ރާއްޖޭގައި ހިންގާ ރިސޯޓެއް.

ޓޫރިޒަމް

'ރާއްޖެއަކީ ހައްލެއް؛ މުޅި ދުނިޔެ ސްޓްރެސް ވީމަ އޮތް ފަރުވާއެއް'

ސައީދު ވިދާޅުވީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ހޮޓެލް ބްރޭންޑްތަކާއި ހޮސްޕިޓާލިޓީ ދާއިރާގެ މަސައްކަތްތެރިން ވެސް ތިބީ ރާއްޖޭގައި ކަމަށް

ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޖުމްލަ ހައްލެއް ކަމަށާއި މުޅި ދުނިޔެ ސްޓްރެއަށް ދިއުމުން އެކަމަށް އޮތް ފަރުވާއަކީ ވެސް ރާއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސުވިޓްޒަލެންޑްގެ ޑާވޯސްގައި މިހާރު ކުރިއަށް ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގައި އިންޑިއާގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ރާއްޖެ އިންވެސްޓުކުރަން ރަނގަޅު މަންޒިލަކަށް ވާ ބައެއް ސަބަބުތައް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފަ އެވެ.

ނޫސްވެރިޔާ ސުވާލުކުރީ އިންޑިއާ ފަދަ ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދު އޮތް ގައުމެއްގެ ކައިރީގައި އޮންނައިރު ރާއްޖެއަކީ އިންވެސްޓްމަންޓް މަންޒިލެއްގެ ގޮތުގައި ދެކޭ ގޮތާ ބެހޭގޮތުންނެވެ.

ބުނީ ކީކޭ؟ - އެ ސުވާލަށް ޖަވާބު ދެއްވަމުން ސައީދު ސިފަކޮށްދެއްވީ ރާއްޖޭގެ ގުދުރަތީ ރީތިކަމެވެ. އަދި ޑާވޯސްގެ ފިނި މޫސުމާ ހުރި ތަފާތު ފާހަގަކުރެއްވި އެވެ.

"އިރުގެ އަވި، ހުދު ދޮންވެލި ގޮނޑުދޮށްތައް، ހިތްގައިމު ފަޅުތައް. މިހާރު މި ތިބީ ޑާވޯސްގައި. މިތަނުގެ ފަރުބަދަތަކާއި ސްނޯ އާއި ފިނި އެބަ އިހުސާސް ކުރެވޭ. ޔޫރަޕުގެ މެދުގައި މި ތިބީ،" އޭނާ ވިދާޅުވި އެވެ.

"ރާއްޖެއަކީ ހައްލެއް. މުޅި ދުނިޔެ ސްޓްރެސްއަށް ދިޔައިމަ، މިތަނުގައި ހުރެފައި ފިނިވީމަ އެކަމަށް އޮތް ފަރުވާއެއް."

މީގެ ކުރިން ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްއެއްގައި މިނިސްޓަރު ސައީދު. (ފޮޓޯ/ބެއިޖިން ޑެއިލީ)

ތަފްސީލު - އިންވެސްޓްމަންޓް މަންޒިލަކަށް ރާއްޖެ ރަނގަޅުވާ ސަބަބުތައް ސާފުކޮށްދެއްވަމުން ސައީދު ވިދާޅުވީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ހޮޓެލް ބްރޭންޑުތަކާއި ހޮސްޕިޓާލިޓީ ދާއިރާގެ އެންމެ ފުންނާބު އުސް މަސައްކަތްތެރިން ވެސް ތިބީ ރާއްޖޭގައި ކަމަށެވެ.

"އިންޑިއާ އާއި ކައިރީގައި މި އޮތީ އެކަމަކު އިންޑިއާއަކީ އެކުވެރިއެއް. އެންމެ ބޮޑު އެއް މާކެޓު މިއީ. ދިރާސާތަކުން އެބަ ދައްކާ، މެދު ފަންތީގެ އާމްދަނީ ލިބޭ އާބާދީ އެންމެ ބޮޑަށް ކުރިއަރައިގެންދަނީ ވެސް އިންޑިއާގައި ކަން. އެއީ މި ސަރަހައްދަށާއި ދުނިޔެއަށް އަދި ވަކިން ހާއްސަކޮށް ރާއްޖެއަށް ރަނގަޅު ކަމެއް،" ސައީދު ވިދާޅުވި އެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމް ކުރިއަށްދާނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ. އެ ފޯރަމްގައި ދުނިޔޭގެ 60އަށް ވުރެ ގިނަ ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.

ކޮމެންޓް (1)

ޔަހޫޔާ

23 ޖެނުއަރީ 2026
ސައީދު ކޮސް ނުގޮވާ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް