'ބްލޫ ލެގޫން ލަގްޒަރީ ރެސިޑެންސް'ގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ބްލޫ ލެގޫން)

ހުޅުމާލޭގައި ހަދާ 'ބްލޫ ލެގޫން' ލަގްޒަރީ ފްލެޓުތަކުގެ ބިންގާ އަޅައިފި

މި މަޝްރޫއުގެ ފުރަތަމަ 50 ޔުނިޓް ބުކްކުރާ ފަރާތްތަކަށް އާލީ ފޭސް ޕްރައިސިންގެ ދަށުން ހާއްސަ އަގުތަކެއް ލިބޭނެ
27 ޖެނުއަރީ 2026

ހުޅުމާލޭގައި ތަރައްގީކުރާ އެންމެ ފެންވަރުމަތީ އެއް މަޝްރޫއު ކަމަށްވާ 'ބްލޫ ލެގޫން ލަގްޒަރީ ރެސިޑެންސް'ގެ ބިންގާ އިއްޔެ އަޅައިފި އެވެ.

ވީ ކިހިނެއް؟ - ވީސީއައިއެލް އިން ތަރައްގީކުރާ މި މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މި މަޝްރޫއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ދަނޑިވަޅެއްގަ އެވެ.

މިދިޔަ މަހުން ފެށިގެން ބިންކޮނުމުގެ މަސައްކަތް ކުރިއަށްދާ މި މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، އެޕާޓްމަންޓްތައް ބުކްކޮށްފައިވާ ފަރާތްތަކާ އަދި ގަންނަން ޝައުގުވެރިވާ މީހުން ވެސް ބައިވެރިވި އެވެ.

'ބްލޫ ލެގޫން ލަގްޒަރީ ރެސިޑެންސް'ގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ބްލޫ ލެގޫން)

ތަފްސީލް - މި މަޝްރޫއުގައި ހިމެނެނީ 'ޕާލް' އަދި 'ކޮރަލް'ގެ ނަން ދީފައިވާ ދެ ޓަވަރުގެ އިތުރުން، ކޮމާޝަލް އާކޭޑެވެ.

މި ދެ ޓަވަރުގައި ޖުމްލަ 250 ޕްރީމިއަމް އެޕާޓްމަންޓް ހިމެނޭއިރު، މީގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ އޯޕަން ކޮންސެޕްޓް މޯލް ކަމަށްވާ ބްލޫ ލެގޫން ކޮމާޝަލް އާކޭޑް ހިމެނެ އެވެ.

މިހާރު ބުކިންއަށް ހުޅުވާލާފައިވާ ޕާލް ޓަވަރުގެ 10 ވަނަ ބުރިއާ ހަމައަށް ހުރި އެޕާޓްމަންޓްތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. އެގޮތުން، ޕާލް ޓަވަރުން ދޫކުރި ޔުނިޓްތަކުގެ %25 އެންމެ ދެ ހަފްތާ ތެރޭގައި ވަނީ ވިކިފަ އެވެ.

ޕާލް ޓަވަރަކީ ހުޅުމާލޭ މެރީނާއާ ދިމާވާ ގޮތަށް، އެއްވެސް ހުރަހެއް ނެތި އެ ތަން ފެންނަ ގޮތަށް ހުރި ހަމައެކަނި ލަގްޒަރީ ރެސިޑެންސް އެވެ.

މީގެ އިތުރުން، ކޮރަލް ޓަވަރުގެ 13، 14 އަދި 15 ވަނަ ބުރި ވެސް މިހާރު ވަނީ ބުކިންއަށް ހުޅުވާލާފަ އެވެ.

އެޕާޓްމަންޓްތަކުގެ އަގުތައް:

  • 2 ކޮޓަރި (1035 އަކަފޫޓު): 4.25 މިލިއަން ރުފިޔާ އިން ފެށިގެން

  • 2 ކޮޓަރި ލަގްޒަރީ (1280 އަކަފޫޓު): 4.42 މިލިއަން ރުފިޔާ އިން ފެށިގެން

  • 2+1 ކޮޓަރި (1340 އަކަފޫޓު): 5.35 މިލިއަން ރުފިޔާ އިން ފެށިގެން

  • 3 ކޮޓަރި (1795-1875 އަކަފޫޓު): 7.17 މިލިއަން ރުފިޔާ އިން ފެށިގެން

މި މަޝްރޫއުގެ ފުރަތަމަ 50 ޔުނިޓް ބުކްކުރާ ފަރާތްތަކަށް އާލީ ފޭސް ޕްރައިސިންގެ ދަށުން ހާއްސަ އަގުތަކެއް ލިބޭނެ އެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ހޯމް ޕާޗޭސް ލޯނުގެ ދަށުން ވެސް މި އެޕާޓްމަންޓްތައް ގަނެވޭނެ އެވެ.

'ބްލޫ ލެގޫން ލަގްޒަރީ ރެސިޑެންސް'ގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ބްލޫ ލެގޫން)

ޖުމްލަ 35،000 އަކަފޫޓުގެ ހުސް ޖާގަ ހިމެނޭ މި މަޝްރޫއުގައި 16،500 އަކަފޫޓުގެ ގްރޭންޑް ކްލަބް ހައުސްއެއް ހުރެ އެވެ. އެ ތަނުގައި:

  • ޒަމާނީ ޖިމް 

  • މަލްޓިޕާޕަސް ހޯލް 

  • މީޓިން ރޫމް 

  • ޕްރައިވެޓް ތިއޭޓަރު 

  • ކުޑަކުދިން ކުޅޭ ސަރަހައްދު

  • ޑޭކެއާ ސެންޓަރެއް

ޓަވަރުގެ 18 ވަނަ ފަންގިފިލާގައި ހިމެނޭ 24،000 އަކަފޫޓުގެ ޓެރަސް ގާޑަންގައި ސްވިމިން ޕޫލް، ޖޮގިން ޓްރެކް އަދި ބަގީޗާ ހިމެނެ އެވެ.

ޝައުގުވެރިވާ ފަރާތްތަކަށް ބްލޫ ލެގޫން ސޭލްސް އޮފީހަށް ޒިޔާރަތްކޮށް، ވާރޗުއަލް ރިއަލިޓީ މެދުވެރިކޮށް އެޕާޓްމަންޓްތަކުގެ ނަމޫނާ ބަލާލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް