މި ޕްރޮމޯޝަން ކުރިއަށްގެންދަނީ އަންނަ 15 އޭޕްރީލްގެ ނިޔަލަށް.

ބީއެމްއެލް

ބީއެމްއެލް އާއި ވިސާގެ ޕްރޮމޯޝަނެއް: ވޯލްޑް ކަޕްގެ ފައިނަލް މެޗު ބަލާލުމުގެ ފުރުސަތު

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ބީއެމްއެލް ވިސާ ކާޑު ކަސްޓަމަރުންނަށް އެކަނި
18 ޖެނުއަރީ 2026

ފީފާ ވޯލްޑް ކަޕް 2026ގެ ފައިނަލް މެޗު ބަލާލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ވިސާއާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - އަންނަ 15 އޭޕްރީލްގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި:

  • ބައިވެރިވެވޭނީ ބީއެމްއެލް ވިސާ ކާޑު ކަސްޓަމަރުންނަށް އެކަނި

  • މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ބީއެމްއެލް މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ރަޖިސްޓްރީ ވާން ޖެހޭނެ

ތަފްސީލް - ޕްރޮމޯޝަނުގެ މުއްދަތުގައި:

  • ބީއެމްއެލްގެ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) ޓާމިނަލްތަކުން، ސްޓެޓިކް ކިއުއާރު ނުވަތަ ބީއެމްއެލް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް މަހެއްގެ މައްޗަށް 15،000ރ. ބީއެމްއެލް ވިސާ ކްރެޑިޓް ނުވަތަ ޑެބިޓް ކާޑު (ޕާސަނަލް ކާޑުތައް) މެދުވެރިކޮށް ހޭދަކުރުމުން ގުރުއަތުގައި ހިމެނޭނެ 

  • ޕްރޮމޯޝަނުގައި ބައިވެރިވުމަށް ޝަރުތު ހަމަވާ އަދަދުގެ އިތުރުން، ކަސްޓަމަރުން 15،000ރ.އަށް ވުރެ އިތުރަށް ހޭދަކުރާ ކޮންމެ ފަހަރަކު ލަކީޑްރޯއިން ހޮވުމުގެ ފުރުސަތު އިތުރުވާނެ

މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ އެއް ފަރާތަކަށާއި އެ ފަރާތަކުން އިހްތިޔާރުކުރާ މީހަކާ އެކު ފީފާ ވޯލްޑް ކަޕް ފައިނަލް މެޗު ބަލާލަން ދިއުމަށް ފްލައިޓް ދެކޮޅު ޓިކެޓާއި ހުރުމުގެ ހަރަދުގެ އިތުރުން ފައިނަލް މެޗުގެ ދެ ޓިކެޓް ލިބޭނެ އެވެ.

ފާހަގަކޮށްލެވޭ - ބީއެމްއެލް އިން އަންނަނީ ވިސާ ކްލެސިކް، ގޯލްޑް، ޕްލެޓިނަމްގެ އިތުރުން ދާދި ފަހުން ތައާރަފްކުރި ވިސާ އިންފިނިޓް ކްރެޑިޓް ކާޑުތަކާ އެކު ކްލެސިކް ޑެބިޓް، ޕްލެޓިނަމް ޑެބިޓް ކާޑު ވެސް ދޫކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް