ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ބޭންކުގެ މުވައްޒަފުން ހިންގި މަޝްރޫއެއް. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލް މުވައްޒަފުން ހިންގި މުޖުތަމައަށް ފައިދާހުރި 5 މަޝްރޫއެއް ނިންމާލައިފި

މިއީ ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގި ހަރަކާތްތަކުގެ ތެރެއިން، މުޖުތަމައާ ގުޅުން ބަދަހިކުރުމަށް މުވައްޒަފުންނަށް ހުޅުވާލި ހިލޭ އެހީއެއް
27 ޖެނުއަރީ 2026
1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކްގެ ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓްގެ ދަށުން ބޭންކުގެ މުވައްޒަފުން އިސްނަގައިގެން ހިންގި 5 މަޝްރޫއެއް ނިންމާލައިފި އެވެ. މީގެ އިތުރުން، 2 މަޝްރޫއެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދެ އެވެ.

ވީ ކިހިނެއް؟ - މިއީ ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގި ހަރަކާތްތަކުގެ ތެރެއިން، މުޖުތަމައާ ގުޅުން ބަދަހިކުރުމަށް މުވައްޒަފުންނަށް ހުޅުވާލި ހިލޭ އެހީއެކެވެ.

މި އެހީގެ ދަށުން ހިންގާފައިވަނީ ތައުލީމާއި ތިމާވެއްޓާ ގުޅުންހުރި، އިޖުތިމާއީ މަޝްރޫއުތަކެވެ.

ގްރާންޓްގެ ދަށުން ނިންމި 5 މަޝްރޫއަކީ:

ސ. އަތޮޅު ތައުލީމީ މަރުކަޒުގައި ސްޓަޑީ އަދި ރީޑިންއަށް ހާއްސަ ސަރަހައްދެއް

މި ސްޓަޑީ އަދި ރީޑިން ސަރަހައްދުގައި ވޯޓާ ރެސިސްޓެންޓް ބެންޗާއި މޭޒު ބަހައްޓައި، ހިޔާކުރުމަށް ފުރާޅެއް ހަދާފައިވެ އެވެ.

މި ތަން ފަރުމާކޮށްފައިވަނީ ހަމަހިމޭން މާހައުލެއްގައި ފޮތް ކިޔުމާއި ގިނަ ކުދިން އެއްކޮށް ކިޔެވުމަށް އެކަށީގެންވާ ގޮތަށް، ވަށައިގެން ގުދުރަތީ ފެހިކަން ހިމެނޭ ގޮތަށެވެ.

ސްޓަޑީ އަދި ރީޑިން ސަރަހައްދު. (ފޮޓޯ/ބީއެމްއެލް)

ތ. އަތޮޅު މަދަރުސާގެ ކުޅޭ ސަރަހައްދުގެ ވަށާ ފާރު ރޭނުމާއި ފެން އަދި ވެލި ކުޅޭ ސަރަހައްދެއް

މި މަޝްރޫއުގެ މަގްސަދަކީ ކުދިންނަށް އުފާވެރި، ހެދިބޮޑުވުމަށް އެންމެ އެކަށީގެންވާ މާހައުލެއް ގާއިމުކުރުމެވެ.

  • ތ. އަތޮޅު މަދަރުސާގެ ކުޅޭ ސަރަހައްދު. (ފޮޓޯ/ބީއެމްއެލް)
  • ތ. އަތޮޅު މަދަރުސާގެ ކުޅޭ ސަރަހައްދު. (ފޮޓޯ/ބީއެމްއެލް)
  • ތ. އަތޮޅު މަދަރުސާގެ ކުޅޭ ސަރަހައްދު. (ފޮޓޯ/ބީއެމްއެލް)

ގދ. އަތޮޅު ސްކޫލުގައި ބެންޗުތަކެއް

މިއީ ބެލެނިވެރިންނަށާއި ސްކޫލަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި މުވައްޒަފުންނާއި ދަރިވަރުންނަށް އިށީނދެލައިގެން ތިބެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދީ، ސްކޫލްގެ މާހައުލަކީ އެންމެންނަށް ވެސް ހިތްހަމަޖެހޭ ފަދަ ތަނަކަށް ހެދުމުގެ ގޮތުން ކުރި މަސައްކަތެކެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި 'ސްޓޫޑަންޓް ރިސޯސް ހަބް'އެއް

މާލޭގައި ހުންނަ ދަރުމަވަންތަ ހޮސްޕިޓަލުގައި ސިއްހީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ގާއިމުކުރި މި ހަބްގައި ސިއްހަތާއި ބޭސްފަރުވާއާ ގުޅުންހުރި މުހިންމު ފޮތްތައް ހިމެނޭ ފޮތް ހަރުގަނޑަކާއި 'ތްރީ-ޑީ އެނަޓޮމީ އެޓްލަސް' ސަބްސްކްރިޕްޝަން ފަދަ ޑިޖިޓަލް ވަސީލަތްތައް ހިމެނެ އެވެ.

މީގެ އިތުރުން، ކިޔެވުމާއި ދިރާސާކުރުމަށް ބޭނުންވާ މައިކްރޮސްކޯޕްތަކާއި ބައިނޮކިއުލާ މައިކްރޮސްކޯޕް އަދި އިލެކްޓްރޯނިކް ސްކޭލް ފަދަ ލެބޯޓްރީ ސާމާނު ވެސް މި ހަބްގައި ލިބެން ހުރެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ހެދި 'ސްޓޫޑަންޓް ރިސޯސް ހަބް'. (ފޮޓޯ/ބީއެމްއެލް)
ދަރުމަވަންތަ ހޮސްޕިޓަލުގައި ހެދި 'ސްޓޫޑަންޓް ރިސޯސް ހަބް'. (ފޮޓޯ/ބީއެމްއެލް)

ހއ. މުރައިދޫ ސްކޫލުގައި ވޯކްވޭއެއް

މި މަޝްރޫއުގެ ބޭނުމަކީ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް ކްލާސްރޫމްތަކާއި އިދާރީ އޮފީސްތަކާއި ބޭރުގެ ސަރަހައްދުތައް ގުޅުވައިދޭ ރައްކާތެރި މަގެއް ފޯރުކޮށްދިނުމެވެ.

މި މަގުގެ ސަބަބުން ކޮންމެ މޫސުމެއްގައި ވެސް ފަސޭހައިން ހިނގާބިނގާވެ އުޅެވޭނެކަން ކަށަވަރުވެ، ސްކޫލްގެ މާހައުލަކީ ރައްކާތެރި ތަނަކަށް ވެގެންދާނެ އެވެ.

މުރައިދޫ ސްކޫލުގައި ހެދި ވޯކްވޭ. (ފޮޓޯ/ބީއެމްއެލް)

ކޮމެންޓް (1)

ށހެހެހސހ

27 ޖެނުއަރީ 2026
ރަށު ކައުންސިލްތަކުން އަހަރަކު މި ކަހަލަ ދިހަކަން ކުރަން ގާނޫނަށް އިތުރުކުރަން ފެނޭ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް