލަރުން

  • އެއަށް ފަހު 11-20 ވަނަ އަހަރަށް %10، 21-30 ވަނަ އަހަރަށް %15 އަދި 31 - 50 ވަނަ އަހަރާ ހަމައަށް %20އިން ކުލި ބޮޑުކުރަން ވާނެ

  • ސީއެސްއާރުގެ ގޮތުގައި މަދުވެގެން 20،000 ޑޮލަރު (309،200ރ.) ދޭން ޖެހޭނެ (މި ފައިސާ ދޭން ޖެހޭނީ އިމާރާތްކުރަން ދޭ މުއްދަތުގައި އިންސްޓޯލްމަންޓުތަކަށް ބަހާލައިގެން)

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދޭން 24 ފެބްރުއަރީގެ ހެނދުނު 10 ޖަހާއިރު އޮންލައިން ބައްދަލުވުމެއް ބާއްވާނެ އެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 1 އޭޕްރީލް 2026ގެ މެންދުރު 12 ޖަހާއިރެވެ. އަދި 2 ފެބްރުއަރީން މާޗުގެ ނިޔަލަށް ބީލަން ފޮތް ދޫކުރާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް