ދިރާގުން މިއަދު ބޭއްވި ހަރަކާތް. (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގުގެ ފުރަތަމަ ލޯންޗު ލިބުނީ އަބްދުﷲ ސައީދަށް

އަބްދުﷲ ސައީދު ނަސީބުވެރިއަކަށް ހޮވުނީ، ދިރާގު މޮބައިލް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ މެދުގައި ގުރު ނެގުމަށް ހުޅުމާލެ ފޭސް 2 ދިރާގު ބީޗުގައި މިއަދު ހަވީރު ބޭއްވި ފޯރިގަދަ ހަރަކާތެއްގައި
16 ޖެނުއަރީ 2026

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ދިރާގުގެ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ ފުރަތަމަ ލޯންޗު ލިބޭ ނަސީބުވެރިޔާ މިއަދު ހޮވައިފި އެވެ.

ވީ ކިހިނެއް؟ - މާލެއަށް އުފަން އަބްދުﷲ ސައީދު ނަސީބުވެރިއަކަށް ހޮވުނީ، ދިރާގު މޮބައިލް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ މެދުގައި ގުރު ނެގުމަށް ހުޅުމާލެ ފޭސް 2 ދިރާގު ބީޗުގައި މިއަދު ހަވީރު ބޭއްވި ފޯރިގަދަ ހަރަކާތެއްގަ އެވެ.

ތަފްސީލް - އަބްދުﷲ ސައީދަށް ލިބުނީ:  

  • އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ލޯންޗެއް 

  • ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ހިމެނޭ 

މި ގުރުއަތުގެ މަރުހަލާ އިންސާފުވެރިކަމާ އެކު ކުރިއަށް ގެންގޮސް ބެލެހެއްޓުމަށްޓަކައި ދިރާގުން ވަނީ އޮޑިޓަރެއްގެ ގޮތުގައި ނެކްސާ މޯލްޑިވްސް އައްޔަންކޮށްފަ އެވެ. އެގޮތުން، ނެކްސާ މޯލްޑިވްސް އިން ވަނީ ގުރުއަތުގެ މަރުހަލާގެ ހުރިހާ ކަމެއް ބަލައި ގުރުއަތު ނެގި ވަގުތު އެ ތަނުގައި ހަރަކާތްތެރިވެފަ އެވެ.

'ވިން އަ ސްޕީޑް ބޯޓް' ޕްރޮމޯޝަންގެ ގުރުވަތު ނެގުމަށް ބޭއްވި ހާއްސަ ހަރަކާތުގައި ޑީޖޭ މީކާގެ ހުށަހެޅުމެއްގެ އިތުރުން ރޮބޯމޭންގެ ފޯރިގަދަ ހަރަކާތްތަކެއް ފެނުނެވެ.

ފާހަގަކޮށްލެވޭ - މި ޕްރޮމޯޝަންގެ ފުރަތަމަ ލޯންޗު ލިބޭ ފަރާތް މިއަދު ހޮވާފައިވާއިރު، ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ލިމިޓެއްނެތް ފައިބާ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް އަދިވެސް އެއް ލޯންޗު ހޯދުމުގެ ފުރުސަތު އެބައޮތެވެ.

މީގެ އިތުރުން، ދިރާގުޕޭއަށް ރަޖިސްޓަރީކޮށްގެން މި ޕްރޮމޯޝަންގެ ލޯންޗު ހޯދުމުގެ ފުރުސަތު އިތުރުކުރެވޭނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން:

  • ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450ރ. ނުވަތަ އެއަށް ވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށް ވުރެ މަތީ ޕްލޭންތަކަށް، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450ރ. ނުވަތަ އެއަށް ވުރެ މަތިން ބިލު ދައްކާ ކަސްޓަމަރުންނަށް އަދި ދިރާގު ލިމިޓެއްނެތް ފައިބާ 40އެމް ނުވަތަ އެއަށް ވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ލަކީޑްރޯގައި ބައިވެރިވެވޭނެ

  • ދިރާގު ކަސްޓަމަރުންނަށް އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް އަންނަ މާޗުގެ ނިޔަލަށް އެންރޯލްކުރެވޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް