އަލީ ޝާހިދު (ވ) އިނާމާ ހަވާލުވަނީ. (ފޮޓޯ/އުރީދޫ)

އުރީދޫ

އުރީދޫ ގޯލްޑަން ފުޓްސަލްގެ ދެވަނަ ނަސީބުވެރިއަކަށް އަލީ ޝާހިދު

އަގުހުރި އިނާމުތަކުގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ، މައިކްރޯވޭވް ފަދަ ބޭނުންތެރި އެއްޗެހި ހިމެނޭ
25 ޖެނުއަރީ 2026

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް މުބާރާތަށް ހާއްސަކޮށް އުރީދޫން ތައާރަފްކޮށްފައިވާ އޮފާގެ ދެވަނަ ނަސީބުވެރިޔާ ހޮވައިފި އެވެ.

ވީ ކިހިނެއް؟ - އުރީދޫގެ އޮފާގެ ދެވަނަ ނަސީބުވެރިއަކަށް ހޮވުނީ މާލެއަށް އުފަން އަލީ ޝާހިދެވެ.

ތަފްސީލް - ހުޅުމާލޭގައި ހުންނަ ރެހެންދި ޓާފް ދަނޑުގައި ގޯލްޑަން ފުޓްސަލް މެޗުތައް ކުޅޭ ދުވަސް ދުވަހު އެ ތަނުގައި ހުންނަ އުރީދޫ ޓެންޓުން އުރީދޫގެ ހިދުމަތެއް ނަގައިގެން ކޮންމެ ހަފްތާއަކު އަގުހުރި އިނާމެއް ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފަ އެވެ.

ގޯލްޑަން ފުޓްސަލް މުބާރާތް އަންނަ މަހު 14ގައި ނިމެންދެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި:

  • އުރީދޫގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ސުޕަނެޓް ހިދުމަތް ނުވަތަ 5ޖީ ޑިވައިސްއެއް ނަގައިގެން ވެސް މި ލަކީޑްރޯގައި ބައިވެރިވެވޭނެ 

  • އަގުހުރި އިނާމުތަކުގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ، މައިކްރޯވޭވް ފަދަ ބޭނުންތެރި އެއްޗެހި ހިމެނޭ

  • މި ޕްރޮމޯޝަނުގެ ހާއްސަ އިނާމެއްގެ ގޮތުގައި ކޮންސިއާޖް ގްރޫޕްން މެލޭޝިއާއަށް 2 ރިޓާން ޓިކެޓް ވެސް ދޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް