ބީއެމްއެލް އާއި މަމްސް އެއިޑްގެ އޮފިޝަލުން. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލްއިން މަމްސް އެއިޑްގެ ސްކޫލް ކެމްޕޭނަށް ލައްކައެއް ދީފި

މި ކެމްޕޭނުން މަމްސް އެއިޑުގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ
20 ޖެނުއަރީ 2026

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަމްސް އެއިޑްގެ 'ބެކް ޓު ސްކޫލް' ކެމްޕޭނަށް 100،000ރ. ހަދިޔާކޮށްފި އެވެ.

ތަފްސީލް - މިއޯ ކުރިއަށް އޮތް ދިރާސީ އާ އަހަރާ ދިމާކޮށް ސްކޫލަށް ތައްޔާރުވުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކަށް އެހީތެރިވުމަށް ހިންގާ ކެމްޕޭނެކެވެ.

މި ކެމްޕޭނުން މަމްސް އެއިޑުގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ފާހަގަކޮށްލެވޭ - މިދިޔަ އަހަރުތަކުގައި މަމްސް އެއިޑުން ހިންގި އެކި ހަރަކާތްތަކަށް ވެސް ބީއެމްއެލް އިން ވަނީ އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން، މިދިޔަ އަހަރު ބީއެމްއެލް އިސްލާމިކުން 'ބެކް ޓު ސްކޫލް' ކެމްޕޭނަށް ހަދިޔާކޮށް، 100 ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް