އެސްޓިތުމާ ކުންފުނީގެ ވެރިން، ރޯސްވުޑް ރަންފަރުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވަނީ.

ރިސޯޓުތައް

ރޯސްވުޑްގެ މަސައްކަތް ބަލަން އެސްޓިތުމާގެ ވެރިން ރާއްޖޭގައި

އެސްތިމާރަކީ އިތާފުށި ތަރައްގީކުރި ގަތަރު ކުންފުނި؛ ރޯސްވުޑް ރަންފަރުގެ ނަމުގައި ތަރައްގީކުރާ މި ރިސޯޓު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުޅުވަން ރާވާފައި އޮތް ނަމަވެސް އެކަން 2027އަށް ވަނީ ފަސްކޮށްފައި
29 ޖެނުއަރީ 2026

ރޯސްވުޑް ރަންފަރުގެ މަސައްކަތްތައް ބަލައިލަން އެ ރިސޯޓުގެ ޑިވެލޮޕަރު، އެސްޓިތުމާ ހޯލްޑިންގެ ވެރިން ރާއްޖެ އަތުވެއްޖެ އެވެ.

އެނގުން މުހިންމު - ގަތަރުގެ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ އެސްޓިތުމާއަކީ ފަސް ތަރީގެ ލަގްޒަރީ ރިސޯޓު، ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ވެސް ތަރައްގީކުރި ކުންފުންޏެވެ.

ވީ ކިހިނެއް؟ - ރަންފަރުގެ މަސައްކަތް ދާ ގޮތް ބައްލަވާލައްވަން ރާއްޖެ ވަޑައިގެން އުޅުއްވަނީ އެސްޓިތުމާގެ ޗެއާމަން މޯތާޒު އަލް ހައްޔަތު އާއި ވައިސް ޗެއާމަން ރާަމިޒު އަލް ހައްޔަތު އެވެ.

މޯތާޒު އިންސްޓަގްރާމްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ރިސޯޓު ވާނީ މުޅި ދުނިޔޭގެ ވެސް ހޮސްޕިޓާލިޓީ ދާއިރާއަށް އިންގިލާބެއް ގެންނާނެ ވަރުގެ ތަނަކަށް ކަމަށެވެ.

  • އެސްޓިތުމާ ކުންފުނީގެ ވެރިން، ރޯސްވުޑް ރަންފަރުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވަނީ.
  • އެސްޓިތުމާ ކުންފުނީގެ ވެރިން، ރޯސްވުޑް ރަންފަރުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވަނީ.
  • އެސްޓިތުމާ ކުންފުނީގެ ވެރިން، ރޯސްވުޑް ރަންފަރުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވަނީ.

ތަފްސީލު - އެސްޓިމާގެ ސަބްސިޑަރީ ކުންފުނި ރޯޔަލް ރިސޯޓްސްއިން ކ. އަތޮޮޅުގައި އަލަށް ތަރައްގީކުރާ ރޯސްވުޑް ރަންފަރު މެނޭޖުކުރާނީ އަލްޓްރާ-ލަގްޒަރީ ބްރޭންޑް، ރޯސްވުޑް ހޮޓެލްސް އެންޑް ރިސޯޓްސްއިންނެވެ.

އެ ކުންފުނިން މި މަޝްރޫއަށް 343 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ) ހަރަދުކުރާނެ އެވެ.

އެސްޓިމާއިން ތަރައްގީކޮށް ރޯސްވުޑް ރިސޯޓްސް ބްރޭންޑުގެ ދަށުން ހިންގާ ރިސޯޓުގެ ވިލާއެއް ހުންނާނެ ގޮތް ދައްކުވައިދޭ ރެންޑާއެއް.
އެސްޓިމާއިން ތަރައްގީކޮށް ރޯސްވުޑް ރިސޯޓްސް ބްރޭންޑުގެ ދަށުން ހިންގާ ރިސޯޓުގެ ވިލާއެއް ހުންނާނެ ގޮތް ދައްކުވައިދޭ ރެންޑާއެއް.

އާ ރިސޯޓުގެ ބައެއް ހިދުމަތްތައް:

  • 120 ބީޗު ވިލާ އާއި މޫދު ކޮޓަރި (1-5 ކޮޓަރީގެ) ހުންނާނެ

  • ހުރިހާ ކޮޓަރިއެއްގައި ޕްރައިވެޓް ޕޫލް ހުންނާނެ

  • ދުނިޔޭގެ މަޝްހޫރު ސްޕެޝަލްޓީ ރެސްޓޯރެންޓުތައް

  • ބީޗު ކްލަބެއް

  • ވެލްނަސް ފެސިލިޓީއެއް

  • މާލެ އަތޮޅުގައި ގަތަރުގެ އިންވެސްޓްމަންޓު ކުންފުނި އެސްތިތުމާރުން ތަރައްގީކުރާ ރޯސްވުޑް ރަންފަރު. (ފޮޓޯ/އެސްޓްސް ގްރޫޕް)

ފާހަގަކޮށްލެވޭ ކަމެއް - މޯތާޒު އާއި ރާމިޒުގެ ދެބެއިންނަކީ ގަތަރުގެ އިތުރުން މެދުއިރުމަތީގެ ވެސް އެންމެ މުއްސަނދި ވިޔަފާރިވެރިންގެ ލިސްޓުގައި ހިމެނޭ ދެ މީހުންނެވެ.

އެގޮތުން އެ ދެމީހުން ގުޅިގެން އުފައްދާފައިވާ ޕަވާ އިންޓަނޭޝަަލް ހޯލްޑިންގްސްއަށް ފޯބްސްގެ 'ޓޮޕް 100 އަރަބް ފެމިލީ ބިޒްނަސަސް' ލިސްޓުގެ 10 ވަނަ މަގާމު މިދިޔަ އަހަރު ވަނީ ލިބިފަ އެވެ.

ރަންފަރު ތަރައްގީކުރާ އެސްޓިތުމާ އަކީ ޕަވާ އިންޓަނޭޝަނަލް ހޯލްޑިންސްގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެ ނޫނަސް އެކި ދާއިރާތަކުގައި އިންވެސްޓުކުރާ އިތުރު ސަބްސިޑަރީ ކުންފުނިތައް މިދެބެއިން އިސްވެ ތިބެ ހިންގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް